Roadha Mihaaru
އަރާމުކުރަން ވަގުތު މަދުވުމުން ކޮރެއާ ކޯޗު ޝަކުވާކޮށްފި

އަރާމުކުރަން ލިބުނު ވަގުތު މަދުވުމުން ކޮރެއާގެ ކޯޗު ޝަކުވާކޮށްފި

05 ޑިސެމްބަރ 2022

ދޯހާ (ޑިސެމްބަރު 5) - ވޯލްޑް ކަޕުގެ ގުރޫޕް ސްޓޭޖުގެ ފަހު މެޗަށް ފަހު ދެވަނަ ބުރުގެ މެޗާ ދެމެދު އަރާމުކުރަން ލިބުނު ވަގުތު މަދުވުމުން ދެކުނު ކޮޮރެއާގެ ކޯޗު ޕައުލޯ ބެންޓޯ ޝަކުވާކޮށްފި އެވެ.

ދޯހާ (ޑިސެމްބަރު 5) - ވޯލްޑް ކަޕުގެ ގުރޫޕް ސްޓޭޖުގެ ފަހު މެޗަށް ފަހު ދެވަނަ ބުރުގެ މެޗާ ދެމެދު އަރާމުކުރަން ލިބުނު ވަގުތު މަދުވުމުން ދެކުނު ކޮޮރެއާގެ ކޯޗު ޕައުލޯ ބެންޓޯ ޝަކުވާކޮށްފި އެވެ.

މިދިޔަ ހުކުރު ދުވަހު ޕޯޗުގަލް ބަލިކޮށް ދެވަނަ ބުރުގެ ޖާގަ ޔަގީން ކުރި ކޮރެއާއިން މިރޭ ނުކުންނާނީ ބްރެޒިލް އާދެކޮޅަށެވެ. ދެ މެޗު ދެމެދުން އަރާމުކުރަން ލިބުނީ ތިން ދުވަހެވެ.

މީގެ ކުރިން ވޯލްޑް ކަޕުގައި ގުރޫޕް ސްޓޭޖު ނިމުމަށް ފަހު އެއް ވެސް މެޗެއް ނުކުޅެ އެއް ދުވަހުގެ ބްރޭކެއް ފީފާއިން ނަގަ އެވެ. އެކަމަކު މި މުބާރާތުގެ ގުރޫޕް ސްޓޭޖު ނިމުމަށް ފަހު ދެން ޖެހިގެން އައި ދުވަހު ދެވަނަ ބުރުގެ މެޗުތަށް ފެށި އެވެ. ޝެޑިއުލް އެގޮތަށް އެކުލަވާލުމުން ބެންޓޯ ވަނީ އެކަމާ ހިތްހަމަނުޖެހޭކަން ހާމަކޮށްފަ އެވެ.

"އަހަރެން ދެކޭ ގޮތުގައި މެޗު ކުޅޭތާ 72 ގަޑިއރު ފަހުން އަނެއްކާ އަނެއް މެޗު ކުޅުމަކީ އިންސާފެއް ނޫން،" މިރޭ ބްރެޒިލާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން މީޑިއާ އާ ވާހަކަ ދައްކަމުން ބެންޓޯ ބުންޏެވެ.

ބްރެޒިލް ވެސް ވަނީ މިދިޔަ ހުކުރު ދުވަހު މެޗު ކުޅެފަ އެވެ. އެކަމަކު އެ މެޗުގެ ކުރިން ވެސް އެ ޓީމަށް ގުރޫޕް ސްޓޭޖުން ޖާގަ ލިބިފައިވުމުން ، އެ މެޗުން ފުރުސަތު ދިނީ އޭގެ ކުރީގެ ދެ މެޗުގައި ނުކުޅޭ އަދި މަދު ވަގުތުގައި ކުޅުނު ކުޅުންތެރިންނަށެވެ.

ބެންޓޯ ވަނީ ބްރެޒިލްގެ ޓީމުން މުބާރާތުގައި ދަމހައްޓާ ޓްރެކަށް ތައުރީފް ކޮށްފަ އެވެ.

"ބްރެޒިލް ކަހަލަ ވަރުގަދަ ޓީމަކާ ދެކޮޅަށް ކުޅުމަކީ އުނދަގޫ ކަމެއް. ވޯލްޑް ކަޕް ކާމިޔާބު ކުރުމުގެ ފެންވަރު ބްރެޒިލްގެ ޓީމުގައި އެބަ ހުރި." ކުރިން ޕޯޗުގަލްގެ ގައުމީ ޓީމަށް ވެސް ކޯޗުކޮށް ދިން ބެންޓޯ ބުންޏެވެ.

ކޮރެއާ އާއި ބްރެޒިލް ކުޅޭ މެޗު ފަށާނީ ރާއްޖޭގަޑިން 12 ޖަހާއިރު އެވެ. ފުރަތަމަ މެޗުގައި އަނިޔާވި، ނޭމާ ޖޫނިއާ ވަނީ ކުޅެވޭވަރަށް ފިޓް ވެފަ އެވެ. މިރޭގެ މެޗުގެ ވަކި ހިސާބަކުން އޭނާ ފެނިދާނެ ކަމަށް ބެލެވެ އެވެ.