ޗައިނާގެ ފޯނު ކުންފުނި ވާވޭގެ މައްޗަށް ކުރިން ވެސް ތުހުމަތުތަކެއްކޮށް ބްލެކްލިސްޓަށް ވެސް އެރުވުމަށް ފަހު އެމެރިކާ އިން އަނެއްކާ ވެސް ވާވޭ އަށް އިތުރު ތުހުމަތަކެއްކޮށްފި އެވެ.
26 ޖޫން 2020
ޗައިނާގެ ފޯނު ކުންފުނި ވާވޭގެ މައްޗަށް ކުރިން ވެސް ތުހުމަތުތަކެއްކޮށް ބްލެކްލިސްޓަށް ވެސް އެރުވުމަށް ފަހު އެމެރިކާ އިން އަނެއްކާ ވެސް ވާވޭ އަށް އިތުރު ތުހުމަތަކެއްކޮށްފި އެވެ.
އެމެރިކާގެ ޑިފެންސް ޑިޕާޓްމަންޓް ޕެންޓަގަނުން ބުނި ގޮތުގައި ވާވޭ އަކީ ސީދާ ޗައިނާގެ އަސްކަރިއްޔާގެ ދަށުން ހިންގާ ނުވަތަ އެތަނުން ވާގިދީގެން ހިންގާ ކުންފުންޏެކެވެ. މި ތުހުމަތުކޮށްފައި ވަނީ 5ޖީ ނެޓްވޯކް ބިނާކުރުމުގައި އެމެރިކާ އިން ދާދި ފަހުން ލުއެއް ދޭން ނިންމާފައި ވަނިކޮށެވެ.
ވާވޭއާ އެކު އެމެރިކާ އިން ވަނީ ޗައިނާގެ އިތުރު ބޮޑު 20 ކުންފުންޏަކަށް އެ ތުހުމަތުކޮށްފަ އެވެ. އޭގެ ތެރޭގައި ވީޑިއޯ ސަވިލެންސް ކުންފުނި ހިކްވިޝަނާއި ޗައިނާ ޓެލެކޮމާއި ޗައިނާ މޮބައިލްގެ އިތުރުން އޭވިއޭޝަން އިންޑަސްޓްރީ ކޯޕަރޭޝަން އޮފް ޗައިނާ (އެވިކް) ހިމެނެ އެވެ. އެމެރިކާ އިން ބުނާ ގޮތުގައި އެ ކުންފުނިތަކުން ޗައިނާގެ އަސްކަރިއްޔާ އަށް އެކި ބާވަތުގެ ޓެކްނޮލޮޖީ ފޯރުކޮށްދީ، ގައުމުތަކުގެ ސަލާމަތަށް ނުރައްކާކުރަން އެހީތެރިވެ އެވެ.
ޗައިނާގެ ކުންފުނިތަކަށް މިފަދަ ތުހުމަތުތަކެއް ކުރުމަށް ފަހު، އެމެރިކާ އިން ވަނީ ދުނިޔޭގެ އެހެން ގައުމުތަކުން ވެސް ވާވޭ އާއި ޗައިނާގެ ކުންފުނިތަކަށް ފިޔަވަޅު އަޅަން ގޮވާލައިފަ އެވެ. އޭގެ ތެރޭގައި އިނގިރޭސިވިލާތް ހިމެނެ އެވެ.
މިދިޔަ އަހަރު އެމެރިކާ އިން ވަނީ މިފަދަ ތުހުމަތުތަކެއް ޗައިނާގެ ބައިޓްޑާންސުން ހިންގާ މަޝްހޫރު ސޯޝަލް އެޕް ޓިކްޓޮކަށް ވެސް ކޮށްފަ އެވެ. އަދި މި މައްސަލާގައި އެ ކުންފުނީގެ ވެރިންތަކެއް ގާނޫނު ހަދާ މަޖިލީހުގެ ސަލާމަތީ ކޮމިޓީ އަށް ހާޒިރުކޮށް ސުވާލުކުރަން އުޅުމުން އެކަމަށް އެކަށީގެންވާ އެއްބާރުލުމެއް ވެސް ދީފައި ނުވާ ކަމަށް ބުންޏެވެ.
އެކަމަކު މި މަހުގެ 1 އިން ފެށިގެން ބައިޓްޑާންސްގެ ސީއޯއޯގެ މަގާމާއި ޓިކްޓޮކްގެ ސީއީއޯގެ މަގާމާ އެމެރިކާގެ ރައްޔިތެއް ކަމަށްވާ ކޭވިން މޭޔާ ހަވާލުވުމާ ގުޅިގެން އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ރިޕަބްލިކަން ޕާޓީގެ މެމްބަރުތަކެއް ވަނީ ޓިކްޓޮކް ޖަވާބުދާރީކުރުވަން އަލުން މަސައްކަތް ފަށާނެ ކަމަށް ވިދާޅުވެފަ އެވެ.
ޗައިނާގެ މުވާސަލާތީ ސާމާނު ގަތުން އެމެރިކާ ހުއްޓާލަނީ
ޝޯމީގެ އަމާޒަކީ ފޯނު ވިޔަފާރީގެ ކުރި އަތުލުން
ވާވޭގެ 5ޖީ ރުމޭނިއާގައި ގާނޫނީ ގޮތުން މަނާ
ވާވޭގެ އަމިއްލަ އޯއެސް އަންނަ މަހުގެ 2 ގައި ދޫކުރަނީ
އިންޑިއާގެ 5ޖީ ނެޓްވޯކަށް ވާވޭ އާއި ޒީޓީއީ ނުވެއްދި
ބައިޑެންގެ ސަރުކާރަށް އުންމީދު ބޮޑު: ވާވޭގެ ސީއީއޯ
ވާވޭގެ 5ޖީ އާ މެދު ޔޫކޭން އަލުން ވިސްނަން ގޮވާލައިފި
ވާވޭއާ އެކު ކުއަލްކޮމަށް އަލުން ވިޔަފާރި ކުރެވޭނެ
ވާވޭގެ އޯއެސް އަންނަ އަހަރު ސްމާޓްފޯނުތަކަށް
އެމެރިކާ އިން ވާވޭ އަށް ކުޑަ ލުޔެއް