01 ޑިސެމްބަރ 2022
ގަވައިދުން ކަސްރަތުކޮށް، ބަރު އުފުލާ މަންޒަރު އޭނާގެ ސޯޝަލް މީޑިއާގެ އެކައުންޓުތަކުން ފެނެ އެވެ. ބަލާ ބެލުމަށް އެއްވެސް މައްސަލައެއް އުޅޭކަމެއް ނޭނގެ އެވެ. އެހާ ވެސް ފިޓެވެ. އެކަމަކު، މީގެ ދެ އަހަރެއްހާ ދުވަސްކުރިން، މަރިޔަމް ޒުބެއިރު، ނުވަތަ އާންމުން ދަންނަ ނަމުން ނަމަ މަންދީ އަށް ދިމާވި ކުއްލި ހާދިސާ އަކަށް ފަހު ދިރިއުޅުން ވަނީ މުޅިން ބަދަލުވެފަ އެވެ. ޕެލެޓެއްގެ މަތިން ހިނގާފައި ދަނިކޮށް ވެއްޓި، އޭނާގެ މިހާރުގެ ދިރިއުޅުން އޮތީ ވޭނެއްގަ އެވެ.
ގަވައިދުން ކަސްރަތުކޮށް، ބަރު އުފުލާ މަންޒަރު އޭނާގެ ސޯޝަލް މީޑިއާގެ އެކައުންޓުތަކުން ފެނެ އެވެ. ބަލާ ބެލުމަށް އެއްވެސް މައްސަލައެއް އުޅޭކަމެއް ނޭނގެ އެވެ. އެހާ ވެސް ފިޓެވެ. އެކަމަކު، މީގެ ދެ އަހަރެއްހާ ދުވަސްކުރިން، މަރިޔަމް ޒުބެއިރު، ނުވަތަ އާންމުން ދަންނަ ނަމުން ނަމަ މަންދީ އަށް ދިމާވި ކުއްލި ހާދިސާ އަކަށް ފަހު ދިރިއުޅުން ވަނީ މުޅިން ބަދަލުވެފަ އެވެ. ޕެލެޓެއްގެ މަތިން ހިނގާފައި ދަނިކޮށް ވެއްޓި، އޭނާގެ މިހާރުގެ ދިރިއުޅުން އޮތީ ވޭނެއްގަ އެވެ.
ކޮވިޑާ ހެދި އިއުލާންކުރި އެންމެ ފުރަތަމަ ލޮކްޑައުންގެ ތެރޭގައި ޖޫން، 2020 ގައި އޭނާ ބޭރަށް ނުކުތީ ވެސް ބައްޕައަށް ބޭނުންވާ ބޭހެއް ގަންނާށެވެ. ގަލޮޅު ސަހަރާ ކައިރިން ލޮނުޒިޔާރަތް މަގުގައި ހުރި ފިހާރައަކަށް ވަންނަން އެ ސަރަހައްދު ވަށާ ސައިކަލު ދުއްވައިގެން ވެސް ޕޭވްމަންޓަށް އަރާނެ ޖާގައެއް ނުފެނުނެވެ. އެހެންވެ، އެ ވަގުތަށް އެންމެ ރަނގަޅު ގޮތް ކަމަށް މަންދީ އަށް ގަބޫލުކުރެވުނީ ފިހާރަ ކައިރިން މަގުމަތީގައި ބާއްވާފައި އޮތް ނޫ ކުލައިގެ ވަރުގަދަ ޕެލެޓު މައްޗަށް އަރައި ހުރަސްކުރުމެވެ.
އެކަމަކު، ޕެލެޓު މައްޗަށް އެރުމާ އެކު އެ ފަޅައިގެން ގޮސް އޭނާގެ ވާތު އަތް، ގައި ދަށުވެ، އަތް ޖެހުނު ގޮތުން އެ އަތުގެ ހުޅު ނެއްޓުނީ އެވެ. ބުނާ ބުނުމަށް ކިތަންމެ އާދައިގެ ކަމެއްހެން ހީވިއަސް، ފާއިތުވި ދެ އަހަރު އޭނާ އެ ހޭދަކުރީ އެންމެ އަސާސީ ކަންކަން ވެސް ނުކުރެވޭ ވަރުގަ އެވެ.
