ނަފްސާނީ ބަލިތަކަކީ ޖިސްމާނީ ބަލިތަކެކޭ އެއްފަދައިން ފަރުވާ ހޯދަން ޖެހޭ, ފަރުވާ ބޭނުންވާ ބަލިތަކެވެ. ނަފްސާނީ އެކި ބަލިތަކާއި އެކި މައްސަލަތަކަކީ ތަފާތު އެކި ފަރުވާތައް ބޭނުންވާ ކަންކަމެވެ. މިކަން ދެނެގަނެވޭނީ ސައިކެއެޓްރިސްޓެއްގެ ލަފާގެ މަތިން ބައެއް ހާލަތްތަކުގައި ވަކި ޓެސްޓުތަކެއް ވެސް ހަދައިގެންނެވެ. ބޭނުންވާނެ ފަރުވާ ދެނެގަނެވޭނީ ވެސް ކަމުގެ ތަޖުރިބާ ހުރި ޑޮކްޓަރެއްގެ ގާތުންނެވެ.
17 އެޕްރީލް 2024
ނަފްސާނީ ބަލިތަކަކީ ޖިސްމާނީ ބަލިތަކެކޭ އެއްފަދައިން ފަރުވާ ހޯދަން ޖެހޭ, ފަރުވާ ބޭނުންވާ ބަލިތަކެވެ. ނަފްސާނީ އެކި ބަލިތަކާއި އެކި މައްސަލަތަކަކީ ތަފާތު އެކި ފަރުވާތައް ބޭނުންވާ ކަންކަމެވެ. މިކަން ދެނެގަނެވޭނީ ސައިކެއެޓްރިސްޓެއްގެ ލަފާގެ މަތިން ބައެއް ހާލަތްތަކުގައި ވަކި ޓެސްޓުތަކެއް ވެސް ހަދައިގެންނެވެ. ބޭނުންވާނެ ފަރުވާ ދެނެގަނެވޭނީ ވެސް ކަމުގެ ތަޖުރިބާ ހުރި ޑޮކްޓަރެއްގެ ގާތުންނެވެ.
ނަފްސާނީ އެކި ބަލިތައް ދެނެގަނެ, ފަރުވާގެ އެކި ޕްލޭންތައް ހަދާ, އެކި ބަލިތަކަށް ބޭނުންވާ ފަރުވާތައް ލިބެން ހުރި އެއް ތަނަކީ އޭޑީކޭ ހޮސްޕިޓަލެވެ. އޭޑީކޭ ހޮސްޕިޓަލުގައި ނަފްސާނީ ބަލިތަކަށް ހާއްސަކޮސްފައިވާ ޑިޕާޓްމަންޓަކީ ބަލި ދެނެގަތުމާއި ބައްޔަށް ބޭނުންވާ އެކި ކަހަލަ ތެރަޕީތައް ދިނުމުގެ ގާބިލު ޓީމެއް ހިމެނޭ ޑިޕާޓްމަންޓެކެވެ. އަދި މި ތަނަކީ އެމަޖެންސީ ސައިކެއިޓްރީ ހާލަތްތަކުގައި ޕޭޝަންޓުންނަށް ފަރުވާ ދިނުމަށް ތައްޔާރުގައި އޮތް ހޮސްޕިޓަލެކެވެ. މި ތަނުން އާއްމުކޮށް ފެންނަ ނަފްސާނީ ބަލިތަކުގެ ތެރޭގައި ހިމެނޭ ޑިޕްރެސިވް ޑިސްއޯޑާސް, އެންޒައިޓީ ޑިސްއޯޑާސް, ބައިޕޯލާ, ސްކިޒްއޮފްރެނިއާ އަދި އީޓިން ޑިސްއޯޑާތަކާއި އެޑިކްޝަންތަކަށް ފަރުވާ ދެ އެވެ. އޭގެ އިތުރުން އޯޓިޒަމް ސްޕެކްޓްރަމްގެ ބަލިތަކާއި އޭޑީއެޗްޑީ އަދި އޯސީޑީ ފަދަ ބަލިތަކަށް ވެސް ފަރުވާ ދެ އެވެ.
