ލައިގެން ހުރި ބޮކްސާގެ ތެރޭގައި ފޮރުވައިގެން އައްޑު އަށް މަސްތުވާތަކެތި ގެންދިޔަ މީހަކު އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.
21 ނޮވެމްބަރ 2022
ލައިގެން ހުރި ބޮކްސާގެ ތެރޭގައި ފޮރުވައިގެން އައްޑު އަށް މަސްތުވާތަކެތި ގެންދިޔަ މީހަކު އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.
ސ. ހިތަދޫގެ އެ މީހާ ޖެނުއަރީ 2020 ގައި ހައްޔަރުކުރީ ވައިގެ މަގުން މާލެ އިން އައްޑު އަށް މަސްތުވާތަކެތި ގެންދާ ކަމުގެ މައުލޫމާތު ލިބިގެން ހިންގި އޮޕަރޭޝަނެއްގައި ގަން އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. އޭނާ ހައްޔަރު ކުރުމަށް ފަހު، ފާސްކުރަން އުޅުމުން އޭނާ އަމިއްލަ އަށް ވަނީ ބޮކްސާގެ ތެރޭގައި މަސްތުވާތަކެތި ހުރި ކަމަށް އެއްބަސްވެ، އެ ތަކެތި އަމިއްލަ އަށް ފުލުހުންނާ ހަވާލުކޮށްފަ އެވެ. ބޮކްސާގެ ތެރެއިން 99 ގްރާމްގެ މަސްތުވާތަކެތި ފެނުނެވެ.
ކްރިމިނަލް ކޯޓުން އެ މައްސަލާގައި ކުރި ހުކުމުގައި ވަނީ އެ މީހާ އެ ދައުވާއަށް އިންކާރު ކުރިޔަސް، މަސްތުވާތަކެތި ފުލުހުންނާ އަމިއްލަ އަށް ހަވާލު ކުރުމުގެ އިތުރުން ބަންދު މުއްދަތު މަޖިލީހުގައި ވެސް ކުށަށް އެއްބަސްވެފައިވާ ކަމަށެވެ.
އެ މީހާ ހުއްޓުވައި، ފާސްކުރި ކަމަށް ވިޔަސް، ހުކުމުގައިވާ ގޮތުން އެކަމުގައި ގޯހެއް ނެތެވެ. ސަބަބަކީ މަސްތުވާތަކެތި ގެންދާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނު ވަގުތާއި އެ މީހާ ހައްޔަރުކުރި ވަގުތާ ދެމެދު ގިނަ ވަގުތުތަކެއް ނުވާތީ ކޯޓު އަމުރެއް ނެތި ހުއްޓުވުމުގައި އެކަށީގެންވާ ސަބަބެއް އޮތުމެވެ.
ފުލުހުން އެ މީހާ ހުއްޓުވީ ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަށް ވާތީ އެކަމުގައި ފުލުހުންގެ ނުބައި ނިޔަތެއް ފެންނަން ނެތް ކަމަށް ހުކުމުގައި ބުންޏެވެ. ހެޔޮ ނިޔަތުގައި ހޯދާ ހެކިތަކުގައި އިޖުރާއީ މައްސަލަތަކެއް ހުއްޓަސް، ހެކި ބަލައިގަނެވޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވާ ކަން ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.
ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގައި އެ މީހާ އުމުރަށް ޖަލަށްލާން ހުކުމް ކުރިޔަސް، ދެ އަހަރާއި 23 ދުވަހު ބަންދުގައި ހޭދަ ކޮށްފައިވާތީ އޭނާ ތަންފީޒު ކުރަން ޖެހޭނީ 22 އަހަރާއި 11 މަހުގެ ޖަލު ހުކުމެކެވެ.
ނަދީމް: މަސައްކަތެއް ނުކުރިއަސް އަގުބޮޑު ކާރުގައި!
އައްޑޫން ހައްޔަރުކުރި ޑްރަގް ބޮޑުންގެ ވަނަވަރު އާންމުކޮށްފި
މަސްތުން ސަލާމަތްކުރާކަމުގެ އިހުސާސް ކުރެވޭނެ: އިހުސާން
ޑްރަގްދީގެން 'ގުޅުން ހިންގާ' މީހާ15 ދުވަހަށް ބަންދު
ލަންކާ ބޯޓުން ޑްރަގާއެކު ހައްޔަރުކުރި މީހުން ބަންދަށް
ފައެނާ ޝަރުތުތަކާއެކު، ދޫކޮށްލައި ފިރިމީހާ ބަންދު
ޕްރެޒެންޓަރު އިނާޔަތު ޝަރުތުތަކަކާ އެކު ދޫކޮށްލައިފި
ފައިސާއަށް ޑްރަގް އެތެރެކުރާ މީހަކު އުމުރަށް ޖަލަށް
ހިތަދޫގައި މާރާމާރީ ހިންގައި މީހަކު ޒަހަމްކޮށްލައިފި
ބޮކްސާތެރެއަށް ލައިގެން ޑްރަގް އެތެރެކުރަނިކޮށް ހައްޔަރު