Roadha Mihaaru
ކެންޑީގައި އުޅޭ ދިވެހިންނަށް ވެސް ބިރުވެރިކަން އެބައޮތް

ކެންޑީގައި އުޅޭ ދިވެހި އާއިލާތަކަށް ވެސް ބިރުވެރިކަން އެބައޮތް: މުންދު

08 މާޗް 2018

މުސްލިމުންނާއި ބުޑިސްޓުންގެ ހަމަނުޖެހުންތައް ބޮޑުވެ ސްރީ ލަންކާގެ މެދުތެރޭގެ ކެންޑީ ނުރައްކަލެއްގެ ތެރޭގައިވާއިރު އެ ތަނުގައި ދިރިއުޅޭ ދިވެހި އާއިލާތަކަށް ވެސް ބިރުވެރިކަން އެބައޮތް ކަމަށް އެ ގައުމުގައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ހުސެއިން ޝަރީފް (މުންދު) މިއަދު ވިދާޅުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

މުސްލިމުންނާއި ބުޑިސްޓުންގެ ހަމަނުޖެހުންތައް ބޮޑުވެ ސްރީ ލަންކާގެ މެދުތެރޭގެ ކެންޑީ ނުރައްކަލެއްގެ ތެރޭގައިވާއިރު އެ ތަނުގައި ދިރިއުޅޭ ދިވެހި އާއިލާތަކަށް ވެސް ބިރުވެރިކަން އެބައޮތް ކަމަށް އެ ގައުމުގައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ހުސެއިން ޝަރީފް (މުންދު) މިއަދު ވިދާޅުވެއްޖެ އެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން ގާތްގަނޑަކަށް 50 އާއިލާއާއެކު 140 ދިވެހިން ކެންޑީގައި މިވަގުތު ދިރިއުޅެ އެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނެވެ.

މުންދު "މިހާރު" އަށް ވިދާޅުވީ، ކެންޑީގައި އުޅޭ ދިވެހިންނަށް ވެސް ހަމަލާއެއް ދީފާނެ ކަމުގެ ބިރު އޮތުމުން ގެއިން ނުނިކުމެ ތިބުމަށް އެ އެންމެންނަށް ވެސް މިހާރު އަންގާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މިދަނީ ކެންޑީގައި ދިރިއުޅޭ ހުރިހާ ދިވެހިންނަށް ވަކިވަކިން ގުޅައި އަމަލު ކުރަންވީ ގޮތް ބުނެދެމުން. އަޅުގަނޑު ފާހަގަ ކޮށްލަން އެ ބޭފުޅުން އަޅުގަނޑުމެން އަންގާ އެންގުމަށް އަމަލުކުރާކަން." މުންދު ވިދާޅުވި އެވެ.

މިހަފުތާގެ ކުރީކޮޅު ކެންޑީގައި ހިންގި ހަމަނުޖެހުންތަކުގައި މިސްކިތްތައް ރޯކުރި ތަން ބައެއް ދިވެހިންނަށް ފެނިފައި ވެ އެވެ. ލަންކާގެ ފުލުހުންނަށް އެ ހަމަނުޖެހުންތައް ކޮންޓްރޯލް ނުކުރެވިގެން ސިފައިން ނުކުތުމާ އެކު ކެންޑީ މިހާރު ވަނީ ހަނގުރާމައިގެ މައިދާނަކަށް ބަދަލުވެފަ އެވެ.

ކެންޑީގެ ހަމަނުޖެހުންތައް ކޮންޓުރޯލް ކުރުމަށް ސިފައިން ހަރަކާތްތެރިވަނީ-- ފޮޓޯ: އޭޕީ

ކެންޑީގެ ހަމަނުޖެހުންތައް ކޮންޓުރޯލް ކުރުމަށް ސިފައިން ހަރަކާތްތެރިވަނީ-- ފޮޓޯ: އޭޕީ

"ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމަށް މި ވަގުތު އެ ހަރަކާތްތެރި ވަނީ ސީދާ އަސްކަރިއްޔާ އިން. ބަޑި ޖަހައި ހަދާ. ގިނަ ދިވެހިން ބުނޭ ބަޑީގެ އަޑު ވަރަށް އިވޭ ކަމަށް. އެހެންވެ ބިރުން އުޅޭ،" މުންދު ވިދާޅުވި އެވެ.

