އެއް ފޮޓޯއިން ފެންނަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ދެ އަހަރުގެ ކުޑަ އަންހެން ކުއްޖަކު އުރާލައިގެން ހުންނެވި ފޮޓޯއެކެވެ. ދެން ފެންނަނީ، އެމްޑީޕީގެ ހިނގާލުމެއްގެ ތެރޭގައި އެ މަނިކުފާނުގެ ކޮނޑަށް އެ ކުއްޖާ އަރުވައިގެން ހުންނަވަނިކޮށް ނަގާފައިވާ ފޮޓޯއެކެވެ.
06 ޑިސެމްބަރ 2022
އެއް ފޮޓޯއިން ފެންނަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ދެ އަހަރުގެ ކުޑަ އަންހެން ކުއްޖަކު އުރާލައިގެން ހުންނެވި ފޮޓޯއެކެވެ. ދެން ފެންނަނީ، އެމްޑީޕީގެ ހިނގާލުމެއްގެ ތެރޭގައި އެ މަނިކުފާނުގެ ކޮނޑަށް އެ ކުއްޖާ އަރުވައިގެން ހުންނަވަނިކޮށް ނަގާފައިވާ ފޮޓޯއެކެވެ.
އޭގެ އަށް އަހަރު ފަހުން، ތާރާ ބިންތި ތަމްދީހު ނަޝީދުއާ ބައްދަލުކުރެވުނީ މިދިޔަ ހަފުތާ ބަންދުގައި އެ މަނިކުފާނު ގދ. ތިނަދު އަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ. އެ ކުއްޖާގެ މަންމަ، ފާތިމަތު އަރޫޝާ (އަރޫ) އަކީ އެމްޑީޕީގެ ހަރަކާތްތަކުގައި ކުރީ ސަފުގައި ބައިވެރިވާ މީހަކަށް ވާތީ ނަޝީދާ ދެމެދު ރަހުމަތްތެރިކަން އޮވެ އެވެ.
ޔޫމެޓު ޑައިވް ސެންޓަރުން ބޭއްވި ރަސްމިއްޔާތަށް ފަހު އެ މަނިކުފާނާ ސަލާމްކުރުމަށް ފަހު، ނަޝީދަށް އަރޫ ދެއްކީ އޭނާ ކައިރީގައި ހުރި 13 އަހަރުގެ ދަރިފުޅެވެ.
"ތާރާ ދައްކާލާފައި އެއީ އަންހެން ދަރިފުޅޭ ބުނީމަ ރައީސް ވިދާޅުވީ ހާދަ ބޮޑުވެއްޖެއޭ މިހާރު. ކުރިން ދިމާވެފައި ހުރީމަ، އެ ރިކޮގްނައިޒް ކުރެވުނީ. އެއީ އުފާވާ ކަމެއް،" މާލެއަށް އުފަން، އެކަމަކު ކައިވެންޏަށް ފަހު ތިނަދޫގައި ދިރިއުޅެމުން އަންނަ އަރޫ ބުންޏެވެ.
އަރޫ ބުނީ ނަޝީދު ތިނަދު އަށް ވަޑައިގަތުމުން އެ މަނިކުފާނާ ބައްދަލުކުރަން ބޭނުންވާ ވާހަކަ ވެސް ބުނީ ދަރިފުޅު ކަމަށެވެ. ނަޝީދާ ބައްދަލުކުރެވެމުން ތާރާ ހުރީ ވަރަށް އުފަލުން ކަމަށް ބުންޏެވެ.
ގުޅުންތައް ބަދަލުވުމެއްނެތި ދެމެހެއްޓިގެންދަނީ ބަހައްޓަވާ ގާތްކަމާއި އޯގާތެރިކަމުން - ޒަމާންތައް ދެކެމުންދާ ލާމަސީލެއް ???
— Alaika Ayesh (@AlaikaAyesh) December 3, 2022
?އެދުވަސް - މިއަދު ?
ކުޑަކުދިންގެ ހިތްތަކުގެ ރޫޙު: ރައީސް @MohamedNasheed ??? pic.twitter.com/swBm3us3c0
ތާރާގެ މަންމަ އާއި ބައްޕަ އަކީ އެމްޑީޕީގައި ހަރަކާތްތެރި ދެ މީހުންނަށް ވިޔަސް އެއިން އެއްވެސް ކަމެއްގައި ދަރިފުޅު ބައިވެރިނުކުރާކަން އަރޫ ފާހަގަކުރި އެވެ.
ނަމަވެސް، ގައުމު ބަދަލުވެގެން ދިޔަ ގޮތް ދަރިފުޅަށް ކިޔައިދީފައިވާނެ ކަމަށް ބުންޏެވެ.
