Roadha Mihaaru
އެންމެބޮޑު ސްކްރީނުން ހުޅުމާލޭގައި ވޯލްޑްކަޕް ދައްކަނީ

އެންމެ ބޮޑު ލެޑް ސްކްރީނުން ހުޅުމާލޭގައި ވޯލްޑް ކަޕް ދައްކަނީ

18 ނޮވެމްބަރ 2022

ވޯލްޑް ކަޕަށް އެޗްޑީސީގެ "ބޯޅަ ފޯރީ"ގެ ދަށުން ތައްޔާރުކުރާ މައި ދެ ފޭން ޒޯނުގައި ބަހައްޓާ ބޮޑެތި ލެޑް ސްކްރީނުތައް ބެހެއްޓުމުގެ މަސައްކަތް އެޗްޑީސީން ފަަށައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ވޯލްޑް ކަޕަށް އެޗްޑީސީގެ "ބޯޅަ ފޯރީ"ގެ ދަށުން ތައްޔާރުކުރާ މައި ދެ ފޭން ޒޯނުގައި ބަހައްޓާ ބޮޑެތި ލެޑް ސްކްރީނުތައް ބެހެއްޓުމުގެ މަސައްކަތް އެޗްޑީސީން ފަަށައިފި އެވެ.

އެޗްޑީސީން ބުނި ގޮތުގައި ފުރަތަމަ ފިޔަވަހީގެ ސިންތެޓިކް ޓްރެކު ސަރަހައްދާއި ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކްރިކެޓް ސްޓޭޑިއަމްގައި ހަދާ ފޭން ޒޯނުގައި ބަހައްޓާ ސްކްރީނުތަކަކީ މިހާތަނަށް ރާއްޖޭގައި ބަހައްޓާ އެންމެ ބޮޑު ލެޑް ސްކްރީނެވެ. އެ ލެޑް ސްކްރީނަކީ 40 ފޫޓު 20 ފޫޓުގެ ސްކްރީނެކެވެ. އެއީ އިވެންޓުގެ އެއް މެއިން ޕާޓްނަރުކަމަށްވާ ސްޓެލްކޯގެ އެހީއާ އެކު ބަހައްޓާ ސްކްރީނުތަކެކެވެ.

ފެން ޒޯން ސަރަހައްދުގައި ލެޑް ސްކްރީނު ބެހެއްޓުމުގެ މަސައްކަތް ކުރިއަށް ދަނީ. -- ފޮޓޯ: އެޗްޑީސީ

ފެން ޒޯން ސަރަހައްދުގައި ލެޑް ސްކްރީނު ބެހެއްޓުމުގެ މަސައްކަތް ކުރިއަށް ދަނީ. -- ފޮޓޯ: އެޗްޑީސީ

އެ ކުންފުނިން ބުނީ، "ބޯޅަ ފޯރީ"ގެ މަގުސަދަކީ ހުޅުމާލޭގެ ރައްޔިތުންނަށް ވޯލްޑް ކަޕު އީދެއްގެ ގޮތުގައި ފާހަގަކުރުމުގެ ފުރުސަތު ހޯދައިދިނުން ކަމަށެވެ. އަދި މެޗުތައް ފެށުމުން ފޯރިގަދަ ގިނަ ހަރަކާތްތަކެއް އެ ދެ ފޭން ޒޯނުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ބުންޏެވެ.

ހުޅުމާލޭގެ ދެ ފިޔަވަހީގައި ތައްޔާރުކުރާ ފޯން ޒޯނުގައި ހުޅުމާލޭގެ އެކި ވިޔަފާރިތަކާ ގުޅިގެން ކެންޓީނުގެ ހިދުމަތާއި ކޮފީ އާއި ކޮކާ ކޯލާގެ އެކި ބުއިންތައް ލިބޭނެ އިންތިޒާމާއި ޕޮޕް ކޯން ސްޓޭންޑަކާއި ޕިއްޒާ ސްޓޭންޑެއް ހުންނާނެ އެވެ.

މި އިވެންޓުގެ ޕާޓްނަރުންގެ ތެރޭގައި ހިމެނެނީ މިހާރު، ޔޫތު މިނިސްޓްރީ، ސްޓެލްކޯ، ވެލިގާ އަދި ކޮކާ ކޯލާ އެވެ.