Roadha Mihaaru
ފަތިސް 05:05
އިރުއަރާ 06:19
މެންދުރު 12:23
އަސްރު 15:42
މަގްރިބް 18:19
ޢިޝާ 19:34
ކުއިޒް ބަދިގެ ވާހަކަ ރަން މުތް މީހުން ރެސްޓޯރަންޓް
ޖާވާ އަށް އައި ބާރުގަދަ ބިންހެލުމުގައި 160 މަރު

ޖާވާ އަށް އައި ބާރުގަދަ ބިންހެލުމުގައި 160 މަރު

22 ނޮވެމްބަރ 2022

އިންޑޮނީޝިޔާގެ އެންމެ ބައިބޯ އެއް ޖަޒީރާ ކަމަށްވާ ޖާވާ އަށް އިއްޔެ މެންދުރު ފަހު އައި ބާރުގަދަ ބިންހެލުމުގައި މަދުވެގެން 162 މީހަކު މަރުވެ އެތައް ސަތޭކަ ބަޔަކު ޒަޚަމްވެއްޖެ އެވެ.

އިންޑޮނީޝިޔާގެ އެންމެ ބައިބޯ އެއް ޖަޒީރާ ކަމަށްވާ ޖާވާ އަށް އިއްޔެ މެންދުރު ފަހު އައި ބާރުގަދަ ބިންހެލުމުގައި މަދުވެގެން 162 މީހަކު މަރުވެ އެތައް ސަތޭކަ ބަޔަކު ޒަޚަމްވެއްޖެ އެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އިން ބުނެފައިވާ ގޮތުގައި ރިކްޓާ މިންގަނޑުން 5.6ގެ ބާރުމިނުގައި އައި މި ބިންހެލުމަށް ފަހު ވެސް، އެ ސަރަހައްދަށް ކުދި ލޮޅުންތައް އަރާފައިވެ އެވެ. ބިމުގެ ސަތަހައިން ފެށިގެން 10 ކިލޯމީޓަރު ފުނުގައި އުފެދުނު މި ބިންހެލުމުގެ މަރުކަޒު ހުރީ ހުޅަނގު ޖާވާގެ ކުޑަ އަވަށެއް ކަމަށްވާ ކިއަންޖޫރް ގައެވެ.

އެ ސަރަހައްދުގެ ގަވަރުނަރު ރިލުވާން ކާމިލް ވިދާޅުވި ގޮތުގައި ރޭގެ ބިންހެލުމުގައި ޒަޚަމްވި މީހުންގެ އަދަދު މިހާރު ވަނީ 700 އަށް ވުރެ މަތިވެފަ އެވެ. އަދި އެތައް ހާސް ގެއެއްގެ ވެއްޓިފައިވާ އިރު، ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި އެތައް ސަތޭކަ ބަޔަކު ތާށިވެފައި ތިބޭނެ ކަމަށް ބެލެވޭތީ، މަރުވި މީހުންގެ އަދަދު އިތުރުވުމުގެ ފުރުސަތު އެބަ އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

ބިންހެލުން އައި ވަގުތަކީ ސަރުކާރާއި އަމިއްލަ އޮފީސްތަކުގެ މަސައްކަތް ވެސް ކުރިއަށް ދިޔަ ވަގުތަކަށް ވާތީ، ބިންހެލުން އައި އިރު، ގިނަ ބަޔަކު ތިބީ އޮފީސްތަކާއި ކާރުޚާނާތައް ފަދަ ތަންތަނުގައި ވަޒީފާ އަދާކުރުމުގަ އެވެ. އަދި އެއީ ބައެއް ސްކޫލްތަކުގައި ކިޔެވުން ކުރިއަށް ދިޔަ ވަގުތު ކަމަށްވާތީ، ގިނަ އަދަދެއްގެ ދަރިވަރުން ވެސް އެ ވަގުތު ތިބީ ސްކޫލްތަކުގަ އެވެ.

ފުލުހުން ބުނި ގޮތުގައި އިއްޔެގެ ބިންހެލުމުގައި މަރުވި މީހުންގެ ތެރޭގައި ގިނައީ ކުޑަކުދިންނެވެ. މި ބިންހެލުމުގައި 50 އަށް ވުރެ ގިނަ ސްކޫލަށް ބޮޑެތި ގެއްލުންތަކެއް ލިބުނު އިރު، މަރުވި ގިނަ ކުދިންނަކީ ސްކޫލްތަކުގައި ކިޔަވަން ތިބި ކުދިންނެވެ. ބިންހެލުމުގައި ބައެއް ސްކޫލްތަކުގެ ކްލާސް އިމާރާތްތައް ބިމާ ހަމަވެފައިވާ އިރު، ބައެއް އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.

ބިންހެލުމުގައި 2200 އަށް ވުރެ ގިނަ އިމާރާތްތައް ވެއްޓުމުގެ ސަބަބުން، 13000 އަށް ވުރެ ގިނަ މީހުން މިހާރު ތިބީ ވަންނާނެ ގެދޮރެއް ނެތިފަ އެވެ. ޕާކްތަކާއި ހުސް މައިދާންތަކުގައި ސިފައިން ވަގުތީ ފޭލިގެތައް ޖަހަމުންދާ ވަރަކަށް، ހާލުގައި ޖެހުނު މީހުން އެ ތަންތަނަށް ބަދަލުކުރުމުގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.

އިންޑޮނީޝިޔާގެ މޫސުމާ ބެހޭ އިދާރާ އިން ބުނި ގޮތުގައި އިއްޔެގެ ބާރުގަދަ ބިންހެލުމަށް ފަހު ވިދިގެން އައި ދެ ގަޑިއިރުގެ ތެރޭގައި އެކި ވަރުގެ 25 ލޮޅުން އެ ސަރަހައްދަށް އަރާފައިވެ އެވެ. އަދި މި ލޮޅުންތަކުގެ ސަބަބުން، އުސް ސަރަހައްދުތަކުގެ ބިންގަނޑުގެ ފަސްގަނޑު ވަރަށް ބޮޑަށް ދޫވެފައިވާނެތީ، ވާރޭ ވެހިއްޖެ ނަމަ، ވާދީތަކަށް ފަރުބަދަތަކުގެ ވެލިތައް ފައިބައިގެން އައުމުގެ ފުރުސަތު އެބަ އޮތް ކަމަށް ބުނެ އެ އިދާރާ އިން ވަނީ އިންޒާރު ކޮށްފަ އެވެ.