އެ ރޭ ޕެލެޓުން ވެއްޓުމުން އޭޑީކޭ ހޮސްޕިޓަލުގެ އިމަޖެންސީ އަށް ގެންގޮސްފައި އަތުގެ ހުޅު އެޅުވި އެވެ. އޭގެ ފަހުން، އެކްސްރޭ ނެގުމުގެ ތެރޭގައި ވެސް އަތުގެ ހުޅު ނެއްޓުނެވެ. ދެ ވަނަ ފަހަރަށް ހުޅު އަޅުވައި، އަތުގައި ޕްލާސްޓަރު އަޅައިގެން 21 ދުވަސް ފަހުން އެ ހޮސްޕިޓަލްގެ ކަށީގެ ޑޮކްޓަރު، ޑރ. މުހައްމަދު މިޝްވާރަށް ދެއްކުމުން ލަފާ ދިނީ ވީހާ ވެސް އަވަހަކަށް ރާއްޖެއިން ބޭރަށް ދާށެވެ.
"އެމްއާރުއައި ބަލާފައި ބުނީ މި ރަނގަޅެއް ނުވާނެ ނޫންހޭ، ވަގުތުން ފުރާށޭ، ރާއްޖެއަކު ވެސް ނުހުރޭ އެލްބޯ ސާޖަންއެއް. މިހާރު ފުރާށޯ. އެއީ ވެސް ލޮކްޑައުން ދުވަސްކޮޅު. އޭރު ވަރަށް އުނދަގުލެއްނު ދަތުރުކުރަން. ބުނިން ނޫނެކޭ، އޭޑީކޭގައި ސާޖަރީ ހަދައިދޭށޭ. ބުނީމަ ވެސް ބުނީ ރާއްޖޭގައި ނުހުރެއޭ އެލްބޯ ސާޖަންއެއް، ހާއްސަވެފައި ހުރި މީހެއް ވެސް ނެތޭ،" މަންދީ ބުންޏެވެ.
ކޮވިޑުގެ ސަބަބުން ދަތުރުކުރުމުގައި އަޅާފައި ހުރި ފިޔަވަޅުތަކާ ހެދި އޭނާއަށް އިންޑިއާއަށް ދެވޭ ވަރުވީ ނޮވެމްބަރު، 2020 ގަ އެވެ. އެކަމަކު، އިންޖެކްޝަނެއް ޖަހައިދިނުމަށް ފަހު ސާޖަރީ ނުހަދާ އެ ފަހަރު ފޮނުވާލީ އެވެ. ގަންގާ ހޮސްޕިޓަލުން ފަރުވާ ދިން ޑޮކްޓަރުން ވެސް ލަފާ ދިނީ އަތަށް ލިބުނު ގެއްލުމަށް މި ވަގުތަށް އޮތް އެންމެ ރަނގަޅު ފަރުވާއަކީ ފިޒިއޮތެރަޕީ ހެދުން ކަމަށެވެ.
މަންދީ، އަތަށް ލިބުނު ގެއްލުމަށް ހޮސްޕިޓަލްގައި ފަރުވާ ހޯދަނީ.
"އަނެއްކާ ރާއްޖެ އައިސް މި އޮންނަނީ. ނިދާފައި އޮންނައިރު ވެސް ހުޅު ނެއްޓޭހެން ހީވަނީ. ވަރަށް ކުދި ކުދި ކަންތައްތައް ކޮށްލީމަ ހީވަނީ މި. ބޮލުގައި ފުނާ އަޅާލަން ނޫނީ ނޭނގި ބޮލުގައި އަތް ލުން، މި ކަންތައްތައް ކޮށްލާއިރު އިނގޭނެ ހަމަ ހުޅު އެހެން ތަނެއްގައި އެޅުވޭކަން. ވަރަށް އުނދަގޫ. އެހެން ހަމަ އެޅުވޭ އެހެން ތާކު. ދެން ސީދާ ނުވާނެ،" އޭނާ ބުންޏެވެ.
"ފިޒިއޯ ހެދީމަ ވެސް ސީދަލެއް ނުވޭ. ކޮންމެ ދުވަހަކު އަތުގެ ހުޅު ސީދާ ކުރާއިރު ވަރަށް ތަދުވޭ. ރޮމުން ރޮމުން އުޅުނީ އޭރު. ކޮންމެ ދުވަހަކު އަތް ސީދާ ކުރަންޖެހޭ. އެހެން ގޮސް ފިޒިއޯ އަށް ބޮޑު ހަރަދެއް ކޮށްފިން."
އެ އަތުގެ ކާޑިއެކްގެ އެއްކޮޅު ނެއްޓި، ދެ ފަރާތުން ވެސް އޮންނަނީ ވީދިފަ އެވެ. އަތަށް އުނދަގޫވެ، ކެތްނުކުރެވޭ ހިސާބަށް ދިއުމުން މި މަހު ވެސް އިންޑިއާ އަށް ގޮސް އޮޕަރޭޝަން ކުރެވޭތޯ މަސައްކަތްކުރި އެވެ. އެކަމަކު، އޮޕަރޭޝަން ކުރަން އެންމެ ރަނގަޅު ވަގުތު ހިނގައްޖެ ކަމަށް ބުނެ އެކަމެއް ނުކޮށްދިނެވެ.
