އެމެރިކާގެ ގައުމީ ސަލާމަތަށް ނުރައްކާތަކެއް ކުރިމަތިވުމުގެ ފުރުސަތު ބޮޑު ކަމަށް ބުނެ، ޗައިނާގެ ކުންފުނިތަކުގައި އުފައްދާ މުވާސަލާތީ އާލާތްތަކާއި އެ ފަދަ އާލާތްތަކުގައި ބޭނުންކުރާ ސާމާނުތައް ގަތުން އެމެރިކާ އިން ހުއްޓާލައިފި އެވެ.
އެމެރިކާގެ ގައުމީ ސަލާމަތަށް ނުރައްކާތަކެއް ކުރިމަތިވުމުގެ ފުރުސަތު ބޮޑު ކަމަށް ބުނެ، ޗައިނާގެ ކުންފުނިތަކުގައި އުފައްދާ މުވާސަލާތީ އާލާތްތަކާއި އެ ފަދަ އާލާތްތަކުގައި ބޭނުންކުރާ ސާމާނުތައް ގަތުން އެމެރިކާ އިން ހުއްޓާލައިފި އެވެ.
އެމެރިކާގެ ފެޑެރަލް ކޮމިޔުނިކޭޝަންސް ކޮމިޝަނުން މިދިޔަ ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން، ޗައިނާގެ ވާވޭ ޓެކްނޮލޮޖީޒް ކުންފުންޏާއި ޒެޑްޓީއީ ކުންފުނީގެ އުފެއްދުންތައް އެމެރިކާ އަށް އެތެރެ ކުރުމާއި އެމެރިކާގައި ވިއްކުން މިހާރު ވަނީ މަނާކޮށްފަ އެވެ. އޭގެ އިތުރުން ސަވައިލެންސް އާލާތްތައް އުފައްދާ ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޑަހުއާ ޓެކްނޮލޮޖީ އާއި ވީޑިއޯ ސަވައިލެންސް ކުންފުނި ހަންގްޒޫ ހިކްވިޝަން ޑިޖިޓަލް ޓެކްނޮލޮޖީ އާއި މުވާސަލާތީ ސާމާނު އުފައްދާ ކުންފުނި ހައިޓޭރާ ކޮމިޔުނިކޭޝަންސްގެ އުފެއްދުންތައް ވެސް އެމެރިކާ އަށް އެތެރެ ކުރުމާއި ވިއްކުން ވަނީ މަނާކޮށްފަ އެވެ.
އެމެރިކާ ސަރުކާރުގެ ކަންކަމަށް ފާރަލުމަށް ނުވަތަ ޖާސޫސްކޮށްފާނެ ކަމުގެ ބިރަށްޓަކައި، އެ ކުންފުނިތަކުގެ އުފެއްދުންތައް އެމެރިކާގައި ބޭނުންކުރުމާއި ވިއްކުން އަދި އެތެރެކުރުން މި މަނާކުރީ، ތައިވާންގެ މައްސަލައިގައި ދެ ގައުމުގެ ދެމެދުގައި ވަރަށް ބޮޑަށް ގުޅުން ގޯސްވެފައިވަނިކޮށެވެ.
އެމެރިކާގެ ފެޑެރަލް ކޮމިޔުނިކޭޝަންސް ކޮމިޝަނުން ބުނި ގޮތުގައި އެ ފިޔަވަޅު އަޅަން ޖެހުނީ، މުވާސަލާތީ އާލާތްތަކުގެ ޒަރީއާއިން އެމެރިކާގެ ގައުމީ ސަލާމަތަށް ކުރިމަތިވެދާނެ ނުރައްކާތަކަކުން އެމެރިކާ ރައްޔިތުން ސަލާމަތް ކުރުމުގެ ގޮތުންނެވެ. އެމެރިކާ އިން ފިޔަވަޅު އެޅި ކުންފުނިތަކުގެ ތެރެއިން ހިކްވިޝަން ފިޔަވައި އެހެން ކުންފުންޏަކުން، އެމެރިކާ ސަރުކާގެ މި ނިންމުމާ މެދު މިހާތަނަށް ވަކި އެއްޗެއް ނުބުނެ އެވެ.
ހިކްވިޝަން އިން ބުނީ އެ ކުންފުނީގެ އެއްވެސް އުފެއްދުމަކުން، އެމެރިކާގެ ގައުމީ މަސްލަހަތަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށެވެ. އެ ކުންފުނިން ބުނީ އެމެރިކާ ސަރުކާރުގެ އެ ނިންމުމަކީ އެމެރިކާގެ ގައުމީ މަސްލަހަތު ހިމާޔަތްކުރުމާ ގުޅިފައިވާ ނިންމުމެއް ނޫން ކަމަށެވެ.
އޭގެ ބަދަލުގައި އެ ނިންމުމަކީ، އެމެރިކާގެ ކުދި ވިޔަފާރިތަކަށާއި ލޯކަލް އިދާރާތަކަށާއި ސްކޫލްތަކާއި އެފަދަ ވަސީލަތްތައް ބޭނުންކުރާ ވަކިވަކި ފަރުދުން އެބައިމީހުންގެ އަމިއްލަ ގެދޮރާއި ވިޔަފާރިތަކާއި މުދާތައް ހިމާޔަތް ކުރުމަށް ކުރާ މަސައްކަތަށް ގެއްލުން ދިނުމަށް އެޅި ފިޔަވަޅުތަކެއް ކަމަށް އެ ކުންފުނިން ބުންޏެވެ. އެމެރިކާ ސަރުކާރުން އެ ފިޔަވަޅު އެޅި ނަމަވެސް، އެމެރިކާގެ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން، އެ ކުންފުނީގެ ޚިދުމަތްތައް އެމެރިކާގައި ކުރިއަށް ގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ޗައިނާގެ އާ ސްމާޓް ފޯނުގެ ހަގީގަތް އެމެރިކާ ހޯދަނީ
ޝޯމީގެ އަމާޒަކީ ފޯނު ވިޔަފާރީގެ ކުރި އަތުލުން
ވާވޭގެ 5ޖީ ރުމޭނިއާގައި ގާނޫނީ ގޮތުން މަނާ
ވާވޭގެ އަމިއްލަ އޯއެސް އަންނަ މަހުގެ 2 ގައި ދޫކުރަނީ
އިންޑިއާގެ 5ޖީ ނެޓްވޯކަށް ވާވޭ އާއި ޒީޓީއީ ނުވެއްދި
ބައިޑެންގެ ސަރުކާރަށް އުންމީދު ބޮޑު: ވާވޭގެ ސީއީއޯ
ވާވޭގެ 5ޖީ އާ މެދު ޔޫކޭން އަލުން ވިސްނަން ގޮވާލައިފި
ވާވޭއާ އެކު ކުއަލްކޮމަށް އަލުން ވިޔަފާރި ކުރެވޭނެ
ވާވޭގެ އޯއެސް އަންނަ އަހަރު ސްމާޓްފޯނުތަކަށް
ވާވޭ އަށް އެމެރިކާގެ އިތުރު ތުހުމަތެއް