Roadha Mihaaru
ގަހަނާ އަޅައިގެން ލަންކާއަށް ވަނުމުގެ ހަރުކަށި އުސޫލެއް

22 ކެެރެޓަށް ވުރެ މަތީގެ ރަން، ގަހަނާ އަޅައިގެން ލަންކާ އަށް ވަނުން މަނާކުރަނީ

26 ނޮވެމްބަރ 2022

ސްރީ ލަންކާ އަށް ދަތުރު ކުރާއިރު، 22 ކެރެޓަށް ވުރެ މަތީ އަދަދުގެ ރަން، ގަހަނާގެ ގޮތުގައި އަޅައިގެން ހުރި ނަމަ އެ ގައުމަށް ވަނުން މަނާކުރަން ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ސްރީ ލަންކާ އަށް ދަތުރު ކުރާއިރު، 22 ކެރެޓަށް ވުރެ މަތީ އަދަދުގެ ރަން، ގަހަނާގެ ގޮތުގައި އަޅައިގެން ހުރި ނަމަ އެ ގައުމަށް ވަނުން މަނާކުރަން ނިންމައިފި އެވެ.

ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ ސްރީ ލަންކާ އިން އެގޮތަށް ނިންމީ އެ ގައުމަށް ވަގަށް ރަން އެތެރެކުރާ މައްސަލަ ބޮޑުވެފައިވާތީ އެވެ. ބައެއް މީހުން ރަން އެތެރެކުރަނީ ގަހަނާގެ ގޮތުގައި އަޅައިގެންނެވެ. އެއީ ޓެކްސް ދެއްކުމުން ސަލާމަތްވުމަށެވެ.

ސްރީ ލަންކާގެ ސަރުކާރުން މިއަދު ނެރުނު އިއުލާނެއްގައިވާ ގޮތުން 22 ކެރެޓަށް ވުރެ މަތީގެ އަދަދުގެ ރަން، ގަހަނާގެ ގޮތުގައި އަޅައިގެން އެ ގައުމަށް އެތެރެވެވޭނީ ދުރާލައި ހުއްދަ ހޯދުމަށް ފަހު އެވެ. ހުއްދަ ނެތި އެ މިންވަރަށް ވުރެ މަތީ އަދަދުގެ ރަން އަޅައިގެން ހުރި ނަމަ، އެ ގައުމަށް ވަނުން މަނާކުރާނެ ކަމަށް އެ އިއުލާނުގައިވެ އެވެ.

މިކަމާބެހޭ ތަފްސީލުތައް އަންނަ ހަފުތާގައި ލަންކާ ސަރުކާރުން ހާމަ ކުރާނެ އެވެ.

ލަންކާގެ އިގްތިސާދު ވަރަށް ބޮޑަށް ހީނަރުވެ، ފައިސާގެ އަގު ދާދި ފަހުން ވަނީ ވެއްޓިފަ އެވެ. އެކަމާ ގުޅިގެން ލަންކާ ސަރުކާރާ ދެކޮޅަށް މިއަހަރުގެ ވަރުގަދަ މުޒާހަރާތަކެއް ހިނގައި، ހަމަނުޖެހުންތައް ބޮޑުވުމުން ރައީސް ގޮތަބަޔާގެ ސަރުކާރުން އިސްތިއުފާ ދެއްވި އެވެ.