Roadha Mihaaru

ހަސަން ލަތީފު ވެސް އެމްޑީޕީއާ ގުޅިވަޑައިގެންފި

ޑިމޮކްރެޓްސް ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފު ވެސް އަލުން އެމްޑީޕީއާ މިއަދު ގުޅިވަޑައިގެންފި އެވެ.

ހަސަން ލަތީފު ވެސް އެމްޑީޕީއާ ގުޅިވަޑައިގެންފި
އާސިމާ ނިޒާރު
އާސިމާ ނިޒާރު

12 ޖެނުއަރީ 2025

ޑިމޮކްރެޓްސް ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފު ވެސް އަލުން އެމްޑީޕީއާ މިއަދު ގުޅިވަޑައިގެންފި އެވެ.

އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބު ކައިރިވެފައި ވަނިކޮށް، އެމްޑީޕީގެ އެތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކުގައި އެ ޕާޓީ ދޫކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއިދު ކުރައްވާ ބޭފުޅުންތަކެއް ވަނީ ޑިމޮކްރެޓްސްގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފައްދައިފަ އެވެ.

އެކަމަކު، ޑިމޮކްރެޓްސް ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވި ބައެއް ބޭފުޅުން މިހާރު ގެންދަވަނީ އެމްޑީޕީއާ ގުޅިވަޑައިގަންނަވަމުންނެވެ.

ހަސަންގެ އިތުރުން އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވެސް އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމުން އެ ޕާޓީން މިއަދު ވަނީ އެ ދެބޭފުޅުންނަށް މަރުހަބާ ކިޔައިފަ އެވެ.

ހަސަނާއި ޝިފާޒުގެ އިތުރުން އެއީ އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު އާއި ރައްޔިތުންގެ މަޖިލިހުގެ މެދުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު އަލީ އާޒިމް ވެސް ވަނީ އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ.

އެމްޑީޕީގެ އިސްސަފުގައި ކުރިން ތިއްބެވި ބައެއް ބޭފުޅުން އަލުން އެ ޕާޓީއާ ގުުޅިވަޑައިގެންނެވި އިިރު، އެ ޕާޓީން އަންނަނީ "ގާނޫނުއަސާސީގެ ދިފާއުގައި"ގެ ނަމުގައި މި މަހު 31 ގައި މާލޭގައި އެއްވުމަށް ބޭއްވުމަށް ތައްޔާރުވަމުންނެވެ.