27 ނޮވެމްބަރ 2022
ކޮރެއާ އަދި ޖަޕާންގައި 2002 ގައި ބޭއްވި ވޯލްޑް ކަޕަށް ފްރާންސް ކުރިމަތިލީ، 1998 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ޗެމްޕިއަނުންގެ ގޮތުގަ އެވެ. ނަމަވެސް 2002 ގެ މުބާރާތުގައި އަލަށް ކޮލިފައިވި ސެނެގާލް އަތުން ބަލިވެ މުބާރާތުގައި ފްރާންސަށް ހިތްދަތި ފެށުމަކަށްވި އެވެ. ދެން ޖެހިގެން އައި މެޗުން ވެސް ބަލިވެ ފްރާންސް މުބާރާތުން ކަޓައިގެން ދިޔައީ އެވެ.
ކޮރެއާ އަދި ޖަޕާންގައި 2002 ގައި ބޭއްވި ވޯލްޑް ކަޕަށް ފްރާންސް ކުރިމަތިލީ، 1998 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ޗެމްޕިއަނުންގެ ގޮތުގަ އެވެ. ނަމަވެސް 2002 ގެ މުބާރާތުގައި އަލަށް ކޮލިފައިވި ސެނެގާލް އަތުން ބަލިވެ މުބާރާތުގައި ފްރާންސަށް ހިތްދަތި ފެށުމަކަށްވި އެވެ. ދެން ޖެހިގެން އައި މެޗުން ވެސް ބަލިވެ ފްރާންސް މުބާރާތުން ކަޓައިގެން ދިޔައީ އެވެ.
އެއީ ވޯލްޑް ކަޕްގެ އޭގެ ކުރީގެ ޗެމްޕިއަނެއް މުބާރާތުގެ ގުރޫޕު ސްޓޭޖުން ކަޓައިގެން ދިޔަ ފުރަތަމަ ފަހަރެވެ. އެކަމަކު 2002 ގެ ޗެމްޕިއަންކަން ހޯދި ބްރެޒިލަށް 2006 ގެ ވޯލްޑް ކަޕުގައި ގުރޫޕު ސްޓޭޖުން ކެޓުމުގެ ސިލްސިލާ މެދުކުކެނޑުނެވެ. ބްރެޒިލް ކެޓީ ކުއާޓާ ފައިނަލުގައި ފްރާންސް އަތުންނެވެ.
ދެކުނު އެފްރިކާގައި 2010 ގައި ބޭއްވި ވޯލްޑް ކަޕުގައި 2006 ޗެމްޕިއަން އިޓަލީ އަށް އެ ރެކޯޑާ ކުރިމަތިލާން ޖެހުނެވެ. ގުރޫޕު ސްޓޭޖުން އިޓަލީ ކަޓައިގެން ދިޔައީ އެވެ. އެ ބުރުގައި ރާއްޖޭގެ ކުރީގެ ކޯޗު ރިކީ ހާބަޓް ކޯޗުކަމުގެ ދަށޫން ކުޅުނު ނިއު ޒިލެންޑް އަތުން ވެސް އިޓަލީ އަށް މޮޅު ނުވެވުނެވެ.
އެފްރިކާގައި ބޭއްވި ވޯލްޑް ކަޕުގެ ޗެމްޕިއަންކަން ހޯދައިގެން 2014 ގެ ވޯލްޑް ކަޕާ ސްޕެއިން ކުރިމަތިލީ އެފަހަރު މުބާރާތުގެ ޓޮޕް ފޭވަރިޓުންގެ ގޮތުގަ އެވެ. އެކަމަކު ސްޕެއިން ގުރޫޕު ސްޓޭޖުން ކަޓައިގެން ދިޔައީ ނެދަލެންޑްސް އާއި ޗިލީ އަތުން ބަލިވެގެންނެވެ. އެފަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން އާޖެންޓީނާ ބަލިކޮށް ޖަރުމަނުން ހޯދި އެވެ.
ފްރާންސްގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅު ކުރަނީ: އެ ޓީމުގެ ސްކޮޑުގައި ޒުވާން ކުޅުންތެރިން ގިނަ --- ފޮޓޯ: އޭއެފްޕީ
ރަޝިއާގައި 2018 ގައި ބޭއްވި ވޯލްޑް ކަޕަށް ޖަރުމަން ކުރިމަތިލީ އެ ޓީމަށް އަބަދު ވެސް ލިބިފައި އޮންނަ ފޭވަރިޓް ޓީމުގެ ޓެގާ އެކު އެވެ. އެކަމަކު ގުރޫޕް ސްޓޭޖުން ކަޓައިގެން ދިޔައީ ޓީމުގެ އެތެރޭގައި ވެސް މައްސަލަ ޖެހިގެންނެވެ. ޖަރުމަންގެ ޓީމަށް ކުޅެމުން ދިޔަ ތުރުކީ ދަރިކޮޅަށް ނިސްބަތްވާ މެސުޓް އޮޒިލް އާއި ޖަރުމަންގެ ފުޓްބޯޅަ ފެޑެރޭޝަނާ މައްސަލަ ޖެހުނީ، ތުރުކީގެ ރައީސް ރަޖަބް ތޮއްޔިބު އުރުދޮގާން އާއެކު އޮޒިލް ނެގި ފޮޓޯގެ މައްސަލައިގަ އެވެ. އެކަންތަކުގެ ތެރޭ ޖަރުމަންގެ ގައުމީ ޓީމަށް ކުޅުނު އޮޒިލް ހުއްޓާލި އެވެ. އެ އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ފްރާންސުން ހޯދައި ދެވަނަ ފަހަރަށް ދުނިޔޭގެ ޗެމްޕިއަންކަން އެ ޓީމުން ހޯދި އެވެ.