އޭޑީކޭ ހޮސްޕިޓަލުގެ ސައިކެއަޓްރިސްޓު ޑރ. އަމްޖަދް ހުސެއިން ވިދާޅުވި ގޮތުގައި ނަފްސާނީ ބައްޔެއްގެ އަލާމާތެއް ފެނިއްޖެ ނަމަ އެންމެ މުހިންމު ކަމަކީ ޑޮކްޓަރަކަށް ދެއްކުމެވެ.
"ނަފްސާނީ ބަލިތަކުގެ ވާހަކަ އަކީ އާއްމު ވާހަކަތަކަކަށްވުމުން ބައެއް ފަހަރު އަމިއްލައަށް ވަކި ބައްޔެއް ހުންނަ ކަމަށް ނިންމާ. އެކަމަކު އެ މީހެއްގެ ހުންނަ ނަފްސާނީ ބައްޔެއް ދެނެގަނެވޭނީ ޑޮކްޓަރަކަށް. ނަފްސާނީ ބައްޔެއް ހުންނަކަމަށް ގަބޫލުކުރެވޭނަމަ ނޫނީ ނަފްސާނީ ބައްޔެއްގެ އަލާމާތްތައް ފެންނަ ނަމަ އަވަހަށް ޑޮކްޓަރަކަށް ދެއްކުން މުހިންމު." ޑރ. އަމްޖަދު ވިދާޅުވި އެވެ.
ޑރ. އަމްޖަދު ވިދާޅުވި ގޮތުގައި ނަފްސާނީ އެކި ބަލިތަކުގައި ފެންނާނީ އެކި އަލާމާތްތަކެވެ. އާއްމުކޮށް ނަފްސާނީ ބައެއް މައްސަލަތަކުގައި ފެންނަ އަލާމާތްތައް ކަމަށް ޑޮކްޓަރު ވިދާޅުވީ މޫޑާއި ނިންޖަށް އަދި ކެއުމަށް އަންނަ ބަދަލުތަކާއި އަމިއްލަ ނަފްސާއި އެހެން މީހުންނަށް އަނިޔާ ލިބޭ ފަދަ ކަންތައްތައް ކުރުމާއި އަޑުއަޑު އިވުން ފަދަ ކަންތައްތަކެވެ. ޑޮކްޓަރު ވިދާޅުވީ މީގެ އިތުރުން ވެސް ކުރިން ނުވާފަދަ އުނދަގޫތަކެއްވެ, ނަފްސާނީ މައްސަލައެއް ހުރި ކަމަށް ޝައްކު ކުރެވޭ ނަމަ ވީހާވެސް އަވަހަކަށް ޑޮކްޓަރެއްގެ އިރުޝާދު ހޯދުން މުހިންމުކަމަށެވެ.
ނަފްސާނީ ބަލިތަކަކީ އެކި ސަބަބުތަކާއި ހުރެ ކުރިމަތިވާ ބަލިތަކެކެކެވެ. އެކި ބަލިތައް ކުރިމަތިވުމަށް ދިމާވަނީ އެކި މައްސަލަތަކެވެ.
"ނަފްސާނީ ބަލިބަލި ހުރޭ ބަޔޮލޮޖިކަލް ފެކްޓާސްއާ ހެދި ނޫނީ ޖެނެޓިކަލް ފެކްޓާސްއާ ހެދި ކުރިމަތިވާ ބަލިތައް. މިސާލަކަށް އޭޑީއެޗްޑީ އަކީ ބަޔޮލޮޖިކަލް ފެކްޓާސް ހިމެނޭ ބައްޔެއް. ސްކިޒްއޮފްރޭނިއާ އަކީ ޖެނެޓިކަލް ފެކްޓާޒް ހިމެނޭ ބައްޔެއް. ބައެއް ބަލިތަކަކީ ދިރިއުޅުމުގައި ކުރިމަތިވާ އެކި މައްސަލަތަކުގެ ސަބަބުން ނޫނީ ދިރިއުޅޭ ވެށީގެ ސަބަބުން ކުރިމަތިވާ ބަލިތައް. އެކި އުމުރުގައި ކުރިމަތިވާ އެކި ޓްރޯމާއާ ހެދި ޕީޓީއެސްޑީ, ޑިޕްރެޝަން, އެންޒައިޓީ އަދި އީޓިން ޑިސްއޯޑާ ފަދަ ބަލިތައް ކުރިމަތިވޭ." ޑރ. އަމްޖަދު ވިދާޅުވި އެވެ.
