ސްރީ ލަންކާގެ ރައީސް ގޮތަޔަބާ ރާޖަޕަކްސަ ސިއްރިއްޔާތުގައި ރާއްޖެ ވަޑައިގަތުމުން ރާއްޖެ އިން އޭނާ އަށް ހިމާޔަތް ދިން މައްސަލަ ބަލަން މޯލްޑިވްސް ނޭޝަނަލް ޕާޓީ(އެމްއެންޕީ) އިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމައިފި އެވެ.
13 ޖުލައި 2022
ސްރީ ލަންކާގެ ރައީސް ގޮތަޔަބާ ރާޖަޕަކްސަ ސިއްރިއްޔާތުގައި ރާއްޖެ ވަޑައިގަތުމުން ރާއްޖެ އިން އޭނާ އަށް ހިމާޔަތް ދިން މައްސަލަ ބަލަން މޯލްޑިވްސް ނޭޝަނަލް ޕާޓީ(އެމްއެންޕީ) އިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމައިފި އެވެ.
ގޮތަބަޔާގެ ސަރުކާރާ ދެކޮޅަށް ލަންކާގައި ކުރަމުންދާ މުޒާހަރާތައް ހޫނުވެ، އާންމުން ރިޔާސީ ގަނޑުވަރަށް ވަދެގަތުމާ އެކު ގޮތަބަޔާ އާއި އޭނާގެ އާއިލާ ރޭ މެންދަމު ވަނީ އަސްކަރީ މަތިންދާބޯޓެއްގައި ރާއްޖެ ވަޑައިގެންފަ އެވެ. އެކަމާ ގުޅިގެން އާންމުންގެ ފާޑުކިޔުންތައް ދިވެހި ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ. ނަމަވެސް ދިވެހި ސަރުކާރު އޮތީ މި މައްސަލައިގައި ހިމޭނުންނެވެ. މި މައްސަލައާ ގުޅުން ހުރި، މި ސަރުކާރުގެ އެއްވެސް ވެރިއަކު މީޑިއާ އަށް ޖަވާބުދާރީއެއް ނުވެ އެވެ.
އެމްއެންޕީއިން މިއަދު ބުނީ ގޮތަބަޔާއަށް ހިމާޔަތް ދިނުމުގައި ދިވެހި ސަރުކާރުން އަމަލުކުރި ގޮތް ބެލުމަށް މަޖިލީހަށް ހުށަހަޅަން އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުން ނިންމާފައިވާ ކަމަށެވެ.
ގޮތަބަޔާއަށް ހިމާޔަތް ދިން މައްސަލާގައި ދިވެހި ސަރުކާރުން ވަކި އެއްޗެއް ނުބުންޏަސް ބޭރުގެ މީޑިއާތަކުން ބުނާގޮތުން ގޮތަބަޔާ ރާއްޖެ ވަޑައިގަތުމަށް ހުއްދަދިނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އެންގެވުމަކަށެވެ. އަދި ނަޝީދު ރޭ މެންދަމު އެއާޕޯޓަށް ވެސް ވަޑައިގަތެވެ.
ގޮތަބަޔާ އަށް ރާއްޖެ އިން ހިމާޔަތް ދީފައިވާއިރު، ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ ލަންކާގައި މިއަދުން ފެށިގެން އަނެއްކާވެސް ކުއްލި ނުރައްކަލުގެ ހާލަތު ވަނީ އިއުލާންކޮށްފަ އެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެއްވީ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އެވެ.
ގޮތަބަޔާ މިއަދު އިސްތިއުފާ ދެއްވާނެ ކަމަށް ކުރިން އިއުލާން ކުރެއްވިޔަސް، އޭނާ މިހާރު އިސްތިއުފާ ދެއްވާނެ ކަމަށް ނުބެލެވޭ ކަމަށް ބޭރުގެ މީޑިއާތަކުން ބުނެ އެވެ. އަދި ގޮތަބަޔާ ރާއްޖޭގައި ހުންނެވި ތަނެއް ވެސް އަދި ސާފެއް ނުވެ އެވެ.
ލަންކާއާއެކު ޓްރީޓީއަކަށް ދާން މަޖިލީހުން ރުހުންދީފި
ލަންކާއާ އެކު ޖިނާއީ ކަންކަމުގައި އެއްބާރުލުން ދެނީ
ލަންކާ ސަފީރު ކަމަށް މަސްއޫދު، މެލޭޝިއާ އަށް ޝަބީނާ
ލަންކާގެ ސަފީރަކަށް ފާއިޒް އައްޔަންކުރަން ރުހުން ދީފި
ލަންކާގެ ދިވެހި ސަފީރަކަށް އަލީ ފާއިޒު އައްޔަންކުރަނީ
ނަޝީދު ވަކިކުރުމުގެ މައްސަލަ ކޯޓުން ބަލައެއްނުގަތް
ނަޝީދު ވަކިކުރުމުގެ އަޑީގައި އޮތީ ސަރުކާރު: ހަސަން
ރާޖަޕަކްސަ އާއިލާއަށް ދިވެހި ސަރުކާރުތަކުން ދޭ ހިމާޔަތް
ރާއްޖެ އިން މީޑިއާއަށް ޖަވާބުދާރީވީ ގޯޓާބަޔާ ފުރުމުން!
ނަޝީދުގެ ޓްވީޓާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން!