އެމްޑީޕީ އަށް މި ވަގުތު ދިމާވެފައިވަނީ އުނދަގޫ ހާލަތެއް ކަމަށާއި އެކަމުން އަރައިގަންނަން މުޅި ޕާޓީ އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރަންޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީ އަށް މި ވަގުތު ދިމާވެފައިވަނީ އުނދަގޫ ހާލަތެއް ކަމަށާއި އެކަމުން އަރައިގަންނަން މުޅި ޕާޓީ އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރަންޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެމެދު އުފެދުނު ސިޔާސީ ނުތަނަސްކަމުގެ ތެރޭގައި އެމްޑީޕީއާ ދުރުގައި ހުންނެވުމަށް ފަހު، މި އަހަރުގެ ޖޫން 23 ގައި އަލުން އެ ޕާޓީއާ ގުޅިވަޑައިގެންނެވި ނަޝީދު އެހެން ވިދާޅުވިއިރު، ކުރިއަށް އޮތް 2028 ގެ ރިޔާސީ އިންތިހާބަށް ނެރޭނެ ކެންޑިޑޭޓަކު ކަނޑައެޅުމުގައި ވެސް އެމްޑީޕީ މިހާރު ވަނީ ބައިބައިވެފަ އެވެ.
އަދި އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުން ފައްޔާޒު އިސްމާއީލް އިސްތިއުފާ ދެއްވި މައިގަނޑު އެއް ސަބަބަކީ ވެސް ނަޝީދާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމުން އަރައި ނުގަނެވުން ކަމަށް ވަނީ ވިދާޅުވެފަ އެވެ. ހާއްސަކޮށް އެމްޑީޕީއާ ދުރުގައި ދެ އަހަރެއްހާ ދުވަސް ވަންދެން ހުންނެވުމަށް ފަހު، ނަޝީދު އަލުން އެ ޕާޓީއާ ގުޅިވަޑައިގަތުމުން އެ މަނިކުފާނު ބަލައިގަތުމާ މެދު ވަނީ ބޮޑު ދެބަސްވުމެއް އުފެދިފަ އެވެ.
އޭގެ ފަހުން، ވަގުތީ ޗެއާޕާސަންގެ މަގާމަށް ބޭފުޅަކު އައްޔަނު ކުރުމާ މެދު ޕާޓީގެ ދެ ފެކްޝަންގެ މެދުގައި ބޮޑެތި ހިލާފުތައް އުފެދިފަ އެވެ. އެ ކަމަށްޓަކައި ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލިސް ވެސް ހުއްޓާލީ ބޮޑު އަރައިރުމަކަށް ގޮސް ނިޒާމު ގެއްލުމުންނެވެ.
ނަމަވެސް، ނަޝީދު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމްޑީޕީން ތަޖުރިބާކުރަމުންދާ އުނދަގޫ ދުވަސްތަކުން އަރައިގަނެވޭނެކަމަށް ޝައްކު ނުކުރައްވާ ކަމަށެވެ.
"މިއަދު އެމްޑީޕީގެ ވަރަށް ގިނަ މެމްބަރުން އެ ބުނަމުންދަނީ މުހިންމީ ޕާޓީގެ ޔުނިޓީކަމަށް،" ނަޝީދު ވިދާޅުވި އެވެ.
MDP mi vaguthu mi dhanee udhagoo dhuvas thakeh thajuribaa kuramun. Ehen namaves mi haalathun MDP araigannaane kamee alhugandu shakku kuraa kameh noon.
— Mohamed Nasheed (@MohamedNasheed) November 29, 2025
Miadhu MDP ge varah gina membarun e bunamun dhanee muhinmee Party ge Unity kamah.
Motaru Boatuge Gadubadu (1933) gai Ameen…
އެއާ އެކު ނަޝީދު ވަނީ މޯޓަރުގަޑުބަޑުގެ ތާރީހުން، އޭރުގެ ކެބިނެޓުން ދެއްކި އެއްބައިވަންތަކަމުން މިސާލެއް ވެސް މިއަދު ނެންގެވި އެވެ.
މޯޓަރުގަޑުބަޑުގެ ތާރީހީ ހާދިސާ އާ ކުރައްވަމުން ނަޝީދު ފާހަގަކުރެއްވި ގޮތުގައި މުހައްމަދު އަމީން ވިދާޅުވީ، އެންމެ މުހިންމީ ކެބިނެޓުގެ "ޔުނިޓީ" އެވެ.
"ކެބިނެޓުގެ އެކަކަށް ލިބޭ ގެއްލުމެއް އަނެކަކަށް ވެސް ލިބެން ޖެހޭނެ ކަމަށް،" ނަޝީދުގެ ޕޯސްޓުގައި ވެ އެވެ. އަދި އެ ދުވަސްވަރު ދަރަވަންދޫގެ ހުސައިން ސަލާހު ލިޔުއްވި ޅެންބައިތެއް ނަޝީދު ހަނދާނަށް ގެންނެވި އެވެ. އެ ޅެމުގައި ވިދާޅުވެފައި ވަނީ:
އުނިކަން ނުވާ މާތް ދޫފުޅުން
އެ ދުވަހު ވިދާޅުވީ
ޔުނިޓީއަކީ ފަހެ ހަސަދަޔާ މަކަރަށް ނުވާނެ ބާ.
ދެ އަހަރަށް ފަހު ނަޝީދު އަލުން އެމްޑީޕީއަށް
މާޒީ ދޫކޮށް، ޑިމޮކްރެޓްސް އަށް ދެން ވާނީި ކިހިނެއް؟
އެމްޑީޕީގެ ރައީސްގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި
ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެންފި
މެމްބަރުން ވަކިކުރަން އުޅެނީ މުޅިން ގޯސްކޮށް: ނަޝީދު
ފަސްޖެހުމެއް ނެތް، ރައީސާ އެކު އެމްޑީޕީ ކާމިޔާބުކުރާނެ
ފިކުރެއްގެ ދިރުމަށް 50،000 ސޮއި ލިބިއްޖެ: ބޮންޑޭ
އެމްޑީޕީގެ ޕްރައިމަރީ: ތިލަފަތް ބަރީ ކޮން ކޮޅަކަޅަށް؟
ފުރިބާރުވެފައި އޮތް މަންޒަރުން ރައީސް ދެއްކެވީ ނަތީޖާ
މި ނުކުތީ ލަކުނުތަކާއި އަނިޔާ މަދުވެގެން ނޫން: ނަޝީދު