ޑެންމާކުގެ މައްޗަށް ރޭ މޮޅުވެ، ޗެމްޕިއަނުން ގުރޫޕް ސްޓޭޖުން ކެޓުމުގެ ރެކޯޑަށް ފްރާންސުން ނިމުން ގެނައުމުގެ އިތުރަށް، މި އަހަރުގެ ވޯލްޑް ކަޕުގައި ގުރޫޕު ސްޓޭޖުން ޖާގަ ހޯދި ފުރަތަމަ ޓީމަކަށް ވެސް ފްރާންސް ވަނީ ވެފަ އެވެ.
ފްރާންސްގެ ތާފަތަކަށް ވީ އެ ޓީމުގެ ޒުވާން ސްކޮޑެވެ. އިޓަލީގެ މާސެލޯ ލިއްޕީ އާއި ސްޕެއިންގެ ވިންސެންޓޭ ޑެލް ބޮސްކޭ އަދި ޖަރުމަންގެ ޔޯކިމް ލޯ ހެދި ގޯސްތައް ތަކުރާރުނުކޮށް ފްރާންސްގެ ކޯޗު ޑިޑެއޭ ޑެޝޯމްޕް ޒުވާން ސްކޮޑެއް ނަގި އެވެ.
ފްރާންސްގެ މިޑްފީލްޑަރު އައުރޭލިއަން ޗުއަމެނީ: ސީނިއާ މިޑްފީލްޑަރުންގެ ބަދަލުގައި ޑެޝޯމްޕް ފުރުސަތު ދިނީ ޗުއަމެނީ އަށް ---- ފޮޓޯ: އޭއެފްޕީ
ޓީމުގެ ސެންޓްރަލް މިޑްފީލްޑަރުން ކަމަށްވާ، ޕޯލް ޕަގްބާ އާއި އެންގޯލާ ކަންޓޭ އަށް އަނިޔާވުމުން އޭނާގެ ޓީމަށް ނެގި ޒުވާން މިޑްފީލްޑަރުންނެވެ. ރެއާލް މެޑްރިޑްގެ އައުރޭލިއަން ޗުއަމެނީ އާއި ޕީއެސްޖީގެ އަޑްރިއަން ރެބިއޯ އެވެ. ފްރާންސް ޓީމުގެ އައުޓް ފީލްޑް ކުޅުންތެރިންގެ ތެރެއިން 30 އަހަރުން މަތީގެ ކުޅުންތެރިންގެ ގޮތުގައި ތިބީ ދެ ކުޅުންތެރިންނެވެ. އެއީ ދެ ފޯވާޑުން ކަމަށްވާ އެންޓްއާން ގްރީޒްމަން، 31، އަދި އޮލިވާ ޖިރޫ، 36، އެވެ.
ފްރާންސްގެ އެޓޭކުގައި ލީޑް ކުރަނީ ކިލިޔަން އެމްބާޕޭ އެވެ. އެންމެ ފަހުގެ ވޯލްޑް ކަޕުގައި އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑް ހޯދި އެމްބާޕޭ، މިފަހަރުގެ މުބާރާތުގައި ދައްކާ ކުޅުމާ އެކު މި އަހަރުގެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް އޭނާ ވާދަކުރާނެ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ. އަދި މުބާރާތް ކާމިޔާބު ކުރާނެ ޓީމުތަކުގެ ލިސްޓްގެ އެންމެ ކުރީގައި ވެސް އޮތީ ފްރާންސެވެ. އެހެންވެއްޖެނަމަ އެ ޓީމު ވާނީ އިޓަލީ އާއި ބްރެޒިލަށް ފަހު ވިދިވިދިގެން ދެ މުބާރާތުގައި ދުނިޔޭގެ ޗެމްޕިއަންކަން ހޯދާ ޓީމަށެވެ. އިޓަލީން ވަނީ 1934 އަދި 1938 ގައި ވޯލްޑް ކަޕް ކާމިޔާބު ކޮށްފަ އެވެ. ބްރެޒިލުން، 1958 އަދި 1962 ގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދި އެވެ.
އޮލިމްޕިކްސްގެ ފައިނަލަށް ފްރާންސާއި ސްޕެއިން
ގިނަ މީހުން ބުނަނީ މިރޭ ސްޕެއިން މޮޅުވާނެ ކަމަށް
ޖަމަލު ހުން ފެތުރޭތީ ފްރާންސްގެ ޓީމަށް ބިރު
ފްރާންސް ޓީމުގެ ފޮޓޯއިން ބޮޑު ހައިޖާނެއް އުފެދިއްޖެ
ބަލިވުމުން ފްރާންސަށް ހަޖަމެއް ނުވި، މައްސަލަ ފީފާއަށް
ފްރާންސްގެ ހާ ކަތިލުމަށް ފަހު ސްޕެއިން ފައިނަލަށް
ފޫހިކޮށް ކުޅެގެންވެސް ފްރާންސް އެބަ މޮޅުވޭ: ސްޕެއިން
ޔޫރޯގައި ވަރުބަލިކަމުގެ އިހްސާސް ކުރެވޭ: އެމްބާޕޭ
ފްރާންސް ސެމީއަށް، ރޮނާލްޑޯ ހުސްއަތާ ނިންމާލައިފި
ޔޫރޯގައި ފްރާންސްގެ ކީޕަރު ކުއްލިއަކަށް ގެއްލުން