ޑރ. އަމްޖަދް ވިދާޅުވީ ނަފްސާނީ ބައްޔެއް ހުރުމަކީ އުފާވެރި ދިއުޅުމެއް އުޅުމުގެ އުއްމީދު ގެއްލޭނެ ކަމެއް ނޫންކަމަށެވެ. އެންމެ ފުރަތަމަ އަޅަން ޖެހޭ ފިޔަވަޅު އަޅާ, ޑޮކްޓަރަށް ދައްކކާ, ޑޮކްޓަރުގެ އިރުޝާދު ދޭ ފަރުވާ ޕްލޭނާއި އެކު ދުޅަހެޔޮ ދިރިއުޅުމެއް ހޯދޭނެ ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ. އަދި ހަރަކާތްތެރިވެ އުޅުމާއި ކެއުމުގައި ރަނގަޅު ތަކެތި ހިމެނުމަކީ ވެސް ނަފްސާނީ ދުޅާހެޔޮކަމަށް އެއްބާރުލުން ދޭނެ ކަންތައްތަކުގެ ގޮތުގައި ފާހަގަކުރެއްވި އެވެ.
"އެންމެ މުހިންމީ ފަރުވާ ހޯދުން. ބެލެނިވެރިން ވެސް ދަރިންގެ ކިބައިން ނަފްސާނީ ބައްޔެއްގެ އަލާމާތެއް ފެނިއްޖެ ނަމަ ލަސްނުކޮށް ޑޮކްޓަރަށް ދައްކަންވީ. ގިނަ ބަލިތަކަކީ ބަލީގެ ކުރީކޮޅު ފަރުވާ ހޯދައިފި ނަމަ, ބަލީގެ އަލާމަތްތައް ކޮންޓްރޯލްކޮށް, މެނޭޖުކުރެވޭނެ ބަލިތައް." ޑޮކްޓަރު ވިދާޅުވި އެވެ.
ނަފްސާނީ ބައްޔެއް ތަހައްމަލުކުރަމުންދާ ނަމަ އެ ހޮސްޕިޓަލުގެ ނަމްބަރު 3313553 އިން އެޕޮއިންޓްމަންޓު ހައްދާ, ފަރުވާ ހޯދުމަށް އެ ހޮސްޕިޓަލުން ބާރު އަޅަ އެވެ.
ނޯޓު: މިއީ އޭޑީކޭ ހޮސްޕިޓަލުގެ އެޑްވަޓޯރިއަލް އާޓިކަލްއެކެވެ.
ނާރުގެ މައްސަލަތަކުގައި ދިރިއުޅުމުގެ ވައްޓަފާޅީގެ ދައުރު
އޭޑީކޭ: ދުންފަތުން ދުރުވުމަށް އެހީތެރިކަން ފޯރުކޮށްދެނީ
ކެންސަރަށް ފާރަވެރިވާން ގަވައިދުން ޓެސްޓްހެދުން މުހިއްމު
44 ޕޭޝަންޓަކަށް ހައިޕާބެރިކް އޮކްސިޖަން ތެރަޕީ ދީފި
ކެންސަރުގެ ފަރުވާއަށް އޭޑީކޭގައި ހާއްސަ ޑިޕާޓްމަންޓެއް
ހައިޕާބެރިކް ޓްރީޓްމަންޓް ޔުނިޓް، ފަރުވާގެ އާ މަގެއް
އޭޑީކޭ: ފިޒިއޮތެރަޕީގެ ހިދުމަތުގައި ބޮޑު ކުރިއެރުމެއް
އޭޑީކޭގައި ޕެރިއޮޕަރެޓިވް ނަރުހުންގެ ހަފްތާ ފާހަގަކޮށްފި
ތަދުތަކަށް ދޭ ރޭޑިއޯ ފްރީކުއެންސީ ފަރުވާ ޕެއިން ކްލިނިކުގައި
ސަމަންގެ ސުޕަމާކެޓު ހުޅުވަނީ، ބާޒާރު ކުރުމަށް ބަދަލެއް