Roadha Mihaaru
މޯލްޑިވްސް ޕޯސްޓުން "ޕޯސްޓަލް ބޭންކިން" ސާވޭއެއް

މޯލްޑިވްސް ޕޯސްޓުން "ޕޯސްޓަލް ބޭންކިން" އާ ގުޅޭ ސާވޭއެއް ފަށައިފި

11 ފެބުރުއަރީ 2021

މޯލްޑިވްސް ޕޯސްޓުން "ޕޯސްޓަލް ބޭންކިން" އާ ގުޅޭ ސާވޭއެއް ހަދަން ފަށައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މޯލްޑިވްސް ޕޯސްޓުން "ޕޯސްޓަލް ބޭންކިން" އާ ގުޅޭ ސާވޭއެއް ހަދަން ފަށައިފި އެވެ.

މި ސާވޭ ފައްޓަވައިދެއްވީ އެމްޑަބްލިއުއެސްއީގެ ޗެއާމަން އަހުމަދު މައުސޫމެވެ. މުޅި ރާއްޖޭގައި މި ސާވޭ ކުރިއަށްގެންދަނީ ޕޯސްޓަލް ހިދުމަތް ދިނުމަކީ ރާއްޖޭގެ ކުރެވޭނެ، އަދި ޑިމާންޑް އޮތް ވިޔަފާރިއެއްތޯ ދެނެގަތުމުގެ ބޭނުމުގަ އެވެ.

މި ސާވޭ ފައްޓަވައިދެއްވާ، މައުސޫމު ވިދާޅުވީ، ޕޯސްޓަލް ބޭންކިން ހިދުމަތާ އެކު ރާއްޖޭގެ ރަށްރަށުގައި ދިރިއުޅޭ ފަރާތްތަކަށް މިހާރަށް ވުރެ ފަސޭހައިން މާލީ އެހީ ހޯދަން ފަސޭހަވެގެންދާނެ ކަމަށެވެ. އަދި މިކަމުން އެންމެ ބޮޑު ފަސޭހައެއް ލިބޭނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީ ހޯދަން ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން މަސްވެރިންނާއި ދަނޑުވެރިންނަށް ވިޔަފާރި ފުޅާކުރުމުގައި އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މޯލްޑްޑިވްސް ޕޯސްޓްގެ ޓްވީޓް

ރާއްޖޭގެ ޕޯސްޓް ކުންފުނިން އަންނަނީ ޕޯސްޓުގެ ދާއިރާއަށް ޒަމާނީ ހިދުމަތްތައް އިތުރުކުރަމުންނެވެ. އެގޮތުން 2019 ވަނަ އަހަރު އީ-ޓުކުރީގެ ނަމުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ތަކެތި ވިއްކޭނެ އޮންލައިން ޕްލެޓްފޯމެއް ތައާރަފްކޮށްފައިވެ އެވެ. މި ހިދުމަތުގެ ތެރެއިން ތަކެތި ގަންނަ ފަރާތްތަކަށް ޑެލިވަރީގެ ހިދުމަތް ވެސް ޕޯސްޓުން ކޮށްދެ އެވެ.