23 ނޮވެމްބަރ 2022
އޮޕަރޭޝަން ތިއޭޓަރުގައި ކުރާ ކޮންމެ ސާޖަރީއެއް ވެސް ކާމިޔާބުކަމާ އެކު ކުރުމަށް ހަރަކާތްތެރިވާ ޓީމެއް އޮވެ އެވެ. އެ ޓީމުގެ ތެރެއިން އާއްމުކޮށް އިވެނީ އޮޕަރޭޝަން ކުރާ ސާޖަން އާއި ހޭނައްތާ ޑޮކްޓަރާއި އެ މީހުންގެ ދައުރުގެ ވާހަކަ އެވެ. ތިއޭޓަރުގައި އުޅޭ ނަރުހުންނާއި، އެ ނަރުހުންގެ ދައުރާއި، ނަރުހުންގެ މަސައްކަތްތުގެ ވާހަކަ އާންމުކޮށް ނުދައްކަ އެވެ.
އޮޕަރޭޝަން ތިއޭޓަރުގައި ކުރާ ކޮންމެ ސާޖަރީއެއް ވެސް ކާމިޔާބުކަމާ އެކު ކުރުމަށް ހަރަކާތްތެރިވާ ޓީމެއް އޮވެ އެވެ. އެ ޓީމުގެ ތެރެއިން އާއްމުކޮށް އިވެނީ އޮޕަރޭޝަން ކުރާ ސާޖަން އާއި ހޭނައްތާ ޑޮކްޓަރާއި އެ މީހުންގެ ދައުރުގެ ވާހަކަ އެވެ. ތިއޭޓަރުގައި އުޅޭ ނަރުހުންނާއި، އެ ނަރުހުންގެ ދައުރާއި، ނަރުހުންގެ މަސައްކަތްތުގެ ވާހަކަ އާންމުކޮށް ނުދައްކަ އެވެ.
އޮޕަރޭޝަން ތިއޭޓަރުގައި ގިނަ ޒިންމާތަކެއް އަދާކުރުމުގައި އުޅޭ ނަރުހުންނަކީ "ޕެރިއޮޕަރެޓިވް" ނަރުހުންނެވެ. އެ ނަރުހުންނަކީ އޮޕަރޭޝަނަކަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ވުމުގައި އިސްކޮށް އުޅޭ މީހުންނެވެ. އެ ނަރުހުންގެ މަސައްކަތްތަކާއި މަސްއޫލިޔަތު އާންމުންނަށް އަންގައިދީ އެ މީހުންގެ މުހިންމުކަން ބުނެދިނުމަށް ބައިނަލްއަގުވާމީ ގޮތުން "ޕެރިއޮޕަރެޓިވް ނާސަސް ވީކް"ގެ ނަމުގައި ފާހަގަކުރާ ހަފްތާއެއް އޮވެ އެވެ. އެ ހަފްތާ މި އަހަރު ފާހަގަކުރީ މި މަހުގެ 13 އިން 19 އަށެވެ.
ޕެރިއޮޕަރެޓިވް ނަރުހުންނަކީ އޮޕަރޭޝަނަށް ޕޭޝަންޓުން ތައްޔާރުކޮށް ތިއޭޓަރުގެ މުހިންމު ދައުރެއް އަދާކުރާ ބައެއް. -- ފޮޓޯ؛ އޭޑީކޭ
"ޕެރިއޮޕަރެޓިވް ނާސަސް ވީކް" ވަނީ އޭޑީކޭ ހޮސްޕިޓަލުގައި ފާހަގަކޮށްފަ އެވެ. އެ ހަފްތާ ފާހަގަކުރުމުގެ ގޮތުން ޕެރިއޮޕަރެޓިވް ނަރުހުންނާ ގުޅޭ މައުލޫމާތު ހޮސްޕިޓަލުގެ އެކި ސްޓާފުންނަށް ވަނީ ދީފަ އެވެ. އަދި އާއްމުންގެ މެދުގައި އަހުލުވެރިކަން އިތުރުކުރުވުމުގެ ގޮތުން، އެ ހޮސްޕިޓަލުގައި ހުންނަ ފާމަސީ ކައިރީގައި ތިއޭޓަރެއްގެ އެތެރެ ސިފަވާގޮތަށް ތަނެެއް ހަދައި، ޕެރި އޮޕަރޭޓިވް ނަރުހުންގެ މަސައްކަތްތައް ވަނީ ދައްކާލައިފަ އެވެ.
