30 ނޮވެމްބަރ 2022
ރާއްޖޭގައި އެންމެ ކުރިއަރާފައިވާ 100 ކުންފުންޏަކަށް "ގޯލްޑް 100" އެވޯޑް ރޭ ދީފި އެވެ.
ރާއްޖޭގައި އެންމެ ކުރިއަރާފައިވާ 100 ކުންފުންޏަކަށް "ގޯލްޑް 100" އެވޯޑް ރޭ ދީފި އެވެ.
މިއީ އެ އެވޯޑް ދިން ހަވަނަ ފަހަރެވެ.
ރާއްޖޭގައި ފާހަގަކޮށްލެވޭ 100 ކުންފުންޏަކަށް ދޭ އެ އެވޯޑް މި އަހަރު ވެސް ބޭންކް އޮފް މޯލްޑިވްސް އާއި އުރީދު އާއި ދިރާގާއި އެލައިޑް އިންޝުއަރެންސާއި އޭޑީކޭ ގްރޫޕާއި ލިންކް ސާވިސް ފަދަ މަޝްހޫރު ބައެއް ބޮޑެތި ކުންފުނިތައް ލިބުނެވެ.
ކްރޮސް ރޯޑްސްގައި ބޭއްވި އެ އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމު ވިދާޅުވީ، ރާއްޖޭގެ އިގްތިސާދު ކުރިއަރުވައި ފުޅާކުރަން އަމިއްލަ ފަރާތްތަކުގެ ދައުރު ބޮޑު ކަމަށެވެ. ކޮވިޑްގެ ހާލަތުން އަރައިގަތުމަށް ވެސް ޕްރައިވެޓް ސެކްޓަރުގެ މުހިއްމު މަސައްކަތްތައް އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.
ގޯލްޑް 100 އެވޯޑު ބީއެމްއެލްއަށް ހަވާލުކުރަނީ--ފޮޓޯ:ފަޔާޒް މޫސާ/މިހާރު
ނައިބު ރައީސް ވިދާޅުވިގޮތުގައި، ރާއްޖޭގެ އިގްތިސާދު ބިނާވެފައިވާ ޓޫރިޒަމް ދާއިރާއަކީ އަމިއްލަ ފަރާތްތަކުގެ މަސައްކަތެވެ. އެ މަނިކުފާނު ވިދާޅުވީ، ޓޫރިޒަމް ދާއިރާއެކޭ އެއްގޮތަށް އެހެން ދާއިރާތައް ވެސް ފުޅާކޮށް، އިތުރަށް ޑައިވާސިފައި ކުރަން ޖެހޭ ކަމަށެވެ.
"ސަރުކާރުގެ ވިސްނުމަކީ ވިޔަފާރިވެރިންނާއި ވިޔަފާރިކުރާ ފަރާތްތަކަށް ލުއި ފަސޭހަކަން ހޯދައި ދިނުން، ކޯވިޑް-19ގެ ހާލަތުގައި ވިޔަފާރިތަކަށް ސަރުކާރުން ފޯރުކޮށްދެއްވި މާލީ އެހީތަކުގެ މައްޗަށް،" ނައިބު ރައީސް ވިދާޅުވި އެވެ.
ގޯލްޑް 100 އެވޯޑް ލިބުނު މީހަކު، އެވޯޑްގެ ފޮޓޯއެއް ނަގަނީ--ފޮޓޯ:ފަޔާޒް މޫސާ/މިހާރު
ރޭ ބޭއްވި ރަސްމިއްޔާތުގައި ލައިފްޓައިމް އެޗީވްމަންޓް އެވޯޑު ލިބުނީ ދަމާސްގެ ޗެއާމަން މުހައްމަދު ސޯލިހު (ޑިމްސް ސޯލިހު) އަށެވެ.
ރާއްޖޭގެ އެންމެ ފާހަގަކޮށްލެވޭ، ކާމިޔާބު 100 ކުންފުނި ހިމަނައިގެން "ގޯލްޑް 100"ގެ ނަމުގައި ލިސްޓެއް އެކުލަވާލައި ހާއްސަ މަޖައްލާއެއް ވެސް ރޭ ނެރުނެވެ. "ގޯލްޑް 100" ގައި ހިމަނާނެ ކުންފުނިތައް ހޮވަނީ ކުރިމަތިލާ ފަރާތްތައް ސްކްރީން ކޮށްގެންނެވެ.
އައިކެއާ ސުކޫކުގެ އިންވެސްޓަރުންނަށް 3.4 މިލިއަން!
ކުންފުންޏާބެހޭ ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކޮށްފި
ކުންފުނިތަކުގެ ބިލަށް ބަދަލެއް ނުގެނެސް ފާސްކޮށްފި
ކުންފުނިތަކުގެ އިސްލާހުގެ މަސައްކަތްތައް ނިންމާލައިފި
ޑިރެކްޓަރުން އައްޔަންކުރާ މުއްދަތު ކުރުކުރަން އިސްލާހެއް
"ތަރައްގީކުރެވޭނީ ވިޔަފާރިތަކަށް ހުންގާނު ދީގެން"
އައިކެއާއިން 30 މިލިއަން ރުފިޔާގެ ސުކޫކެއް ވިއްކަނީ
އާ ގާނޫނުން ދެން އެކަކަށް ވެސް ކުންފުނި ހެދޭނެ
"ކުންފުނިތަކުގެ ޑިރެކްޓަރުން ކޯޓަށް ވަކި ކުރެވިދާނެ"
"ޓޮޕް 100" ކުންފުނީގެ ލިސްޓަށް ސްޓީލް ހާޑްވެއާ