ޓޫރިސްޓުންގެ މެދުގައި މަގުބޫލް ކެންޑީގައި މީހުން ބޭރަށް ނުކުމެ އުޅުން މަނާ ކޮށްފައިވާއިރު، މިސްކިތްތަކާއި މުސްލިމުންގެ ފިހާރަތަކަށް ގެއްލުން ދީ އެ ތަންތަނުގައި ވަނީ އަލިފާން ޖަހައިފަ އެވެ.

މި ނުރައްކާތެރި ހާލަތުގައި ބޭރަށް ނުނިކުމެވޭތީ ކާބޯތަކެތި ގަތުން ފަދަ ކަންކަމަށް ގިނަ ދިވެހިންނަށް ވަނީ ދަތިތަކާ ކުރިމަތިވެފައި ކަމަށް ރާއްޖޭގެ އެމްބަސީން ބުނެ އެވެ.

ކެންޑީގައި ހިނގާ ހަމަނުޖެހުން ތަކުގައި މުސްލިމުންނަށް ހަމަލާދޭތީ އެއީ އެ ސަރަހައްދުގައި ދިރިއުޅޭ ދިވެހިންނަށް އޮތް ބޮޑު ބިރެކެވެ. ހާއްސަކޮށް ބުރުގާ އަޅާ އަންހެނުން ފަސޭހަ އިން ފާހަގަ ކުރެވޭނެތީ ހަމަލާ ދޭނެ ކަމުގެ ފުރުސަތު ބޮޑެވެ.

Muslimunnaai Buddhistunge hamanujehun boduve Kandy gai curfew hingaifi

Muslimunnaai Buddhistunge hamanujehun boduve Kandy gai curfew hingaifi

The most trusted news source in the Maldives

Mihaaru

ހަމަނުޖެހުންތަކާ ގުޅިގެން ކެންޑީގަ ކާފިއު އިއުލާންކޮށްފަ--

މުންދު ވިދާޅުވި ގޮތުގައި ކެންޑީގައި ތިބި ދިވެހިން ލަންކާގެ އެހެން ސަރަހައްދަކަށް ގެންދިއުމުގެ މަސައްކަތެއް އަދިއެއް ނުކުރެ އެވެ. އޭނާ ވިދާޅުވީ ގޭގައި ތިބޭނަމަ ނުރައްކަލެއް ނެތް ކަމަށާއި އެހެންވެ ކެންޑީގައި ތިބި ދިވެހިން އެހެން ސަރަހައްދަކަށް ގެންދަން މަސައްކަތް ނުކުރާ ކަމަށެވެ.

ކެންޑީ ފިޔަވާ ލަންކާގެ އެހެން ސަރަހައްދެއްގައި ހަމަނުޖެހުންތައް ނުހިނގަ އެވެ. ހާއްސަކޮށް ގިނަ ދިވެހިން ދިރިއުޅޭ ކޮލޮމްބޯގައި އެފަދަ ހަމަނުޖެހުމެއް ނެތެވެ.

ކެންޑީގައި ހަމަނުޖެހުންތައް އުފެދުނީ ސިންހަޅައިންނަށް ވިއްކާ ކާ ތަކެއްޗަށް މުސްލިމް ކައްކާ އަކު ދޭތެރެދުރުކުރާ ބޭސް އެޅިކަމުގެ ތުހުމަތާ ގުޅިގެންނެވެ. ސަރުކާރުން ބުނެފައި ވަނީ އެއީ އަސްލެއް ނެތް ތުހުމަތެއް ކަމަށެވެ. އަދި ހަމަނުޖެހުން ހިންގާ މީހުން ވަނީ ހައްޔަރު ކުރަން ފަށައިފަ އެވެ.