ޕެރިއޮޕަރެޓިވް ނަރުހުންގެ މަސްއޫލިޔަތުތަކުގެ ތެރޭގައި އޮޕަރޭޝަން ކުރުމަށް ގެނެސްފައި ވަނީ ރަނގަޅު ޕޭޝަންޓުތޯ ބެލުމާއި، އޮޕަރޭޝަންކުރަނީ ކުރަންޖެހޭ ތަން ކަން ޔަގީންކުރުމާއި، އޮޕަރޭޝަނަށް ބޭނުންވާ ފޯމުތައް ޗެކު ކުރުން ހިމެނެ އެވެ. އަދި އޮޕަރޭޝަން ކުރާއިރު، ސާޖަން ބޭނުންވާ އެކި އާލާތްތައް ފޯރުކޮށްދިނުމާއި، އެ ތަކެއްޗަށް މައްސަލައެއް ދިމާވެއްޖެ ނަމަ ހައްލުކުރުން ވެސް ހިމެނެ އެވެ.
ޕެރިއޮޕަރެޓިވް ނަރުހުންގެ ހަފްތާ އޭޑީކޭގައި ފާހަގަކޮށް، އެ ނަރުހުންގެ މުހިންމު މަސައްކަތްތައް ވަނީ ދައްކާލާފައި. -- ފޮޓޯ: އޭޑީކޭ
ޕެރިއޮޕަރެޓިވް ނަރުހުންނަކީ ގިނައިރުތަކެއް ވަންދެން، އޮޕަރޭޝަނަށް ބޭނުންވާ އެކި އިންސްޓްރުމެންޓު ހިމެނޭ ބަރު ސެޓަޕްތައް ހިފަހައްޓައިގެން ތިބެން ޖެހޭ ބައެކެވެ. އަދި އެ ނަރުހުންނަކީ އަބަދުވެސް އެންމެ ފަހުގެ ވަސީލަތްތަކަށް އަހުލުވެރިވެ، ޓެކްނިކަލް ގިނަ ކަންތައްތަކެއް ވެސް ދަސްކުރަން ޖެހޭ ބައެކެވެ.
ސާޖަރީގެ ކުރިންނާއި ފަހުން، ބައެއް އޮޕަރޭޝަންތަކުގައި ބަލި މީހާ އެކަނި ވަގުތުތަކެއް ހޭދަކުރަން ޖެހޭ އިރު އެ މީހަކަށް ބޭނުންވާ ސައިކޮލަޖިކަލް ސަޕޯޓު ވެސް ދެނީ ޕެރިއޮޕަރެޓިވް ނަރުހުންނެވެ. އަދި ބަލިމީގެ އެންމެ ނާޒުކު ހާލަތުގައި ބަލިމީހާއަށް އަންނަ ބަދަލުތައް މޮނީޓާކޮށް، ލިޔެކިޔުންތައް ބަލަހައްޓައި އަދި ބައެއް ހާލަތްތަކުގައި ބަލިމީގެ ކަންތައްތައް ކުރިއަށް ގެންދިއުމަށް މަޝްވަރާ ކުރުމުގައި ވެސް އެ ނަރުހުންގެ ދައުރު ބޮޑެވެ.
އޭޑީކޭއިން ޕެރިއޮޕަރެޓިވް ނަރުހުންގެ ހަފްތާ ފާހަގަކުރީ އެ ނަރުހުންގެ މަސައްކަތްތައް އަގުވަޒަންކޮށް، ހިތްވަރުދީ، އެ ނަރުހުންނާ މެދު އެންމެން ވެސް ހޭލުންތެރި ކުރުވުމަށެވެ. އޭޑީކޭއިން ދަނީ މި ފަދަ އެކި ދުވަސްތައް، ތަފާތު އެކި ގޮތްގޮތަށް ފާހަގަކުރަމުންނެވެ.
ނޯޓު: މިއީ އޭޑީކޭ ހޮސްޕިޓަލުގެ ޕްރޮމޯޝަނަލް އާޓިކަލެކެވެ.
ނާރުގެ މައްސަލަތަކުގައި ދިރިއުޅުމުގެ ވައްޓަފާޅީގެ ދައުރު
އޭޑީކޭ: ދުންފަތުން ދުރުވުމަށް އެހީތެރިކަން ފޯރުކޮށްދެނީ
ނަފްސާނީ ބައްޔަށް ލަސްނުކޮށް ފަރުވާ ހޯދުން މުހިންމު
ކެންސަރަށް ފާރަވެރިވާން ގަވައިދުން ޓެސްޓްހެދުން މުހިއްމު
44 ޕޭޝަންޓަކަށް ހައިޕާބެރިކް އޮކްސިޖަން ތެރަޕީ ދީފި
ކެންސަރުގެ ފަރުވާއަށް އޭޑީކޭގައި ހާއްސަ ޑިޕާޓްމަންޓެއް
ހައިޕާބެރިކް ޓްރީޓްމަންޓް ޔުނިޓް، ފަރުވާގެ އާ މަގެއް
އޭޑީކޭ: ފިޒިއޮތެރަޕީގެ ހިދުމަތުގައި ބޮޑު ކުރިއެރުމެއް
ފައިސާ ދައްކަން ޖެހޭ ހާލަތުގައި އާސަންދަ ލިބޭނެ
އެލައިޑުން ކޭޝްލެސް ސާވިސް އަލުން ފަށައިފި