Roadha Mihaaru
އިރާނަށް އުންމީދު، ފުރަތަމަ ރަތްކާޑް ވޭލްސްގެ ކީޕަރަށް

އިރާނަށް އުންމީދު، ފުރަތަމަ ރަތްކާޑް ވޭލްސްގެ ކީޕަރަށް

25 ނޮވެމްބަރ 2022

ފަހު ވަގުތު ޖެހި ދެ ލަނޑުން 10 ކުޅުންތެރިންނާއެކު ކުޅެމުން ދިޔަ ވޭލްސްގެ މައްޗަށް 2-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި ވޯލްޑް ކަޕްގައި ކުރިއަށް ދިއުމަށް އިރާނުން އުންމީދެއް ހޯދައިފި އެވެ.

ފަހު ވަގުތު ޖެހި ދެ ލަނޑުން 10 ކުޅުންތެރިންނާއެކު ކުޅެމުން ދިޔަ ވޭލްސްގެ މައްޗަށް 2-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި ވޯލްޑް ކަޕްގައި ކުރިއަށް ދިއުމަށް އިރާނުން އުންމީދެއް ހޯދައިފި އެވެ.

ވޭލްސްއިން އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅެން ޖެހުނީ އެ ޓީމުގެ ކީޕަރު ވޭން ހެނެސީ އަށް ރަތް ކާޑު ދެއްކުމުންނެވެ. އެއީ މިފަހަރުގެ ވޯލްޑް ކަޕުގައި ދެއްކި ފުރަތަމަ ރަތް ކާޑެވެ.

މިއަދުގެ މެޗަށް އިރާން ނުކުތީ، ހޯމަ ދުވަހު އިންގްލެންޑާ ދެކޮޅަށް ކުޅުނު މެޗުގައި ބޮަލަށް އަނިޔާވި ގޯލް ކީޕަރު އަލީ ރެޒާ ބާކީ ކުރުމަށް ފަހު އެވެ. އޭނާގެ ބަދަލުގައި ގޯލް ބެލެހެއްޓީ އެ މެޗުގައި އޭނާގެ ބަދަލުގައި ކުޅެން އެރި ހުސައިނީ ހުސައިން އެވެ. މިއަދުގެ މެޗުގައި އޭނާ ވަނީ ރަނގަޅު ސޭވްތަކެއް ކޮށްފަ އެވެ.

މެޗުގެ 16 ވަނަ މިނެޓްގައި އިރާންގެ އަލީ ގްލާޒާދޭ ލަނޑު ޖެހުނު ކަމަށް ބަލައި، އިރާންގެ ކުޅުންތެރިން އުފާފާޅު ކުރި އެވެ. އިރާންގެ ސަރުދާރް އަޒުމޫން ދިން ޕާސް ގޯލްގެ ތެރެއަށް ވައްދާލި އެވެ. އޭގެ އޭގެ ކުޑަ އިރުކޮޅެއް ފަހުން ވީއޭއާރް އޮފިޝަލުންނާ ވާހަކަ ދައްކައި ރެފްރީ ވަނީ ގޯލެއް ނޫން ކަމަށް ނިންމައިފަ އެވެ. ވީއޭއާރުން ފެންނަ ގޮތުގައި ގްލާޒާދޭ އޮފްސައިޑް ވެފައި ވަނީ ވަރަށް ކުޑަކޮށެވެ.

އޭގެ ފަހުން ވޭލްސްގެ ހަމަލާތައް ނުރައްކާ ކުރި އެވެ. ވާދަވެރިކޮށް ދިޔަ ފުރަތަމަ ހާފުގައި ގިނަ ހަމަލާތެއް އުފެއްދީ ވޭލްސް އެވެ. އެކަމަކު ދެވަނަ ހާފުގައި އިރާން ފެނުނީ މާ ބޮޑަށް ވެސް ތަފާތު ކޮށެވެ. ކައިރި ކައިރީގައި އުފައްދަމުން ދިޔަ ހަމަލާތަކުން ވޭލްސްގެ ގޯލަށް ބާރު ބޮޑު ކުރަމުން ދިޔަ އެވެ.

