Roadha Mihaaru
އުމުރުން އެންމެ ދުވަސްވީ އާ ބުޅަލެއް ރެކޯޑު ފޮތަށް

އުމުރުން އެންމެ ދުވަސްވީ އާ ބުޅަލެއް ރެކޯޑު ފޮތަށް އަރައިފި

26 ނޮވެމްބަރ 2022

ދުނިޔޭގައި އެންމެ ދުވަސްވީ ބުޅަލެއްގެ ގޮތުގައި އިނގިރޭސި ވިލާތުގެ ލަންޑަނުގައި އުޅޭ ބުޅަލެއް ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ހޯދައިފި އެވެ.

ދުނިޔޭގައި އެންމެ ދުވަސްވީ ބުޅަލެއްގެ ގޮތުގައި އިނގިރޭސި ވިލާތުގެ ލަންޑަނުގައި އުޅޭ ބުޅަލެއް ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ހޯދައިފި އެވެ.

ފްލޮސީ ނަމަކަށް ކިޔާ އެ ބުޅަލުގެ އުމުރަކީ 27 އަހަރެވެ. އެއީ ކަޅު ކުލަ އާއި މުށިކުލައިގެ މަޑު ކެހެރިތަކެއް ހުންނަ ބުޅަލެކެވެ.

ގިނިސް ވޯލްޑް ރެކޯޑުގައިވާ ގޮތުން، "ފްލޮސީ" ގެ އުމުރަކީ އިންސާނެއްގެ އުމުރުން ބަލާ ނަމަ 120 އަހަރެވެ. އެކަމަކު އެއީ އަޑު ނީވޭ އަދި ފެނުމުގައި ވެސް މައްސަލަތަކެއް ހުންނަ ބުޅަލެކެވެ. ނަމަވެސް އުފާވެރި ޚަބަރަކީ އެއީ އުޅޭ މާހައުލަކަށް ވަރަށް އަވަހަށް ހޭނެން ދަންނަ ބުޅަލެއް ކަމެވެ. މީރު ކާ އެއްޗެއް ފެނުނަސް މާ ބޮޑަށް އަވަސް އަރުވާލައިގެން ނޫޅެ އެވެ.

އެ ބުޅާ ފުރަމަ އުޅުނީ ލަންޑަންގެ މާސީސައިޑް ހޮސްޕިޓަލުގެ ކައިރީގައި އޮންނަ ހުސް ބިމެއްގައި އެހެން ބުޅާތަކަކާ އެކުގަ އެވެ. އޭރު އެ ހޮސްޕިޓަލުގެ މަސައްކަތް ކުރި އަންހެނަކަށް "ފްލޮސީ" ފެނުމުން އޭނާގެ ގެ އަށް ގެންގޮސް ގެންގުޅެން ފެށީ އެވެ. އެކަމަކު، އޭގެ 10 އަހަރު ފަހުން އެ އަންހެންމީހާ މަރުވުމުން "ފްލޮސީ" ބެލެހެއްޓީ އެ މީހާގެ އަންހެން ކޮއްކޮ އެވެ. އެ އަންހެންކޮއްކޮ ވެސް 14 އަހަރު ފަހުން މަރުވުމުން، ތިން އަހަރު ވަންދެން "ފްލޮސީ" ގެ ހުރިހާ ކަމެއް ބެލެހެއްޓީ ފިރިހެންދަރިފުޅެވެ.

ނަމަވެސް "ފްލޮސީ" އަށް އެންމެ ރަނގަޅަށް އަޅާލުން ނުދެވުމާއި އޭގެ ޒުވާން އުމުރު ކަމަށް ވުމުން ބަލަހައްޓަން އުނދަގޫވާތީ ހަވާލުކުރީ "އޯޕިންގްޓަން" ކިޔާ މަރުކަޒަކާ އެވެ. އޭގެ ބޭނުމަކީ ވީހާ ވެސް ރަނގަޅަކަށް އެ ބުޅާ ބެލެހެއްޓުމެވެ.

އެ މަރުކަޒުގައި "ފްލޮސީ" އާ ހަވާލުވީ، އުމުރުން ދުވަސްވެފައި ތިބޭ ބުޅާ ބަލަހައްޓަން ހާއްސަ މީހެއް ކަމަށްވާ ވިކީ ގްރީން އެވެ.

ވިކީ ގްރީން ބުނާގޮތުގައި "ފްލޮސީ" ފުރަތަމަ ފެނުނު ދަވަހު ވެސް އެއީ ވަރަށް ހާއްސަ ބުޅަލެއްކަން އޭނާ އަށް ފާހަގަވި އެވެ.

އެންމެ ދުވަސްވީ ބުޅަލުގެ ރެކޯޑް މިހާތަނަށް ދެމެހެއްޓީ އެމެރިކާގެ ޓެކްސަސް އަށް އުފަން 38 އަހަރުގެ "ކްރީމް ޕަފް" ކިޔާ ބުޅަލެކެވެ. އެ ބުޅާ ވަނީ އޮގަސްޓް 2005 ގައި މަރުވެފަ އެވެ.