Roadha Mihaaru
ފްރާންސް ޓީމުގެ ފޮޓޯއިން ބޮޑު ހައިޖާނެއް އުފެދިއްޖެ

ފްރާންސް ޓީމުގެ ފޮޓޯއިން ކުޅުންތެރިޔަކު މަދުވުމުން ބޮޑު ހައިޖާނެއް އުފެދިއްޖެ

04 ޑިސެމްބަރ 2022

ދޯހާ (ޑިސެމްބަރު 4) - ވޯލްޑް ކަޕުގެ ދެވަނަ ބުރުގެ ކުރިން، ފްރާންސްގެ ފުޓްބޯޅަ ފެޑެރޭޝަނުން ސޯޝަލް މީޑީއާގައި އާންމު ކުރި ޓީމުގެ ފޮޓޯއިން އެއްކުޅުންތެރިޔަކު މަދުވުމުން ބޮޑު ހައިޖާނެއް އުފެދިއްޖެ އެވެ.

ދޯހާ (ޑިސެމްބަރު 4) - ވޯލްޑް ކަޕުގެ ދެވަނަ ބުރުގެ ކުރިން، ފްރާންސްގެ ފުޓްބޯޅަ ފެޑެރޭޝަނުން ސޯޝަލް މީޑީއާގައި އާންމު ކުރި ޓީމުގެ ފޮޓޯއިން އެއްކުޅުންތެރިޔަކު މަދުވުމުން ބޮޑު ހައިޖާނެއް އުފެދިއްޖެ އެވެ.

ފްރާންސްގެ ގައުމީ ޓީމުގެ ކުޅުންތެރިން ޕްރަމޯޓްކުރުމުގެ ގޮތުން އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ގެންގުޅުނު ހިޔާލަކީ ސްކޮޑްގައި ހިމެނޭ ކޮންމެ ކުޅުންތެރިޔަކު އެ ކުޅުންތެރިޔެއްގެ ފުޓްބޯޅަ ކެރިއާ ފެށި ކްލަބްގެ ޖޯޒީގައި ހިފަހައްޓައިލައިގެން ފޮޓޯ ނެގުމެވެ.

ވިލިއަމް ސަލީބާ އާއި ކިލިއަން އެމްބާޕޭ ފަހުރުވެރިކަމާއެކު ވަނީ އޭއެސް ބޮންޑީގެ ޓީޝާޓް ލައިގެން ފޮޓޯއަށް ހުއްޓިފަ އިބްރަހިމާ ކޮނާޓޭ ވަނީ ޕީއެސްޖީގެ ޓީޝާޓްގައި ފޮޓޯ އަށް ހުއްޓިފަ އެވެ. އެވްރެކްސް އެފްސީ 27 ގެ ޖޯޒީގައި އުސްމާން ޑެމްބެލޭ އާއި ސްޓީވް މަންޑަންޑާ ވެސް ފެނިގެން ދިޔައެވެ.

ފްރާންސްގެ މަޓޭއޯ ގުއެންޑޫޒީ: އޭނާ މިހާރު ކުޅެމުން ދަނީ ޕީއެސްޖީ އާއި ވާދަވެރި މާސޭ އަށް --- ފޮޓޯ: އޭއެފްޕީ

ފްރާންސްގެ މަޓޭއޯ ގުއެންޑޫޒީ: އޭނާ މިހާރު ކުޅެމުން ދަނީ ޕީއެސްޖީ އާއި ވާދަވެރި މާސޭ އަށް --- ފޮޓޯ: އޭއެފްޕީ

ފުރާންސްގެ އެފްއޭ އިން ލީ އެ ފޮޓޯގައި މިޑްފީލްޑަރު މަޓޭއޯ ގުއެންޑޫޒީ، 23، ނެތުމުން ފްރާންސްގެ ކްލަބް ފުޓްބޯޅައިގައި އޮތް ވާދަވެރިކަން ވޯލްޑް ކަޕު ތެރޭގައި ވެސް ވަނީ ހޫނުވެފަ އެވެ. ފްރާންސްގެ މާސޭ އަށް ކުޅެމުންދާ ގުއެންޑޫޒީ ކެރިއާ ފެށި އެ ކްލަބާ އެންމެ ވާދަވެރި ޕީއެސްޖީންނެވެ. އެކަމަކު ޕީއެސްޖީގެ ޖޯޒީގައި ހިފަން ވެސް އޭނާ ބޭނުން ނުވިކަމަށް ބުނެ ޕީއެސްޖީގެ ސަޕޯޓަރުންގެ މެދުގައި ވަނީ ހޫނުވެފަ އެވެ.

ފްރާންސްގެ ފުޓްބޯޅައިގައި މިހާރު އެންމެ ވާދަވެރި ދެ ކްލަބަކީ މާސޭ އާއި ޕީއެސްޖީ އެވެ. ދެ ކްލަބްގެ ސަޕޯޓަރުންގެ ދެމެދުގައި މިހާރު ވެސް ވަނީ މައްސަލަ ހޫނުވެފަ އެވެ. ގުއެންޑޫޒީ އަށް އެކަމަށް ބާރު ނާޅައި ފޮޓޯ ސޯޝަލް މީޑިއާގައި ހިއްސާ ކުރުމުން ޕީއެސްޖީގެ ސަޕޯޓަރުން ދަނީ ފްރާންސްގެ އެފްއޭ އަށް ވެސް ފާޑުކިޔަމުންނެވެ.