"ބުނީ މިހާރު ވަގުތު ފާއިތުވެއްޖެއޭ ތިއެއް ދެން ރަނގަޅެއް ނުކުރެވޭނެއޭ. ދެން ޖެހޭނީ ފިޒިއޮ ހަދާލައިގެން އަމިއްލައަށް އެލްބޯގައި ހުރި މަސްތަކުގައި ބާރު ޖައްސަން މަސައްކަތްކުރުމޭ. އަބަދު އަބަދު ފިޒިއޮ ހަދާށޭ، އިތުރު ޗޮއިސް އެއް ނެތޭ. ސާޖަރީ ހަދައިފިއްޔާ ވެސް ބުނީ އަތުގެ ރޭމްޖު ގެއްލިދާނެއޭ. ސާޖަރީ ހެދިއްޔާ ވެސް ނެތޯ އެއްވެސް ފައިދާއެއް. ނުކުރެވޭނެތާ ދެން،" މަންދީ ބުންޏެވެ.
އޭނާ ބުނީ މި މަހުގެ ކުރީކޮޅު ކިމްސް ހޮސްޕިޓަލަށް ދިއުމުން އޮޕަރޭޝަން ކޮށްގެން އަތުގެ ހުޅު ރަނގަޅުކުރެވިދާނެ ކަމަށް ބުނި ކަމަށެވެ. އެކަމަކު، އޭރުން އަތް ސްޓިފް ވުން ނުވަތަ އަތް ހަރުވުމުގެ މައްސަލަ ދިމާވެދާނެ ކަމަށް ޑޮކްޓަރުން ބުނުމުން، އިތުރު އުނދަގުލަކަށް ނުދިއުމަށް މަންދީ ނިންމީ އޮޕަރޭޝަން ނުކުރާށެވެ.
އަތަށް އަނިޔާ ވުމުގެ ކުރިން، މަންދީ ޖިމްގައި ކަސްރަތުކުރަނީ-- ފައިލް ފޮޓޯ: މިހާރު
"އޭރުން މިހާރު ބައެއް ކަންކަން ނުކުރެވުނަސް އެގޮތަށް ބެހެއްޓުން ރަނގަޅު ކަމަށް ޑޮކްޓަރުން ބުނީ،" އޭނާ ތަފްސީލުކޮށްދިނެވެ.
މަންދީ ބުނީ އަތުގެ ހުޅު ނެއްޓިއްޖެނަމަ ދެން ޖެހެނީ މަޑުމަޑުން ބައިސެޕް ކާލް ކަހަލަ ކަސްރަތުން އަތް ރަނގަޅު ކުރަން ކަމަށެވެ. ޖިމްގައި ވެސް އޭނާގެ އެންމެ ބޮޑު ސަމާލުކަމެއް މިހާރު ދެނީ އަތުގެ މަސްތައް ވަރުގަދަކުރާށެވެ.
"ދުވާލަކު މިހެން 4-5 ފަހަރު މިހެންވޭ. އަދި އަމުދުން ޖިމް އަށް ނުދެވެންޏާ ވަރަށް ގޯސް ވާނެ. މި ދޭތެރެއިން ވަރަށް ގޯސްވެގެން މި ދިޔައީ ފުރައިގެން އަނެއްކާ."
"ވަށައިގެން ހުރި މަސްތަކުގައި ބާރު ޖެއްސީމަ ކުރެވޭ ވަރެއް ވާނެއޭ. ދެން ހުންނަންށޭ ޖެހޭނީ. އެއީ ވާތް. އެލްބޯގެ ކާޓިލެޖް ވީދިފައި އިންނާތީ އެ އިންނަން ޖެހޭ ދިމާލުގައި ހަރެއް ނުލޭ. ވަކި ގޮތަކަށް އަތް ހެދޭއިރަށް، އިންނަ ޕޮޒިޝަނުން ކައްސާލަނީ."
މަންދީ، ބޭންޑެއްގެ އެހީގައި ކަސްރަތުކުރަނީ. ބޭންޑާ ނުލައި ކަސްރަތުކުރަން އުނދަގޫކަމަށް ބުނި.
