ސްރީ ލަންކާގެ އެއިމްސް ކޮލެޖުން ހެދި ޕީއެޗްޑީ ގަބޫލު ނުކޮށްގެން ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.
06 ޑިސެމްބަރ 2022
ސްރީ ލަންކާގެ އެއިމްސް ކޮލެޖުން ހެދި ޕީއެޗްޑީ ގަބޫލު ނުކޮށްގެން ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.
ތިން މީހެއްގެ ފަރާތުން މީގެ ހައެއްކަ މަސް ކުރިން ހުށަހެޅި މައްސަލައިގައި އެދިފައިވަނީ ޕީއެޗްޑީ ސެޓްފިކެޓް ބަލައިގަތުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އަށް އަމުރު ކޮށްދިނުމަށް އެދި އެވެ. އެ މައްސަލައިގެ އަޑުއެހުންތައް ވަނީ ފަށައިފަ އެވެ.
އެ އޮތޯރިޓީގެ ސީއީއޯ ޑރ. އަބްދުލް ހަންނާން ވަހީދު "މިހާރު" އަށް ވިދާޅުވީ އެއިމްސް ކޮލެޖުން ޕީއެޗްޑީ ޕްރޮގްރާމް އިޝްތިހާރުކުރީ ފިލިޕިންސްގެ އަލްޑާސްގޭޓާ ގުޅިގެން ހިންގާ ޕްރޮގްރާމެއް ކަމަށް ބުނެ ކަމަށެވެ. ނަމަވެސް، އެއީ ޕިލިޕިންސްގެ ކޮމިޝަން އޮފް ހަޔާ އެޑިއުކޭޝަނުން ވެސް ބަލައިގަންނަ ތަނެއް ނޫން ކަމަށް އެ ތަނުން އެމްކިއުއޭ އަށް އަންގާފައި ކަމަށް ހަންނާން ވިދާޅުވި އެވެ.
ޕިލިޕިންސްގެ ހަޔާ އެޑިއުކޭޝަން ކޮމިޝަނުން ބަލައިގަންނަނީ އެ ކޮލެޖުގެ މާސްޓާސް ޕްރޮގްރާމް އެކަންޏެވެ.
ހަންނާނު ވިދާޅުވިގޮތުގައި، އެ މީހުން ޕީއެޗްޑީ ހަދަން ފެށުމުގެ ކުރިން އެމްކިއުއޭ އަށް ހުށަހެޅުމުން 2016 ވަނަ އަހަރު ޖަވާބު ދީފައި އޮތީ އެއީ އެ އޮތޯރިޓީން ގަބޫލުކުރާ ކޯހެއްގެ ގޮތުގައި ކަމަށެވެ. ނަމަވެސް، ހަންނާނު ވިދާޅުވީ، އެއީ އުސޫލާ ހިލާފަށް އެމްކިއުއޭގައި އޭރު ތިއްބެވި ބޭފުޅުން ކުރެއްވި ކަމެއް ކަމަށެވެ.
އެމްކިއުއޭއިން އާއްމުކޮށް އަމަލުކުރާ އުސޫލަކީ، އެ ގައުމެއްގެ ކޮލިފިކޭޝަން އޮތޯރިޓީ ނުވަތަ ހަޔާ އެޑިއުކޭޝަނުން ބަލައިގަންނަ ކޯސްތަކަށް ހުއްދަ ދިނުމެވެ. އެކަމަކު، އެ ފަހަރު ހުއްދަ ދިނީ ބަލަންޖެހޭ ވަރަށް ނުބަލާ ކަމަށް ވިދާޅުވި އެވެ.
"އޭރު އެމްކިއުއޭ އިން ބުނެފައި އޮތީ، އެ ފަހަރު ހުށަހެޅި މީހުންނަށް ހުއްދަ ދީފައި، ދެން ހުށަހަޅާ މީހުންނަށް ނުދޭނެ ކަމަށް،" ހަންނާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގައި ޕީއެޗްޑީ ހަދާފައި ތިބި މީހުންގެ އަދަދު މަދުއިރު، ލަންކާގެ އެ ކޮލެޖުން ޕީއެޗްޑީ ހަދަން ދެ ތިން ބެޗަކުން 54 މީހަކު އެދުނު ކަމަށެވެ. އޭގެ ތެރެއިން ބައެއް މީހުން ކިޔެވުން ފެށުމަށް ފަހު، ފެންވަރާ މެދު ސުވާލު އުފެދޭތީ ހުއްޓާލީ އެވެ.
އެ ޕީއެޗްޑީ ނިންމީ ފަސް މީހެކެވެ. އޭގެ ތެރެއިން ކޯޓަށް މައްސަލަ ހުށަހެޅީ ތިން މީހެކެވެ.
"ފިލިޕީންސް އިން ގަބޫލުނުކުރާ ކޯހެއް ކަމަށް އެ ގައުމުގެ ހަޔަ އެޑިއުކޭޝަނުން އޮތީ އެމްކިއުއޭ އަށް އަންގާފައި. އޭގެ ފަހުން، މިދިޔަ އަހަރު ވެސް ވާނީ އެ ޕްރޮގްރާމަކީ ގަބޫލުކުރާ ކޯހެއް ނޫން ކަމަށް ބުނެ އިއުލާނުކޮށްފައި. އޭގެ ފަހުން ސެޓްފިކެޓް ހުށަހެޅީ." ހަންނާން ވިދާޅުވި އެވެ.
ޕީއެޗްޑީ ގަބޫލުކުރަން ނޭންގި،ހަރަދަށް ޒިންމާވާންޖެހޭނެ
"ހުއްދައާ ހިލާފަށް ބޭރުގައި ކޯސްތައް އެބަ ހިިންގާ"
ރީރަޖިސްޓްރީނުކުރާ 101 ތަނެއްގެ ސަނަދު ގަބޫލުނުކުރާނެ
ޕީއެޗްޑީން ފަހުރުވެރި އާއިލާ؛ މިއީ ފާއިޒާގެ ހުވަފެން
ޕީއެޗްޑީ ގަބޫލުކުރަން އެންގި މައްސަލަ ސުޕްރީމް ކޯޓަށް
އެސައިންމަންޓުން 50 ޕަސެންޓު ފާސްވާންޖެހޭ ގޮތް ހަދަނީ
ވަގު ސެޓްފިކެޓެއް ބޭރުގެ ޔުނިވާސިޓީއަކަށް ހުށަހަޅައިފި
ޕީއެޗްޑީ ގަބޫލުކުރަން އެންގި ހުކުމް އިސްތިއުނާފް ކުރަނީ
ޕީއެޗްޑީ ސެޓްފިކެޓް ގަބޫލުކުރަން ހައިކޯޓުން ހުކުމްކޮށްފި
ހުއްދަ ލިބިފައިވާ ކޯހެއްކަން ކަށަވަރުކުރަން އެދިއްޖެ