Roadha Mihaaru
ފްރާންސްގެ ގައުމީ ޓީމުގައި ރޯދަ ހިފުން މަނާކޮށްފި

ފްރާންސްގެ ގައުމީ ޓީމުގައި ރޯދަ ހިފުން މަނާކުރުމުން ޒުވާން ކުޅުންތެރިޔަކު ޓީމުން ވަކިވެއްޖެ

25 މާޗް 2024

ޕެރިސް (މާޗް 25) - ފްރާންސްގެ ގައުމީ ޓީމުތަކުގައި ކުޅުންތެރިން ހޭދަ ކުރާ ދުވަސްވަރު ރޯދަ ހިފުން މަނާ ކުރުމުން އެ ގައުމުގެ ޒުވާން ކުޅުންތެރިޔަކު ޓީމުން ވަކިވެއްޖެ އެވެ.

ޕެރިސް (މާޗް 25) - ފްރާންސްގެ ގައުމީ ޓީމުތަކުގައި ކުޅުންތެރިން ހޭދަ ކުރާ ދުވަސްވަރު ރޯދަ ހިފުން މަނާ ކުރުމުން އެ ގައުމުގެ ޒުވާން ކުޅުންތެރިޔަކު ޓީމުން ވަކިވެއްޖެ އެވެ.

ފްރާންސްގެ 19 އަހަރުންދަށުގެ ޓީމު ދޫކޮށްލީ ލިޔޯންގެ މިޑްފީްލްޑަރު މަހަމަދޫ ޑިއަވާރާ އެވެ.

މިހާރު ކުރިއަށްދާ އިންޓަނޭޝަނަލް ބްރޭކްގައި ފްރާންސްގެ 16 އަހަރުންދަށުގެ ޓީމުން ފެށިގެން ހުރިހާ ޓީމެއް ތިބީ އިންޓަނޭޝަނަލް ބްރޭކުގައި މެޗުތައް ކުޅެން ކޭމްޕްކޮށްގެންނެވެ. މި އަހަރުގެ ފުރަތަމަ އިންޓަނޭޝަނަލް ބްރޭކް މި އަހަރު މި ދިމާވީ ރަމަޟާން މަހާ އެވެ.

އެކަމަކު ވެސް ފްރާންސްގެ ފުޓްބޯޅަ ފެޑެރޭޝަނުން އަންގާފައި ވަނީ ގައުމީ ޓީމުގައި ހޭދަ ކުރާ ވަގުތު ރޯދަ ނުހިފުމަށެވެ. ޑިއަވާރާ ޓީމު ދޫކޮށްލި އިރު ކުޅުންތެރިންގެ އެޖެންޓަކު ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ފްރާންސްގެ މަދު ކުޅުންތެރިންތަކެއް ތަމްސީލުކުރާ އެޖެންޓަކު އީއެސްޕީއެން އަށް ބުނީ އެ ގައުމުގެ ފެޑެރޭޝަންގެ މި ނިންމުމާ މެދު ބައެއް ކުޅުންތެރިން ހިތްހަމަނުޖެހޭ ކަމަށެވެ.

"އެ ކުޅުންތެރިން ގަބޫލުކުރާ ގޮތުގައި އެމީހުންގެ ދީނަށް އިހްތިރާމް ނުކުރޭ އެމީހުންނަށް ވެސް އިހްތިރާމެއް ނުކުރޭ. މައްސަލަތަކެއް އުފައްދަން ބައެއް ކުޅުންތެރިން ބޭނުން ނުވި ނަމަވެސް މަހަމަދޫ އެކަމާ ހިތްހަމަ ނުޖެހިގެން އޭނާ ގައުމީ ޓީމުން ވަކިވީ،" އީއެސްޕީންއާ ވާހަކަ ދެއްކި އެޖެންޓް ބުންޏެވެ.

ފްރާންސްގެ ފެޑެރޭޝަންގެ ރައީސް ފިލިޕޭ ޑިއާލޯ ވަނީ އެ އިދާރާގެ ނިންމުން ދިފާއުކޮށްފަ އެވެ.

"އަޅުގަނޑު ޔަގީންކޮށް ދެން، ނިއުޓްރަލް އޮނިގަނޑުގެ ތެރޭގައި އަހަރެމެންގެ ސިލެކްޝަންތައް ވަރުގަދަކުރަން މަސައްކަތް ކުރަނީ. އޭގެ މާނައަކީ ދީނީ ސަބަބުތަކަށްޓަކައި އަޅުގަނޑުމެންގެ ސިލެކްޝަންތަކަށް އަމަލުކުރުމުގެ ޝަރުތުތަކަށް ބަދަލެއް ނުގެންނާނަމޭ،" މިދިޔަ ބުދަ ދުވަހު ދިން އިންޓަވިއުއެއްގައި ޑިއާލޯ ވިދާޅުވި އެވެ.