Roadha Mihaaru
ވެލާނާގޭގެ ޕޯސްޓު ޝޮޕުގެ ހިދުމަތް ރޭގަނޑު 10 އަށް

ވެލާނާގޭގެ ޕޯސްޓު ޝޮޕްގެ ހިދުމަތް ރޭގަނޑު 10 އާ ހަމައަށް

06 ޑިސެމްބަރ 2022

ވެލާނާ ބިލްޑިންގްގައި ހުންނަ ޕޯސްޓު ޝޮޕްގެ ހިދުމަތްދޭ ގަޑި ރޭގަނޑު 10 އާ ހަމައަށް އިތުރު ކޮށްފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ވެލާނާ ބިލްޑިންގްގައި ހުންނަ ޕޯސްޓު ޝޮޕްގެ ހިދުމަތްދޭ ގަޑި ރޭގަނޑު 10 އާ ހަމައަށް އިތުރު ކޮށްފި އެވެ.

ޕޯސްޓު އޮފީހުން މިއަދު ބުނީ، ޕޯސްޓުގެ މަސައްކަތު ގަޑިތަކުގައި ހިދުމަތް ހޯދަން ނުދެވޭ މީހުންނަށް ޕޯސްޓް ޝޮޕުން ރޭގަނޑު 10 ޖެހުމާ ހަމައަށް ދެން ހިދުމަތް ހޯދޭނެ ކަމަށެވެ. އެ ތަނުން ދެނީ އިންޓަނޭޝަނަލް ރެޖިސްޓާޑް އާއި އޯޑިނަރީ އާއި އީއެމްއެސް އަދި ޑޮމެސްޓިކް މެއިލްގެ ހިދުމަތެވެ.

އީއެމްއެސް ނުވަތަ އެކްސްޕްރެސް މެއިލް އަކީ ރާއްޖެ އިން ބޭރަށް ޕޯސްޓު ކުރުމަށް ބޭނުންކުރާ ހަރަދު ކުޑަ، ޕޯސްޓަލް ހިދުމަތެކެވެ. އެ ހިދުމަތް މެދުވެރިކޮށް އެމެރިކާ އާއި ނޭޕާލާއި މެލޭޝިއާ އާއި އޮސްޓްރޭލިއާ އާއި އިނގިރޭސި ވިލާތާއި ޖަޕާނާއި ސިންގަޕޫރާއި ޔޫއޭއީ އާއި އިންޑިއާ އަދި ޗައިނާ އަށް ޕޯސްޓު ކުރެވޭނެ އެވެ.

އީއެމްއެސް މެދުވެރިކޮށް ޕޯސްޓު ކުރާ ތަކެތި ރަސްމީ ތިން ދުވަހާއި ފަސް ދުވަހުގެ ތެރޭގައި ފޮނުވޭނެ އެވެ. އަދި ޓްރެކިން މެދުވެރިކޮށް އަޕްޑޭޓުތައް ވެސް ބެލޭނެ އެވެ.

Home | Maldives Post

Providing reliable and quick services to customers has always been a service philosophy where counter delivery, SMS notifications and online queue management advent hav...

ޕޯސްޓް އޮފީހުގެ ވެބްސައިޓު. އެ ވެބްސައިޓުން ޯސްޓު ކުރާ ތަކެތި ޓްރެކު ކުރެވޭނެ.

ޕޯސްޓު އޮފީހުން ބުނި ގޮތުގައި އީއެމްއެސް މެދުވެރިކޮށް، ޕޯސްޓު ކުރާ ތަކެތި ހުންނަން ޖެހޭނީ ޕެކިން ސްޓޭންޑަޑާ އެއްގޮތަށް ޕެކު ކޮށްފަ އެވެ. އަދި ކާބޯތަކެތި ޕޯސްޓު ކުރާ ނަމަ، ޕެކެޖިންގައި ހިމެނޭ އިންގްރިޑިއަންޓްސްގެ ލިސްޓެއް ވެސް އެނގެން ހުންނަން ޖެހޭނެ ކަމަށް ބުންޏެވެ.

ޕޯސްޓު އޮފީހުން ބުނީ އީއެމްއެސް އަދި ޑޮމެސްޓިކް މެއިލް މެދުވެރިކޮށް، ޕޯސްޓުކުރަން ބޭނުންވާ ތަކެއްތީގެ ޕޯސްޓޭޖު ފީ، އެ ތަނުގެ ވެބްސައިޓުގައިވާ ޕޯސްޓަލް ކަލްކިއުލޭޓަރު ބޭނުން ކޮށްގެން ބެލޭނެ ކަމަށެވެ. އަދި އެ ފީއަށް ދާ އަގު ޔަގީން ކުރުމަށް ފަހު، ޕޯސްޓު ކުރަން ދިއުމަށް އެ ތަނުން އެދެ އެވެ.

ޕޯސްޓު އޮފީހުގެ ހިދުމަތްތަކުގެ މައުލޫމާތު އެ ތަނުގެ ސޯޝަލް މީޑިއާ އެކައުންޓުތަކާއި ކޯލް ސެންޓަރު އަދި ވެބްސައިޓުން ވެސް ލިބޭނެ އެވެ.