24 ނޮވެމްބަރ 2022
މިހާރު ކުރިއަށްދާ ވޯލްޑް ކަޕްގައި ވެސް ދިވެހިންގެ މަގުބޫލު ޓީމުތަކުގެ ތެރެއިން އެއް ޓީމަކީ، މަޝްހޫރު ކްރިސްޓިއާނޯ ރޮނާލްޑޯގެ ޕޯޗުގަލް އެވެ. ފުޓްބޯޅަ އަށް ލޯބިކުރާ ޒުވާން ސަޕޯޓަރުންގެ ތެރޭގައި ހިމެނޭ ޕޯޗުގަލްގެ ސަޕޯޓަރުން އެ ގައުމުގެ ގައުމީ ޓީމަށް ސަޕޯޓްކުރަން ފެށީ ވެސް ރޮނާލްޑޯގެ ކުޅުން ފެނި އުފެދުނު ޝައުގެއްގެ ބޮޑު ކަމުންނެވެ.
މިހާރު ކުރިއަށްދާ ވޯލްޑް ކަޕްގައި ވެސް ދިވެހިންގެ މަގުބޫލު ޓީމުތަކުގެ ތެރެއިން އެއް ޓީމަކީ، މަޝްހޫރު ކްރިސްޓިއާނޯ ރޮނާލްޑޯގެ ޕޯޗުގަލް އެވެ. ފުޓްބޯޅަ އަށް ލޯބިކުރާ ޒުވާން ސަޕޯޓަރުންގެ ތެރޭގައި ހިމެނޭ ޕޯޗުގަލްގެ ސަޕޯޓަރުން އެ ގައުމުގެ ގައުމީ ޓީމަށް ސަޕޯޓްކުރަން ފެށީ ވެސް ރޮނާލްޑޯގެ ކުޅުން ފެނި އުފެދުނު ޝައުގެއްގެ ބޮޑު ކަމުންނެވެ.
ޕޯޗުގަލްގެ މުޅި ސްކޮޑަށް ވުރެ ރޮނާލްޑޯގެ މަގުބޫލުކަން ދިވެހިންގެ މެދުގައި ވެސް އަދި މުޅި ދުނިޔޭގައި ވެސް ބޮޑެވެ. ޕޯޗުގަލްގެ ނަމާ އެކު އަންނަނީ ރޮނާލްޑޯގެ ނަމެވެ.
ޕޯޗުގަލްގެ ޓްރޭނިންގައި ރޮނާލްޑޯ: ދިވެހިންގެ މެދުގައި ވެސް ޕޯޗުގަލް މަގުބޫލުވީ އޭނާގެ ސަބަބުން --- ފޮޓޯ: އޭއެފްޕީ
އެކަމަކު މިހާރު އުމުރުން 37 އަހަރުގެ ކުޅުންތެރިޔާއާ މެދު ޕޯޗުގަލްގެ އެހެން ކުޅުންތެރިން ދެކޭ ގޮތް ތަފާތެވެ. އެއް އިރެއްގައި ރޮނާލްޑޯގެ މައްޗަށް ޕޯޗުގަލްގެ މުޅި ޓީމު ބިނާވެފައި އޮތަސް އެކަން މިހާރު ބަދަލު ވެއްޖެ އެވެ. ޓީމުން އޭނާ އަށް ބަރޯސާވުން ކުޑަ އެވެ. ޔޫރޯ 2016 ގެ ޗެމްޕިއަންކަން ޕޯޗުގަލްއިން ހޯދީ ރޮނާލްޑޯ ބެންޗުގައި ބައިންދާގެންނެވެ. އޭނާ އަށް ދިނީ މުބާރާތުގެ ތަށި އުފުލާލާށެވެ.
މެންޗެސްޓާ ޔުނައިޓެޑްގައި ރޮނާލްޑޯއާ އެކު ދޮޅު އަހަރު ވަންދެން ކުޅުނު ޕޯޗުގަލްގެ މިޑްފީލްޑަރު ބްރުނޯ ފެނާންޑޭޒް މިފަހުން ދިން އިންޓަވިއުގައި ވަނީ ރޮނާލްޑޯގެ އަސަރު ޓީމުގައި ކުޑަކަން ދޭހަވާ ގޮތަށް ވާހަކަ ދައްކައިފަ އެވެ.
"ކްރިސްޓިއާނޯ [ރޮނާލްޑޯ] އާއެކު ކުޅުމަކީ ހުވަފެނެއް ހަގީގަތަކަށް ވުން. ކްރިސް އަކީ ވަރަށް ބޮޑު ހިތްވަރެއް. އެކަމަކު އެއްވެސް ކަމެއް އަބަދު އެއްގޮތަކަށް ނޯންނާނެ. އެކަން އެގޮތަށް އޮންނަ އިރު ވަރަށް ރަނގަޅު،" ފެނާންޑޭޒް ބުންޏެވެ.
