ރާއްޖޭގައި ގެންދަން ހުއްދަ ދީފައިވާ ޕްރޮގްރާމްތައް ބޭރުގައި ހިންގަމުންދާ ކަމަށާއި އެކަމަކު އެ ތަންތަނުން ދޭ ސެޓްފިކެޓު ބަލައިނުގަންނާނެ ކަމަށް އެމްކިއުއޭ އިން މިއަދު ބުނެފި އެވެ.
18 ފެބުރުއަރީ 2025
ރާއްޖޭގައި ގެންދަން ހުއްދަ ދީފައިވާ ޕްރޮގްރާމްތައް ބޭރުގައި ހިންގަމުންދާ ކަމަށާއި އެކަމަކު އެ ތަންތަނުން ދޭ ސެޓްފިކެޓު ބަލައިނުގަންނާނެ ކަމަށް އެމްކިއުއޭ އިން މިއަދު ބުނެފި އެވެ.
އެ އޮތޯރިޓީން ކުރި އިއުލާނެއްގައި ބުނީ ރާއްޖޭގައި ހިންގަން ހުއްދަ ދީފައިވާ ޕްރޮގްރާމްތައް ބައެއް މަރުކަޒުތަކުން، ރާއްޖެއިން ބޭރުގައި އިޝްތިހާރުކޮށް އަދި ސެޓްފިކެޓު ދީފައިވާކަމަށް ބޭރުގެ ބައެއް އިދާރާތަކުން މައުލޫމާތު ދީފައިވާ ކަމަށެވެ. އެމްކިއުއޭއިން އެކްރެޑިޓުކޮށްފައިވާ ޕްރޮގްރާމްތައް ހިންގާފައިވަނީ އެ އިދާރާ އިން ގަބޫލުނުކުރާ ބޭރުގެ މަރުކަޒުތަކުގައި ކަމަށް ވެސް ބުންޏެވެ.
އެހެންވެ، އެމްކިއުއޭގެ އެކްރެޑިޓޭޝަނާ ހިލާފަށް ހިންގާ ކޯސްތަކުން ދޭ ސެޓްފިކެޓުތައް ބަލައިނުގަންނާނެ ކަމަށް ބުންޏެވެ.
"މި ނޫން ގޮތަކަށް ސަނަދު ދެވުމުގެ ސަބަބުން ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ދަރިވަރުންނަށް ގިނަ ގެއްލުންތަކާ ކުރިމަތިލާން ޖެހިފައިވެ އެވެ. އަދި މި ގެއްލުމުގެ ޒިންމާ އެމްކިއުއޭ އިން ނުނެގޭނެ ވާހަކަ ދެންނެވީމެވެ،" އިއުލާންގައި ވެ އެވެ.
އެ އޮތޯރިޓިން ވަނީ ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒުތަކުން ޕްރޮގްރާމް އެކްރެޑިޓޭޝަން ދީފައިވާ ގޮތާ އެއްގޮތަށް ހިންގުމަށް އެދިފަ އެވެ.
ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒުތަކުން ރާއްޖެއިން ބޭރުގައި ކޯސްތައް ހިންގުމަކީ މަތީ ތައުލީމަށް ލިބޭ ކުރިއެރުމެއް ކަމަށް ގަބޫލުކުރާތީ، އެކަމާ ގުޅުން ހުރި އުސޫލެއް ހަދަމުން އަންނަ ކަމަށް ވެސް ބުންޏެވެ.
ރީރަޖިސްޓްރީނުކުރާ 101 ތަނެއްގެ ސަނަދު ގަބޫލުނުކުރާނެ
ޕީއެޗްޑީ ގަބޫލުކުރަން އެންގި މައްސަލަ ސުޕްރީމް ކޯޓަށް
ވަގު ސެޓްފިކެޓެއް ބޭރުގެ ޔުނިވާސިޓީއަކަށް ހުށަހަޅައިފި
ޕީއެޗްޑީ ގަބޫލުކުރަން ނޭންގި،ހަރަދަށް ޒިންމާވާންޖެހޭނެ
"ހުއްދައާ ހިލާފަށް ހިންގާ ކޯސްތައް ބަލައި ނުގަންނާން"
މަތީ ތައުލީމާ މެދު ސުވާލު: ހައްލުކުރެވިދާނެ ބާ؟
އެސަސްމަންޓްތަކުން 50 ޕަސެންޓް ހޯދުން ލާޒިމް ކޮށްފި
މި އަހަރު 138 ދަރިވަރަކަށް ސްކޮލަޝިޕް ދީފި
ޕައިލެޓްކަން ކިޔަވަން ބޭނުންވަނީ ބޭރުގެ ވަޒީފާއަށް ދާން
ދަރިވަރުންގެ ލޯނުގެ ބެކްލޮގް ހުސްކޮށްފިން: މިނިސްޓަރު