އެމްޑީޕީ އަށް ޗެއާޕާސަނެއް ހޮވަން ބާއްވާ އިންތިހާބު، އަންނަ މަހުގެ 10 ވަނަ ދުވަހަށް ފަސްކޮށްފި އެވެ.
11 ޖެނުއަރީ 2017
އެމްޑީޕީ އަށް ޗެއާޕާސަނެއް ހޮވަން ބާއްވާ އިންތިހާބު، އަންނަ މަހުގެ 10 ވަނަ ދުވަހަށް ފަސްކޮށްފި އެވެ.
ކުރިން ނިންމާފައިވަނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު އެ އިންތިހާބު ބޭއްވުމަށެވެ. ނަމަވެސް ރަސްމީ ދުވަހަކާ ދިމާވާތީ އާއި ގިނަ ބަޔަކަށް ވޯޓު ލުމުގެ ފުރުސަތު ފަހިކޮށްދިނުމަށް އިންތިހާބު ބާއްވާ ދުވަސް ފަސްކުރީ އެވެ.
ޗެއާޕާސަންގެ މަގާމު ހުސްވީ، ކުރިން އެ މަގާމުގައި ހުންނެވި އަދި މިހާރު އިނގިރޭސިވިލާތުގައި ދިރިއުޅުއްވަމުން ގެންދަވާ އަލީ ވަހީދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
މި މަގާމަށް ކުރިމަތިލުމުގެ މުއްދަތު މިދިޔަ މަހު ހަމަވިއިރު، އެ މަގާމަށް ކުރިމަތިލެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިިގަންނަވާ ހަސަން ލަތީފު އެކަންޏެވެ. ނަމަވެސް ޗެއާޕާސަންގެ މަގާމަށް އިންތިހާބުވާނީ ވަކި ވަރަކަށް ވޯޓު ލިބިގެން ކަމަށް ވާތީ އިންތިހާބު ބާއްވަން ޖެހެ އެވެ.
"މިހާރު"އާ ވާހަކަދައްކަވަމުން ހަސަން ލަތީފު ކުރިން ވިދާޅުވީ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލެއްވީ އެމްޑީޕީގެ ލީޑަޝިޕާއެކު ވީހާ ވެސް ގާތުން މަސައްކަތް ކުރެއްވުމަށް ކަމަށެވެ.
ފުރަތަމަ ނަތީޖާއިން ހަސަނަށް 14،457 ވޯޓު
ހަސަން ލަތީފު ވެސް އެމްޑީޕީއާ ގުޅިވަޑައިގެންފި
އެމްޑީޕީ އިންތިހާބުގައި އިދިކޮޅުން ވޯޓުލީކަމުގެ ތުހުުމަތު
ނަތީޖާ ސައްހަ، ސުވާލެއް ނޫފެއްދޭނެ: އެމްޑީޕީ
މަޝްވަރާގައި ބައިވެރިވުމާމެދު އެމްޑީޕީން ގޮތެއް ނިންމަނީ
އެމްޑީޕީ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި
ޗެއާޕާސަންގެ މަގާމުން އަލީ ވަހީދު އިސްތިއުފާ ދެއްވައިފި
18އަހަރުވުމުން ޕާޓީއަށް ވައްދަންއުޅޭ ވާހަކަ ދޮގުކޮށްފި
އޮޅުވާލައިގެން ޕާޓީ ބަދަލުކުރުމުން ގާނޫނީ އެހީ ދެނީ
ނޭނގި ޕާޓީބަދަލުވާ މައްސަލާގައި އެމްޑީޕީގެ ކަންބޮޑުވުން