ވޯލްޑް ކަޕަށް ހާއްސަކޮށް ބޭއްވި ޕްރެސް ކޮންފަރެންސްގައި ރޮނާލްޑޯ: އޭނާގެ މަގޫލުކަން ބޮޑު ވިޔަސް ޓީމު އޭނާ އަށް ބަރޯސާވާ މިންވަރު މިހާރު ކުޑަ --- ފޮޓޯ: އޭއެފްޕީ
ޕޯޗުގަލްގެ ކުޅިވަރު ނޫސް "ރެކޯޑް" ގެ އެޑިޓަރު ޑޭވިޑް ނޯވާ ދި އެތުލެޓިކް އަށް ދީފައިވާ އިންޓަވިއުގައި ބުނެފައި ވަނީ ރޮނާލްޑޯ އަކީ އެންމެ ފުރިހަމަ ކުޅުންތެރިއެއް ނޫން ކަމަށެވެ.
"ރޮނާލްޑޯ އަކީ ދުނިޔޭގެ ލެވަލްގައި ވެސް ތަރިއެއް. އޭނާގެ ސަބަބުން ޕޯޗުގަލް އަށް ދުނިޔޭގެ ފުޓްބޯޅައިގެ މެޕުން ހާއްސަ ޖާގައެއް އޮވޭ،" ޑޭވިޑް ނޯވާ ބުންޏެވެ.
"އޭނާ އަކީ އެންމެ ފުރިހަމަ ކުޅުންތެރިޔެއް ނޫން. ނަމަވެސް އެހެން ވިޔަސް ޕޯޗުގަލްގައި އޭނާ އަށް ދީފައި އޮންނަ އިހުތިރާމް ކުޑައެއް ނުވާނެ."
ބައެއް މީހުން ބުނާ ގޮތުގައި ރޮނާލްޑޯ އަކީ ޓީމު ކުޅުންތެރިޔަކަށް ވުރެ ބޮޑަށް އިންޑަވިޖުއަލް ކުޅުންތެރިޔެކެވެ. ޔޫރަޕްގެ އެހެން ކުޅުންތެރިޔަކަށް ވުރެ ގިނައިން އިންޓަނޭޝަނަލް މެޗުތަކުގައި އޭނާ ކުޅެފި އެވެ. އިންޓަނޭޝަނަލް (ނުވަތަ ގައުމީ ޓީމަށް) އެއަށް ވުރެ ގިނަ ލަނޑު ޖެހި އެހެން ކުޅުންތެރިޔެއް ފުޓްބޯޅައިގެ ދިގު ތާރީހުގައި ވެސް ނެތެވެ. ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ފަސް ފަހަރަށް ހޯދި ޔޫރަޕްގެ ދެވަނަ ކުޅުންތެެރިޔެއް ރޮނާލްޑޯ ނޫނީ ނެތެވެ.
އެހެން ބައެއް މީހުން ބުނާ ގޮތުގައި މިފަހަކަށް އައިސް ރޮނާލްޑޯ އިސްކަން ދީފައި ވަނީ އޭނާގެ އަމިއްލަ ދިރިއުޅުން ބިނާ ކުރުމަށާއި އަގު ބޮޑު ލަގްޝަރީ ގެދޮރަށެވެ. ޕޯޗުގަލްގެ އެންމެ ބޮޑު ސިޓީ އަދި ވެރިރަށް ލިޒްބަންގައި އޭނާގެ ވިޔާފަރިތައް ވަނީ ބިނާކޮށްފަ އެވެ. އެ ސިޓީން އަގުބޮޑު ލަގްޒަރީ ގެއެއް މިފަހުން އޭނާ ވަނީ ގަނެފަ އެވެ.
ރޮނާލްޑޯގެ ގޯލަކީ ރެފްރީ ދިން ހަދިޔާއެއް: ގާނާގެ ކޯޗު
ލަނޑު ޖެހިކަމަށް ހެދިގެން އުޅުމުން ރޮނާލްޑޯ ޖޯކަކަށް
ފްރާންސް ސެމީއަށް، ރޮނާލްޑޯ ހުސްއަތާ ނިންމާލައިފި
ކީޕަރު ޑިއޭގޯ ކޮސްޓާ، ޕޯޗުގަލް ގޮވައިގެން ކުއާޓާ
ތުރުކިޔޭ އާއި ޗެކިއާގެ މެޗަށް ފަހު ހަމަނުޖެހުމެއް
އުމުރުން 39، އަދިވެސް އަހަރެން ފިޓް: ރޮނާލްޑޯ
ރޮނާލްޑޯއަކީ އެންމެ މުހިންމު ކުޅުންތެރިޔާއެއް ނޫން
ރޮނާލްޑޯ ނެތި ޕޯޗުގަލް މާ ވަރުގަދަ
ރޮނާލްޑޯ ކުރާ މަސައްކަތް ސިފަކޮށް ނުދެވޭނެ: ވީޓީނިއާ
ޕޯޗުގަލް ލީގުގައި ކޮންމެ ގޯލަކަށް 200 ގަސް އިންދަނީ