ގާނޫނާ ޚިލާފަށް ހައްޔަރުކޮށްފައި ހުރި ބިދޭސީއަކު ބަންދުން ދޫކޮށްލާނީ ފައިސާ ދިނުމުން ކަމަށް ބުނެ އެ މީހާގެ އަތުން ފޭރުނު ކަމަށް ބުނެ ފުލުހެއްގެ މައްޗަށް ކުރި ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.
05 ޑިސެމްބަރ 2022
ގާނޫނާ ޚިލާފަށް ހައްޔަރުކޮށްފައި ހުރި ބިދޭސީއަކު ބަންދުން ދޫކޮށްލާނީ ފައިސާ ދިނުމުން ކަމަށް ބުނެ އެ މީހާގެ އަތުން ފޭރުނު ކަމަށް ބުނެ ފުލުހެއްގެ މައްޗަށް ކުރި ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.
ތަހުގީގުކުރާ ފުލުހެއްގެ މައްޗަށް ފޭރުމުގެ ދައުވާ އާއި ފޭރެން އުޅުމުގެ ދައުވާ ކުރީ 2019 ވަނަ އަހަރުގެ ފަހުކޮޅު ހަށި ވިއްކުމުގެ ތުހުމަތުގައި ހައްޔަރުކުރި ބިދޭސީއަކު ދޫކޮށްލާނީ 20،000ރ. ދިނުމުން ކަމަށް ބުނެ 10،000ރ. ހޯދައި އަދި ބަންދުން ދޫކޮށްލި ފަހުން ބާކީ ފައިސާ ހޯދަން އުޅުނު ކަމަށް ބުނެ އެވެ.
ދައުލަތުގެ ދައުވާގައިވާ ގޮތުން އެ މީހާ އަތުން ފައިސާ އަތުލާފައިވަނީ ހައްޔަރު ކުރުމުގެ އިޖްރައާތުތަކާ ޚިލާފަށް އެ މީހާ ބަންދުގައި ހުއްޓަ އެވެ.
އެ މައްސަލަ ނުނިމެނީސް، ބިދޭސީ މީހާ ފުރައިގެން ދިއުމުން އޭނާގެ ހެކިބަހެއް ނުނެގުނެވެ.
ކޯޓުގެ ހުކުމުގައިވަނީ ދެން ތިބި ހެކިންގެ ބަހަށް ބަލާއިރު، އެ ބިދޭސީ މީހާގެ އަތުން ފުލުސް މީހާ ފައިސާ ހޯދިކަން ނުވަތަ ހޯދަން އުޅުނު އެހެން ހެކިންގެ ބަހުން ސާބިތުވާ މިންވަރުގެ ހެއްކެއް ކަމަށެވެ.
ދިގަލި ޝަރީއަތް ނިމެންދެން ބަންދުކޮށްފި
ސިނގިރޭޓް ވައްކަމަށް އެހީވި ކަމަށް ތުހުމަތުކޮށްފި
ހަތަރު އަނބު ބިން ކަމަށް ބުނާ ދެ މީހަކު ބަންދަށް
ޗޮކްލެޓެއް ވަގަށްނެގި މީހަކު 15 ދުވަހަށް ބަންދުކޮށްފި
އަންހެން ހެދުން އަޅައިގެން ވައްކަންކޮށްފި
ފިހާރައެއްގެ ވަތްގަނޑުން ވައްކަން ކުރުމުން ބަންދަށް
ބިދޭސީއެއްގެ އަތުން ފޭރުނު މީހުންގެ ބަންދަށް 10ދުވަސް
ކަރުގައި އޮތް ފަށް ފޭރުނު މީހާގެ ބަންދަށް 15 ދުވަސް
ފަށް ޖަހައިގަތް މީހާގެ ބަންދަށް ހަތް ދުވަސް
އޮޅުވާލައިގެން ގެންގޮސް ފޭރުނު މައްސަލާގައި ދައުވާކޮށްފި