Roadha Mihaaru
އެމެރިކާގެ ލަނޑު ޖެހީ ލައިބީރިއާގެ ރައީސްގެ ދަރިކަލުން

މެޗު އެއްވަރު، އެމެރިކާގެ ލަނޑު ޖެއްސެވީ ލައިބީރިއާގެ ރައީސްގެ ދަރިކަލުން

22 ނޮވެމްބަރ 2022

އަލް ރައްޔާން (ނޮވެމްބަރު 22) - ލައިބީރިއާގެ ރައީސް އަދި އެ ގައުމުގެ ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ ޖޯޖް ވިއާގެ ދަރިފުޅު ޓިމޮތީ ވިއާ ޖެހި ލަނޑާއެކު ވޭލްސް އާއިި އެމެރިކާގެ މެޗު 1-1 ން އެއްވަރުވެގެން ނިމިއްޖެ އެވެ.

އަލް ރައްޔާން (ނޮވެމްބަރު 22) - ލައިބީރިއާގެ ރައީސް އަދި އެ ގައުމުގެ ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ ޖޯޖް ވިއާގެ ދަރިފުޅު ޓިމޮތީ ވިއާ ޖެހި ލަނޑާއެކު ވޭލްސް އާއިި އެމެރިކާގެ މެޗު 1-1 ން އެއްވަރުވެގެން ނިމިއްޖެ އެވެ.

ވިއާ ލަނޑު ޖެހީ މެޗުގެ 34 ވަނަ މިނެޓްގައި ކްރިސްޓިއަން ޕުލިސިޗް ތަނަވަސްކޮށް ދިން ފުރުސަތަކުންނެވެ. ޕުލިސިޗް ބޯޅަ ދިން އިރު ވިއާ ވަނީ އޮފްސައިޑުން ނެއްޓި ސްޕީޑް ބޭނުން ކޮށްގެން ބޯޅަ އަށް ގޯލްގެ ތެރެއަށް ބޯޅަ ވައްދައިލި އެވެ.

ޖޯޖު ވިއާ އަކީ އެފްރިކާގައި އެފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ ގޮތުގައި މަޝްހުރުވި ކުރީގެ އެއްވަނަ ފޯވާޑެވެ. އޭނާ ވަނީ 1995 ގައި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރެރިޔާގެ އެވޯޑް، ބެލެންޑިއޯ ހޯއްދަވައިފަ އެވެ. ފްރާންސްގެ ޕީއެސްޖީ އާއި އިޓަލީގެ އޭސީ މިލާނަށް ކުޅުއްވި ވިއާ ވަނީ 200 އަށް ވުރެ ގިނަ ލަނޑު ޓޮޕް ލެވަލްގައި ޖައްސަވައިފަ އެވެ.

ފުޓްބޯޅައިގެ ދަނޑުގައި ދުނިޔޭގެ ސަމާލުކަން ވިއާ ހޯއްދެވިތާ 30 އަހަރު ފަހުން އޭނާގެ ދަރިފުޅު މިހާރު ކުރިއަށްދާ ވޯލްޑް ކަޕްގައި ވޭލްސް ކޮޅަށް ލަނޑު ޖެހުމުން ދުނިޔޭގެ މީޑިއާތަކުގައި އޭނާ އަށް ވަނީ ބޮޑު މަގުބޫލުކަމެއް ލިބިފަ އެވެ. ބައެއް މީޑިއާތަކުގައި ވަނީ ދެ ބަފައިން ފޮޓޯ އާއެކު ޓިމޮތީ ވިއާގެ ވާހަކަ ގެނެސްދީފަ އެވެ.

ޖޯޖޫ ވިއާ އާއި އޭނާގެ ދަރިކަލުން ޓިމޮތީ ވިއާ

ޖޯޖޫ ވިއާ އާއި އޭނާގެ ދަރިކަލުން ޓިމޮތީ ވިއާ

ޓިމޮތީ ވިއާ އުފަންވީ އެމެރިކާ އަށެވެ. އޭރު ފުޓްބޯޅަ ކުޅުންތެރިޔެއްގެ ގޮތުގައި ހުންނެވި ޖޯޖް ވިއާގެ ޖަމައިކާގެ އަނބިކަލަބަލުން ދިރިއުޅުއްވަމުން ގެންދެވީ އެމެރިކާގަ އެވެ. އެ ގައުމުގެ ގައުމީ ޓީމަށް ޓިމޮތީ ވިއާ އަށް ކުޅުމުގެ ފުރުސަތު ލިބުނީ އޭނާ އެމެރިކާ އަށް އުފަންވުމުންނެވެ.

ޖަމައިކާ، ލައިބީރިއާ، ފްރާންސަށް ކުޅުއްވުމުގެ ފުރުސަތު ވެސް އޭނާ އަށް ލިބުނެވެ. އެކަމަކު އޭނާ އިހުތިޔާރު ކުރީ އޭނާ އުފަންވެ އުޅެ ބޮޑުވި ގައުމު، އެމެރިކާ އަށް ކުޅުމަށެވެ. އެމެރިކާގެ ސީނިއާ ގައުމީ ޓީމަށް އޭނާ ކުޅެން ފެށީ 2018 ގަ އެވެ. އޭގެ ކުރިން އުމުރުފުރާގެ ގައުމީ ޓީމުގައި ވެސް އެމެރިކާ އަށް ކުޅުނެވެ.

މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި އެމެރިކާއިން ކުޅުނީ ހަލުވި ގޭމެކެވެ. ކައިރި ކައިރީގައި އަވަސް ޕާސްތަކެއް ޖަހައިގެން ކުޅެމުން ގިނަ ހަމަލާތަކެއް ވޭލްސްގެ ގޯލަށް އަމާޒު ކުރި އެވެ.

މެޗުގައި ވޭލްސް އަށް ނަތީޖާ ހަމަހަމަކޮށް ދިނީ އެ ޓީމަށް ލިބުނު ޕެނަލްޓީ އެއްގައި ކެޕްޓަން ގެރެތު ބޭލް އެވެ.