Roadha Mihaaru

ލަންކާގެ ސަފީރަކަށް އަލީ ފާއިޒް އައްޔަންކުރަން މަޖިލީހުން ރުހުން ދީފި

ރާއްޖެއިން ސްރީ ލަންކާއަށް ކަނޑައަޅުއްވާ ސަފީރުކަމުގެ މަގާމަށް ޕޮލިސް ބޯޑުގެ ރައީސް، އަލީ ފާއިޒު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދު ރުހުން ދީފި އެވެ.

ލަންކާގެ ސަފީރަކަށް ފާއިޒް އައްޔަންކުރަން ރުހުން ދީފި
އިފްރާޒް އަލީ
އިފްރާޒް އަލީ

28 ނޮވެމްބަރ 2022

ރާއްޖެއިން ސްރީ ލަންކާއަށް ކަނޑައަޅުއްވާ ސަފީރުކަމުގެ މަގާމަށް ޕޮލިސް ބޯޑުގެ ރައީސް، އަލީ ފާއިޒު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދު ރުހުން ދީފި އެވެ.

މިއަދު ބޭއްވި މަޖިލީހުގެ މި ދައުރުގެ އެންމެ ފަހު ޖަލްސާގައި، ލަންކާގެ ސަފީރު ކަމަށް މއ. މަނާގެ، ފާއިޒު އައްޔަންކުރަން ރުހުން ދޭން ނިންމީ 62 މެމްބަރުންގެ ތާއިދާ އެކު އެވެ.

ލަންކާގެ ސަފީރަކަށް ފާއިޒު އައްޔަންކުރަން ފޮނުވީ، އެ ގައުމުގެ ސަފީރު ކަމުގެ މަގާމުގައި ކުރިން ހުންނެވި އޮމަރު އަބްދުއްރައްޒާގު، ރާއްޖެއިން ބެލްޖިއަމްއަށް ކަނޑައަޅާފައި ހުންނަ ސަފީރު ކަމަށާއި ރާއްޖެއިން ޔޫރަޕިއަން ޔޫނިއަނަށް ކަނޑައަޅާފައި ހުންނަ ސަފީރުކަމުގެ މަގާމަށް އައްޔަންކުރުމުންނެވެ.

ފާއިޒަކީ ފުލުހުންގެ ހިދުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ޕޮލިސް ބޯޑުގެ ރައީސެވެ. އޭނާ ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ރައީސް އޮފީހުގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމާއި މިފްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ވެސް އަދާކުރައްވައިފަ އެވެ.