ސްރީލަންކާގައި މަަސްތުވާތަކެތި ގެންގުޅުނު ދިވެއްސަކު ހަތް އަހަރަށް ޖަލަށްލާން ލަންކާގެ ކޯޓަކުން ހުކުމްކޮށްފި އެވެ.
09 މެއި 2023
ސްރީލަންކާގައި މަަސްތުވާތަކެތި ގެންގުޅުނު ދިވެއްސަކު ހަތް އަހަރަށް ޖަލަށްލާން ލަންކާގެ ކޯޓަކުން ހުކުމްކޮށްފި އެވެ.
ލަންކާގެ ނޫސްތަކުގައިވާ ގޮތުން ކޮލަމްބޯގެ ހައި ކޯޓުން ދިވެހި ފިރިހެނެއްގެ މައްޗަށް އިއްޔެ ޖަލު ހުކުމެއް އިއްވީ ޕާޓީ ޑްރަގްތަކެއް 2018 ވަނަ އަހަރު ގެންގުޅުނު މައްސަލާގަ އެވެ. އޭނާ ޖަލަށްލީ ޖަލުގައި ބުރަ މަސައްކަތް ކުރަންޖެހޭ ގޮތަށް ކަމަށް ނޫސްތަކުގައިވެ އެވެ.
އެ މީހާ 2018 ވަނަ އަހަރު މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރީ ލަންކާގެ ދެހިވަލަ ސަރަހައްދުގައި ސްޕެޝަލް ޓާސްކް ފޯސް (އެސްޓީއެފް) އިން ހިންގި އޮޕަރޭޝަނެއްގަ އެވެ. ލަންކާގެ ނޫސްތަކުގައިވާ ގޮތުން އޭނާ ވަނީ މަސްތުވާތަކެތި ގެންގުޅުނު ކަމަށް ކޯޓުގައި އެއްބަސްވެފަ އެވެ.
ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ ލަންކާގައި މަސްތުވާތަކެތި ގެންގުޅުނު މައްސަލައެއްގައި މިދިޔަ އަހަރު ވެސް ދިވެއްސެއްގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އެ ގައުމުގެ ކޯޓަކުން އިއްވި އެވެ.
ލަންކާގައި ބައި ކިލޯއަށް ވުރެ ގިނައިން ޑްރަގް ގެންގުޅުމަކީ އުމުރަށް ޖަލަށްލުން ނުވަތަ މަރުގެ އަދަބު ދެވޭ ކުށެކެވެ.
ބިލިއަން ރުފިޔާގެ ޑްރަގް މައްސަލަ: ބަންދު އިތުރުކޮށްފި
ރާއްޖެއަށް ވަން ލަންކާގެ ބޯޓަކުން 468 ކިލޯގެ ޑްރަގު
ލަންކާގައި ޑްރަގް ގެންގުޅުނު ދިވެއްސަކު އުމުރަށް ޖަލަށް
ޑްރަގްސްއާ އެކު 3 ދިވެއްސަކު ލަންކާއިން ހައްޔަރުކޮށްފި
ހެރޮއިންއާ އެކު ދެ ދިވެއްސަކު ލަންކާ އިން ހައްޔަރުކޮށްފި
އެއާޕޯޓުގައި ހަމަނުޖެހުން ހިންގި ލަންކާ މީހަކު ހައްޔަރު
ލަންކާއާއެކު ޓްރީޓީއަކަށް ދާން މަޖިލީހުން ރުހުންދީފި
ލަންކާއާ އެކު ޖިނާއީ ކަންކަމުގައި އެއްބާރުލުން ދެނީ
ގަހަނާ އަޅައިގެން ލަންކާއަށް ވަނުމުގެ ހަރުކަށި އުސޫލެއް
އަރުޝަދު ދުބާއީ އިން، ލަންކާއަށް ގެންގޮސްފި