"ބަޣާވާތުން ވެރިކަން ވެއްޓުނު ހިސާބުން ދަރިފުޅުގެ ބައްޕަ ވެސް ދެ މީހުން ވެސް މުޒާހަރާތަކުގައި އެކްޓިވިސްޓެއް ގޮތަށް އުޅުނިން. އެކަމަކު [ދަރިފުޅު] ނުގެންދަން މުޒާހަރާ ކުރާތާކަށް ވެސް. އެނގޭނެ ރެލީތަކުގައި ބައިވެރިވާކަން. ބުނެލާފައި ދަނީ،" އޭނާ ބުންޏެވެ.
ތާރާ ކުޑައިރު ރައީސް ނަޝީދާއެކު.-
އަރޫ ބުނީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި ދަރިފުޅުގެ ބައްޕަ ވަޒީފާއިން ސަސްޕެންޑުކުރުމުން ދިމާވި މާލީ ދަތިތަކާއި އޭގެ ފަހުން ސިޔާސީ ކަމެއްގައި އޭނާ ހައްޔަރުކުރުމުން ލިބުނު ހުރިހާ ދެރައެއްގައި، ކިތައްމެ ކުޑަ ނަމަވެސް ދޮށީ ދަރިފުޅު ބައިވެރިވި ކަމަށެވެ.
"އެ ދުވަސްކޮޅު މަންމަގެ ލީޑަރު [ނަޝީދު] ހުރި ނަމަ އިންސާފު ލިބޭނެ ކަމަށް ދަރިފުޅު އަމިއްލަ އަށް ވެސް ބުނިި. އަދި، ސަސްޕެންޑުކުރީމަ ފައިނޭންޝަލީ ވަރަށް ސްޓްރަގްލް ކުރިން. އޭރު، ހަގު ދަރިފުޅު ކައިރީގައި ތާރާ މި ބުނަނީ ދެން މެޓާ ކާން ޖެހޭ ވަރު ވެސް ޖެހޭނީ މަދުކުރާށޭ ބައްޕި އަށް ރުފިޔާ ނުލިބޭތީ،" އަރޫ ބުންޏެވެ.
އޭނާ ބުނީ ތާރާއާ އެކު ސިޔާސީ ވާހަކަ ކުޑަކޮށް ވެސް ދެކެވުނީ ނަޝީދު އަވަހާރަކޮށްލަން ބޮން ގޮއްވާލި ދުވަސްކޮޅުގަ އެވެ.
"އެ ދުވަސްވަރު ކޮންމެ ދުވަހަކު ވެސް ސުވާލު ކުރާނެ ރައީސްގެ ހާލާ ގުޅޭގޮތުން. އޭރު އެކަނި ކުޑަކޮށް ވެސް ސިޔާސީ ވާހަކަ ދެކެވުނީ. އަހަރެމެންގެ ސިޔާސީ ވިސްނުން ކޮންމެ ގޮތަކަށް ހުއްޓަސް ދަރިފުޅަށް އެކަމެއް ނުދައްކަން. ގޭގައި ވެސް ޓީވިން ސިޔާސީ އެއްޗިއްސެއް ނުބަލަން."
ސިޔާސީ ވިސްނުން ތަފާތު ވިޔަސް އަރޫގެ ދެމަފިރިން ދަސްކޮށްދިނީ އެހެން މީހުންނަށް އިހުތިރާމް ކުރުމަށެވެ. އެކަމަކު، ތާރާގެ ހިތުގައި ނަޝީދަށް އޮތް ހާއްސަ ލޯތްބަކީ އެ ގޭތެރެއިން ދަސްވި ކަންކަމެވެ.
މުޣުނީ އަށް އެމްޑީޕީން އަލުން ތާއީދުކޮށްފި
ނަޝީދު ވަޑައިގަތުމުން މަރުހަބާ ވިދާޅުވީ މުޣުނީ
އަނބުރާ ގެއަށް ދެވުނު ކަހަލަ: ނަޝީދު
އެމްޑީޕީގެ ޖަލްސާއަށް އިބޫ ވަޑައިނުގަންނަވާ
ދެ އަހަރަށް ފަހު ނަޝީދު އަލުން އެމްޑީޕީއަށް
2028 ގެ ރިޔާސީ އިންތިހާބުގައި އިބޫ ވާދަކުރައްވަނީ
މާޒީ ދޫކޮށް، ޑިމޮކްރެޓްސް އަށް ދެން ވާނީި ކިހިނެއް؟
ޑިމޮކްރެޓްސްގެ މެމްބަރުންނަށް އިބޫގެ މަރުހަބާ
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ނުރަސްމީ ޖަލްސާއެއް މިރޭ
ނަޝީދާއި އެހެން މެމްބަރުން އެމްޑީޕީއާ ގުޅެނީ!