މެޗުގައި ތަފާތު ދައްކާނެ ކަމަށް ބެލެވުނު، ވޭލްސްގެ ކެޕްޓަން ގެރެތު ބޭލް އަށް މިއަދުގެ މެޗުގައި އެކަށީގެންވާ ކުޅުމެއް ނުދެއްކުނެވެ. ތަޖުރިބާކާރު މީޑްފީލްޑާ އާރޮން ރަމްސީ ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.

ވޭލްސްގެ ކީޕަރަށް ރެފްރީ ރަތް ކާޑް ދައްކަނީ --- ފޮޓޯ: އޭއެފްޕީ

ވޭލްސްގެ ކީޕަރަށް ރެފްރީ ރަތް ކާޑް ދައްކަނީ --- ފޮޓޯ: އޭއެފްޕީ

ވޭލްސްގެ ޑޭވިޑް ޖޭމްސް ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުމެ ވިންގުން އުފެއްދި ހަމަލާތަކުގައި އިރާންގެ ގޯލަށް ބާރު ބޮޑު ކުރި އެވެ. ޖޭމްސް ނެގި ހުރަހެއްގައި ބޭން ޑޭވްސް ފޮނުވާލި ބާރު ހަމަލާއެއް އިރާން ކީޕަރުގެ އިނގިލި ކުރީގައި ޖެހިފައި ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ.

ވޭލްސްގެ ކީޕަރު ވޭން ހެނެސީ އަށް ރަތް ކާޑު ދެއްކީ މެޗުގެ 86 ވަނަ މިނެޓްގަ އެވެ. އިރާންގެ މެހްދީ ޓެރެމީ އަށް ލިބުނު އޯޕަން ފުރުސަތަށް ހުރަސް އެޅުމުގެ ގޮތުން އޭރިއާ ބޭރަށް ނުކުމެ ހެނެސީ ވަނީ ބޫޓުގެ ދަށްފުށް ދިއްކޮށް ކުރިމަތިލައި ޓެރެމީ ބިންމައްޗަށް ވައްޓައިލައިފަ އެވެ. ރެފްރީ ފުރަތަމަ ދެއްކީ ރީނދޫ ކާޑެކެވެ. އެކަމަކު ފަހުން ވީއޭއާރް މެދުވެރިކޮށް ބެލުމަށް ފަހު ރެފްރީ ވަނީ ކުރިން ދެއްކި ރީނދޫ ކާޑު ކެންސަލްކޮށް ރަތް ކާޑު ދައްކައިފަ އެވެ.

ވޭލްސްގެ އެއް ކުޅުންތެރިޔަކު މަދުވުމުން އިރާންގެ އޭގެ ފައިދާ ނެގި އެވެ. އެ ޓީމުގެ ފުރަތަމަ ލަނޑު ރުޒްބެހް ޗެޝްމީ ޖެހޯ މެޗުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ނުވަ މިނެޓްގެ ތެރެއިން އަށް ވަނަ މިނެޓްގަ އެވެ. އެއް ލަނޑުގެ ތަފާތުން ފަހަތުގައި އޮތުމުން ވޭލްސްގެ ކީޕަރު ފިޔަވައި އަނެއް ނުވަ ކުޅުންތެރިން ކުރިއަށް އެރީ ލިބުނު ހިލޭ ޖެހުމަކަށެވެ. ލިބުނު ކައުންޓަ އެޓޭކު ފުރުސަތެއްގައި އިރާނުން ދެވަނަ ލަނޑު ޖެހި އެވެ. އެ ލަނޑު ޖެހީ ރަމީން ރެޒައިއަން އެވެ.