Roadha Mihaaru
އެއް ފަނޑިޔާރަކު ހުރެގެން އަލަށް މައްސަލައެއް ބަލައިފި

ހައި ކޯޓުގައި އެންމެ ފަނޑިޔާރަކު އިންނަވައިގެން ފުރަތަމަ ފަހަރަށް ޝަރީއަތެއް

06 ޑިސެމްބަރ 2022

ހައި ކޯޓުގެ ތާރީހުގައި ފުރަތަމަ ފަހަރަށް އެންމެ ފަނޑިޔާރަކު ބެންޗުގައި އިންނަވައިގެން މިއަދު ޝަރީއަތެއް ބާއްވައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ހައި ކޯޓުގެ ތާރީހުގައި ފުރަތަމަ ފަހަރަށް އެންމެ ފަނޑިޔާރަކު ބެންޗުގައި އިންނަވައިގެން މިއަދު ޝަރީއަތެއް ބާއްވައިފި އެވެ.

ހައި ކޯޓު އުފެދުނު ފަހުން މިއަދާ ހަމައަށް ވެސް މައްސަލަ ބަލަމުން ދިޔައީ ތިން ފަނޑިޔާރުން ނުވަތަ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެންމެ ފަނޑިޔާރަކު އިންނަވައިގެން މިއަދު މައްސަލައެއް ބެއްލެވީ ޖިނާއީ އިޖުރައާތުގެ ގާނޫނަށް ދާދި ފަހުން ގެނައި އިސްލާހުގެ ދަށުންނެވެ.

ޖިނާއީ އިޖުރައާތުގެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން އެންމެ ފަނޑިޔާރު އިންނަވައިގެން ހައި ކޯޓުގައި ބެލެނީ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާއި މަދަނީ މިންގަނޑުން މައްސަލަ ކުރިއަށް ގެންދިއުމާ މެދު ދަށު ކޯޓުތަކުން ނިންމާ ނިންމުންތަކުގެ އިސްތިއުނާފު މައްސަލަތަކެވެ.

މިއަދު ފުރަތަމަ ފަހަރަށް އެގޮތަށް މައްސަލައެއް ބެއްލެވީ ފަނޑިޔާރު މުހައްމަދު ނިޔާޒެވެ.

ގާނޫނުއަސާސީ އާއި ކޯޓުތަކުގެ ގާނޫނު އޮންނަ ގޮތުން ވެސް، ހައި ކޯޓުން މައްސަލަތައް ބަލަން ޖެހޭނީ އޮނަހިރި އަދަދެއްގެ ފަނޑިޔާރުންގެ މަޖިލީހަކުންނެވެ. އެކަމަކު މިގޮތަށް ޖިނާއީ އިޖްރައާތުގެ ގާނޫނު އިސްލާހު ކުރީ އެޓާނީ ޖެނެރަލްގެ އޮފީހުގެ ހުށަހެޅުމަކަށެވެ.