އޭނާ ބުނީ އަތުގައި ބާރު ނުހުންނާތީ ބުނަން ނޭނގޭ ކަހަލަ ކުދި ކުދި ކަންކަން ވެސް ނުކުރެވޭ ކަމަށެވެ. މިސާލަކަށް، އެނދުގައި އޮވެފައި ބޮލުގައި އަތް ނުލެވުމާއި ނިދަން އޮންނައިރު އަތަށް ހެދޭ ގޮތަކުން، ނިދާފައި އޮންނައިރު ހުޅު ނެއްޓިދާނެ ކަމަށް މަންދީ ބުންޏެވެ. މީގެ ކުރިން ބަރާބަރަށް ޑައިވިންނަށް ގޮސް އުޅުނަސް، މިހާރު އެކަމެއް ނުކުރެ އެވެ. އަތް ހަރަކާތް ކުރާ ގޮތުން އެހެން ދިމާލެއްގައި ހުޅު އެޅުވޭހެން ހީވާނަމަ މަންދީއަށް ޖެހޭނީ ހޭލައިގެން، ކަނާތުން އެ އަތް މަޑުމަޑުން ސީދާކުރަމުން ސީދާ ކުރާށެވެ.
ކަސްރަތުކުރާއިރު ވެސް ކުރަންޖެހޭ ވަކި ގޮތަކަށެވެ. ގަޔާ ދުރަށް އަތް ގެންގޮސްފިނަމަ ޑިސްލޮކޭޓްވާނެ އެވެ.
"ބައެއް މީހުން އަތުގެ ވާހަކަ ބުނީމަ ބުނޭ ޖިމަށް ތި ދަނީ ނޫންހޭ، ހާދަ ބަރުކޮށޭ ތި ނަގަނީ، 80 ކިލޯ ނަގައިފިއޭ. އެކަމަކު ތިރިން އެއްޗެހި ނަގާކަށް އުނދަގުލެއް ނޫން. ތިރިން ނެގޭނެ ބަރުކޮށް ވެސް އެކަމަކު ކުރީގައި ހުރި ބާރެއް ނުހުރޭ. އެކަމަކު މައްޗަކަށް ނުނެގޭ،" މަންދީ ބުންޏެވެ.
"ކުރީގައި ވަރަށް ބަރުކޮށް ވެސް ނަގަން މައްޗަށް، މިހާރު 3-4 ކިލޯ މައްޗަށް ނަގަން އަތް ސީދާކޮށްލިއަސް ބިރުން ހުންނަން ޖެހެނީ، ނުވެސް ނެގޭނެ، އަތުގައި ބާރެއް ވެސް ނުހުންނާނެ. ކޮނޑު މަތީގައި އެއްޗެއް ބައިންދާފައި ތިރިވެލާފައި އެ އެއްޗެއް ބައިންދާފައި ވެސް އަތް ސީދަލެއް ނުވޭ. އަތް ބަލާފައި ވެސް މީހުންނަކަށް ނޭނގޭނެ ކަމެއް ވެފައި ކަމެއް. އެކަމަކު މި ދިޔައިތާ މިކަން މުޅި އުމުރަށް. ހަމަ ނުކުޅެދޭ ކަހަލަ ގޮތަކަށް އުޅެން ޖެހޭނީ."
މީގެ ކުރިން ސިއްހީ އެއްވެސް މައްސަލައެއް ދިމާނުވާ މަންދީއަށް މިހާރު ޗުއްޓީ އަށް މާލެއިން ބޭރަށް ގޮސްފައި ނުވަތަ ހަފުތާއެއް ވަންދެން ކަސްރަތުނުކޮށް ހުރެއްޖެނަމަ ވެސް އަތުގެ ރިހުން ބޮޑުވެ އެވެ. އެހެންވެ، އޭނާ އެދެނީ އިތުރު ބަޔަކަށް އެ އުނދަގޫ ޖެހުމުގެ ކުރިން މަގުމަތީގައި ހުރި ޕެލެޓުތައް ނެގުމަށެވެ.
"3،000ގެ އާބާދީއަކަށް ތިން ކައުންސިލަރުން ފުދޭ"
މާލޭ މޭޔަރު ހޮވުމުގެ އިންތިހާބު ޖެނުއަރީ 13 ގައި
ސިޓީ ކައުންސިލްގެ ޖަލްސާ ނުބޭއްވި މަސައްކަތް ހުއްޓިފައި
ސިޓީ ކައުންސިލްގެ ދެ މެންބަރަކު އިސްތިއުފާ ދީފި
މާލެ ސިޓީ ކައުންސިލްގައި 13 ކޮންސަލްޓެންޓުން
"ކައުންސިލް މުވައްޒަފުންގެ ބޯނަހަށް ސަރުކާރު ދެކޮޅު"
މިސްކިތްތައް މަރާމާތުކުރުމުގެ މަސައްކަތް ރޯދައަށް ނިމޭނެ
ހުޅުމާލޭގައި ނައިޓް މާކެޓް ބާއްވަން ހުއްދަ ދޫކުރަނީ
"ޓްރާންސްފޯމަރު ބަހައްޓަން ކައުންސިލުން ބިން ނުދޭ"
މާލޭގެ މަގުތައް ހަލާކުވެ، ޝަކުވާ ބޮޑުވެފައި!