އަލް ވަކްރާ (ނޮވެމްބަރު 30) - ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި 1-0 އިން ޑެންމާކް ބަލިކޮށް މިއަހަރުގެ ފީފާ ވޯލްޑް ކަޕް ގައި ދެ ވަނަ ބުރުން ދަތުރު ކުރި އޭޝިއާގެ ފުރަތަމަ ގައުމަކަށް އޮސްޓްރޭލިއާ ވެއްޖެ އެވެ.
30 ނޮވެމްބަރ 2022
އަލް ވަކްރާ (ނޮވެމްބަރު 30) - ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި 1-0 އިން ޑެންމާކް ބަލިކޮށް މިއަހަރުގެ ފީފާ ވޯލްޑް ކަޕް ގައި ދެ ވަނަ ބުރުން ދަތުރު ކުރި އޭޝިއާގެ ފުރަތަމަ ގައުމަކަށް އޮސްޓްރޭލިއާ ވެއްޖެ އެވެ.
މިއީ އޮސްޓްރޭލިއާ މުބާރާތުގެ ގަދަ 16 އަށް ދަތުރު ކުރި ދެ ވަނަ ފަހަރެވެ. އެންމެ ފަހުން ގަދަ 16 އަށް ދަތުރު ކުރީ 2006 ވަނަ އަހަރެވެ. އެ އަހަރު ގުރޫޕް ސްޓޭޖުގައި އޮސްޓްރޭލިއާ މޮޅުވީ އެންމެ މެޗަކުންނެވެ.
މި އަހަރުގެ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި ފްރާންސް އަތުން ބަލިވި ނަމަވެސް ފަހުން ކުޅުނު ދެ މެޗު ކާމިޔާބު ކޮށްގެން އޮސްޓްރޭލިއާ ދެ ވަނަ ބުރަށް ދަތުރު ކުރީ ގުރޫޕްގެ ދެ ވަނަ ޓީމުގެ ގޮތުގަ އެވެ.
އޮސްޓްރޭލިއާ އިން މެޗުގައި ޖެހި ހަމައެކަނި ގޯލު 60 ވަނަ މިނިޓުގައި ކާމިޔާބު ކޮށްދިނީ އެ ޓީމަށް ކުޅޭ އެންމެ ތަޖުރިބާކާރު އެއް ކުޅުންތެރިޔާ، ފޯވާޑް މެތިއު ލެކީ އެވެ. އޭނާ އަކީ އޮސްޓްރޭލިއާ ސްކޮޑުގައި ހިމެނޭ ކުޅުންތެރިންގެ ތެރެއިން އެޓީމަށް އެންމެ ގިނަ ގޯލު ޖަހައިދީފައިވާ ކުޅުންތެރިޔާ އެވެ.
އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް މިރޭ ކުޅުނު ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޓިއުނީޝީއާއާ ވާދަކޮށް ވަނީ 1-0 އިން ބަލި ވެފަ އެވެ.
މި ނަތީޖާއާ އެކު އޮސްޓްރޭލިއާ އާއި ފްރާންސް އަށް ވެސް ހަ ޕޮއިންޓް ވަނީ ލިބިފަ އެވެ. އެކަމަކު ފައިދާ ގޯލުން ކުރި ހޯދައި އެއް ވަނައިގައި ނިންމީ ފްރާންސް އެވެ.
މިރޭގެ މެޗުގެ ކުރިން ވެސް ދެވަނަ ބުރުގެ ޖާގަ ޔަގީން ކޮށްފައިވާ ފްރާންސް އިން މި މެޗަށް ނުކުތީ ގިނަ ބަދަލުތަކަކާ އެކު އެވެ. މުޅި މެޗުގައި ވެސް ޓިއުނީޝިއާ އިން އިތުބާރާ އެކު ޑިފެންސް ކޮށް، ރަނގަޅު ހަމަލާތަކެއް ވެސް އުފެއްދި އެވެ.
ޓިއުނީޝިއާގެ ހަމައެކަނި ލަނޑު މެޗުގެ 58 ވަނަ މިނިޓުގައި ޖަހައިދިނީ، ފްރާންސް ލީގުގެ މޮންޓްޕެލިއޭ އަށް ކުޅޭ ފޯވާޑް ވަހްބީ ޚަރްޒީ އެވެ.
މެޗުގައި އިތުރު ވަގުތުގެ އަށް މިނިޓު ދެއްކި އެވެ. އަދި އެންމެ ފަހު މިނިޓުގައި ބަދަލު ކުޅުންތެރިއެއް ގޮތުގައި ފަހު ކޮޅު އެރުވި އެންޓޮއިން ގްރީޒްމަން ލަނޑެއް ޖެހި އެވެ. ނަމަވެސް ދެ މިނިޓުގެ ވީއޭއާރު ރިވިއު އަކަށް ފަހު އެ ލަނޑު ބަލައި ނުގަތީ އޭނާ އޮފްސައިޑް ވެފައި ވާތީ އެވެ.
ދެ ވަނަ ބުރުގައި ފްރާންސް ބައްދަލުކުރާނީ ގުރޫޕް ސީ ގެ ދެ ވަނަ ޓީމާ ދެކޮޅަށެވެ. އަދި އޮސްޓްރޭލިއާ ވާދަކުރަން ޖެހޭނީ އެ ގުރޫޕްގެ އެއް ވަނަ ޓީމާ ދެކޮޅަށެވެ.
ގުރޫޕް ސީ ގެ ފަހު ދެ މެޗް މިރޭ 12 ޖަހާއިރު ކުޅޭނެ އެވެ. އާޖެންޓީނާ އާއި ޕޮލެންޑް ބައްދަލުކުރަން އޮތްއިރު، ދެން ކުޅޭ މެޗްގައި ބައްދަލުކުރާނީ ސައުދީ އަރަބިއްޔާ އާއި މެކްސިކޯ އެވެ.
ބަލިވުމުން ފްރާންސަށް ހަޖަމެއް ނުވި، މައްސަލަ ފީފާއަށް
ފްރާންސް ސަލާމަތްވެ، ކްރޮއޭޝިއާ ނޭޝަންސް ލީގު ސެމީއަށް
ފްރާންސް ކުޅުނު ތިންވަނަ މެޗުން ވެސް މޮޅެއް ނުވި
ފްރާންސްގެ ވޯލްޑް ކަޕް ތަރި ވަރާން ރިޓަޔާކޮށްފި
އިޓަލީން ފްރާންސް ބަލިކުރީ ނަފްސާނީގޮތުން ވަރުގަދަވެގެން
ފްރާންސްގެ ހާ ކަތިލުމަށް ފަހު ސްޕެއިން ފައިނަލަށް
ގިނަ މީހުން ބުނަނީ މިރޭ ސްޕެއިން މޮޅުވާނެ ކަމަށް
ފްރާންސް ސެމީއަށް، ރޮނާލްޑޯ ހުސްއަތާ ނިންމާލައިފި
ބެލްޖިއަމްގެ ބައި ގޯލަކުން ފްރާންސް ގަދަ އަށަކަށް
މުސިއާލާގެ ހިތްގައިމު ލަނޑަކާއެކު ޖަރުމަން ކުއާޓާއަށް