ރާއްޖޭގައި ޓެރަރިސްޓު ހަމަލާއެއް ދޭން އުޅުނު ކަމަށް ބުނާ މައްސަލައިގައި ހައްުޔަރު ކުރި 14 މީހުންގެ ތެރެއިން ފަސް މީހަކު ޝަރީއަތް ނިމެންދެން ބަންދު ކުރަން ނިންމައިފި އެވެ.
20 ނޮވެމްބަރ 2022
ރާއްޖޭގައި ޓެރަރިސްޓު ހަމަލާއެއް ދޭން އުޅުނު ކަމަށް ބުނާ މައްސަލައިގައި ހައްުޔަރު ކުރި 14 މީހުންގެ ތެރެއިން ފަސް މީހަކު ޝަރީއަތް ނިމެންދެން ބަންދު ކުރަން ނިންމައިފި އެވެ.
އެ ހަމަލާ ދޭން އުޅުނު ކަމަށް ތުހުމަތުކުރާ 14 މީހަކު ވަނީ މި މަހުގެ 11 އިން ފެށިގެން މާލެ އާއި އައްޑޫ އަދި ކ. ގުރައިދޫގައި ސަލާމަތީ ބާރުތަކުން ހިންގާ ޓެރަރިޒަމާ ދެކޮޅު އޮޕަރޭޝަންގައި ހައްޔަރުކޮށްފަ އެވެ.
"ގިނަ ބަޔަކު މަރުވާ ގޮތަށް އެއްޗެއް ގޮއްވާލަން" އުޅުނު ކަމަށް ފުލުހުން ބުނި ނަމަވެސް، އެކަމުގެ މާ ބޮޑު ތަފްސީލެއް އަދި ހާމައެއް ނުކުރެ އެވެ.
ފުލުހުން މިއަދު ބުނި ގޮތުގައި އެ މައްސަލައިގައި ހައްޔަރު ކުރި 14 މީހުންގެ ތެރެއިން ފަސް މީހަކު ޝަރީއަތް ނިމެންދެން ބަންދު ކުރަން ކޯޓުން ވަނީ ނިންމައިފަ އެވެ. އެއީ އުމުރުން 29 އަހަރުގެ މީހަކާއި 27 އަހަރުގެ މީހަކާއި 35 އަހަރުގެ މީހެއްގެ އިތުރުން 37 އަހަރުގެ މީހެކެވެ.
އެ މައްސަލާގައި ތުހުމަތު ކުރާ އެހެން ހަތަރު މީހަކު 30 ދުވަހަށް ބަންދު ކުރަން ވެސް ވަނީ ނިންމައިފަ އެވެ. އެއީ 19 އަހަރުގެ މީހަކާއި 27 އަހަރުގެ ދެ މީހަކާއި 28 އަހަރުގެ މީހެކެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި 14 މީހުންގެ ތެރެއިން ހަތަރު މީހަކު ވަނީ 15 ދުވަހަށް ބަންދުކޮށްފަ އެވެ. އެއީ، 18 އަހަރުގެ މީހަކާއި 33 އަހަރުގެ ދެ މީހަކާއި 35 އަހަރުގެ މީހެއްގެ އިތުރުން 46 އަހަރެވެ.
ފުލުހުން އެ މައްސަލަ ތަހުގީގު ކުރަމުންދާއިރު، އޮޕަރޭޝަންގައި އައްޑޫން 10 މީހަކު، މާލެ އިން އެކަކު އަދި ގުރައިދޫން ދެ މީހަކު ހައްޔަރު ކުރި ކަމަށް މިދިޔަ ހަފުތާގައި ފުލުހުން ވަނީ ބުނެފަ އެވެ. އެއީ މުޅިން ވެސް އައްޑޫ މީހުންނެވެ.
އައްޑު އާއި މާލެ އާއި ގުރައިދޫގެ ވެސް ވަރަށް ގިނަ ތަންތަން އެ އޮޕަރޭޝަންގައި ބަލައި ފާސްކުރި ކަމަށް ފުލުހުން ބުންޏެވެ. އޭގެ ތެރޭގައި އައްޑޫގެ 11 ގެ އަކާއި މާލޭގެ ހަތަރު ގެއެއެއް ހިމެނެ އެވެ.
ފުލުހުން ބުނިގޮތުގައި ފާސްކުރި ބައެއް ތަންތަނުން ގޮވާ ޒާތުގެ ތަކެތި ފެނިފައިވެ އެވެ. އެ ތަކެތި ތަހުލީލު ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.
އެ މީހުން ދޭން އުޅުނު ހަމަލާ ކާމިޔާބުވި ނަމަ ގިނަ ބަޔަކު މަރުވީސް ކަމަށް ފުލުހުން ކުރިން ބުނެފައިވެ އެވެ. ފުލުހުން ބުނި ގޮތުގައި ފުލުހުންގެ އޮޕަރޭޝަން ބޮޑަށް އަމާޒުކުރީ ހަމަލާ ނާކާމިޔާބު ކޮށްލުމަށެވެ.
މައްސަލައިގައި ހައްޔަރު ކުރި 14 މީހުންގެ ތެރެއިން ނުވަ މީހަކު މީގެ ކުރިން ވެސް ޓެރަރިޒަމްގެ ކުށުގައި ހައްޔަރުކޮށްފައިވެ އެވެ. އެ މީހުން ކުރިން ހައްޔަރުކުރީ، ޓެރަރިޒަމްގެ އަމަލެއް ހިންގުމަށް ރޭވުން ނުވަތަ އެކަމުގައި ބައިވެރިވުން ނުވަތަ އެފަދަ ކަމަކަށް ތާއީދުކުރުމުގެ ތުހުމަތުގަ އެވެ. އެކަމަކު، އެ މީހުން ތިބީ އެކި ސަބަބުތަކާ ހެދި މިނިވަންވެފަ އެވެ.
މިދިޔަ އަހަރުގެ މެއި ހަ ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ހަމަލާ ދިން މައްސަލައާ ގުޅިގެން ވެސް އައްޑޫގައި ފުލުހުން އޮޕަރޭޝަނެއް ހިންގި އެވެ. އެފަހަރު ވެސް ގިނަ ބަޔަކު ހައްޔަރު ކުރި އެވެ.
"ބާރުގަދަ ގޮއްވުންތަކަށް ބޭނުންކުރާ ކެމިކަލެއް ފެނުނު"
ހައްޔަރުކުރި މީހުން އުޅުނީ އައިސިސްއާ އެކު މީހުންމަރަން
ހައި ކޯޓުން ދޫކޮށްލިތާ 24 ގަޑިއިރު ނުވަނީސް ބަންދަށް
އައްޑޫގެ އޮޕަަރޭޝަންގައި އިތުރު ތަންތަން ފާސްކުރަނީ
މާލެއަށް ދަތުރުކުރި ބޯޓަކުން މީހަކު ގެއްލިގެން ހޯދަނީ
ހަނގުރާމައަށް ދާން އުޅުނު ދެމަފިރިއަކު ހައްޔަރުކޮށްފި
ޓެރަރިޒަމަށް އެހީވާ ލިސްޓުގެ އެސެސްމަންޓެއް ހަދަނީ
މާލެ އައި މީހަކު ގެއްލިގެން ހޯދާތާ ދެ ހަފުތާ!
ހައްޔަރުކުރި މީހުން ދޫކޮށްލަން "ފަހު އިންޒާރު" ދީފި!
ގޮއްވާލަން އެތައް ފަހަރަކު އުޅެފި، އަދިވެސް ޖޯކެއް؟