Roadha Mihaaru

119 ކިލޯ ޑްރަގް މައްސަލަ: އެކަކު ދޫކޮށްލި މައްސަލަ ހައިކޯޓަށް

ރާއްޖެއަށް އެތެރެކުރި 119 ކިލޯގެ ޑްރަގް މައްސަލާގައި ދައުވާލިބޭ އަހުމަދު މުޖާހިދު ބަންދުން ދޫކޮށްލި މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.

119 ކިލޯ ޑްރަގް: އެކަކު ދޫކޮށްލުމުން ހައިކޯޓަށް
މުއިއްޒު އިބްރާހިމް
މުއިއްޒު އިބްރާހިމް

29 ނޮވެމްބަރ 2022

ރާއްޖެއަށް އެތެރެކުރި 119 ކިލޯގެ ޑްރަގް މައްސަލާގައި ދައުވާލިބޭ އަހުމަދު މުޖާހިދު ބަންދުން ދޫކޮށްލި މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މާލެ އާއި ހުޅުމާލޭގެ އެކި ތަންތަނުން އަތުލައިގަތް 119 ކިލޯގެ ޑްރަގް މައްސަލާގައި ދައުލަތުން ދައުވާކުރަނީ ގދ. ހޯޑެއްދޫ އަލޯރާ އަހުމަދު މުޖާހިދާއި އެރަށު ގުލޭނޫރަންމާގޭ އަލީ ޒުބައިރާއި އެރަށު އިރުމަތީގޭ އަހުމަދު ސުނައިނުގެ މައްޗަށެވެ.

އޭގެ ތެރެއިން ކްރިމިނަލް ކޯޓުން ދޫކޮށްލީ މުޖާހިދެވެ. މިދިޔަ ހަފުތާގައި އޭނާ ދޫކޮށްލީ އެ މައްސަލަ ބަލާ ސެކްޝަންގައި ފަނޑިޔާރަކު ނެތުމުން އެކަށީގެންވާ އަވަސް މިނެއްގައި މައްސަލަ ކުރިއަށް ނުދާތީ ކަމަށް ބުނެ އެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ މުޖާހިދު ދޫކޮށްލި މައްސަލަ އިސްތިއުނާފްކޮށްފައިވާ ކަމަށެވެ.

އެ މައްސަލާގައި ފަސް މީހަކު ހައްޔަރުކުރިޔަސް، ދައުލަތުން ދައުވާކުރަނީ ތިން މީހަކަށެވެ. އެ ތަކެތި އެތެރެކުރުމުގައި އިސްކޮށް ހަރަކާތްތެރިވަނީ މީގެކުރިން އެފަދަ މައްސަލައެއްގައި ހައްޔަރުކުރި އަރުޝަދު ޚާލިދު ކަމަށް ފުލުހުން ކުރިން ބުނެފައިވެ އެވެ. އެކަމަކު އޭނާގެ މައްޗަށް އެ މައްސަލާގައި ދައުވާއެއް ނުކުރެ އެވެ.