ޕިރަމިޑުން ރާއްޖެ އެތެރެކޮށް މާކެޓްކުރާ ޓުޑޭސް ޓޭސްޓްގެ 100 ޕެކެޓު އޮންނަ ސައިފަތް ފޮށްޓެއް ގަތުމުން، 85 ގްރާމުގެ މަންޗީ މިލްކް ބިސްކޯދު ބޮނޑިއެއް ހިލޭ ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.
20 ސެޕްޓެމްބަރ 2022
ޕިރަމިޑުން ރާއްޖެ އެތެރެކޮށް މާކެޓްކުރާ ޓުޑޭސް ޓޭސްޓްގެ 100 ޕެކެޓު އޮންނަ ސައިފަތް ފޮށްޓެއް ގަތުމުން، 85 ގްރާމުގެ މަންޗީ މިލްކް ބިސްކޯދު ބޮނޑިއެއް ހިލޭ ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.
ޕިރަމިޑުން ބުނިގޮތުގައި، މި އަހަރު ނިމެންދެން ކުރިއަށްދާ އެ ޕްރޮމޯޝަން ފަށައިފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
ކޮންސިއުމަރުންނަށް ހާއްސަކޮށް ފެށި އެ ޕްރޮމޯޝަންގައި ސައިފަތް ފޮށްޓާ އެކު މަންޗީ ބިސްކޯދު ބޮނޑި ވަނީ ބަންޑަލް ކޮށްފަ އެވެ.
މަންޗީ މިލްކް ބިސްކޯދަކީ ދުނިޔެ އާއި ރާއްޖޭގައި ވެސް ކުދިބޮޑު އެންމެންގެ މެދުގައި މަގްބޫލުކަން ހޯދާފައިވާ އެއް ބިސްކޯދެވެ. އެއީ ހެނދުނުގެ ނާސްތާއަށާއި އެހެނިހެން ސައިގަޑިތަކުގައި މީހުން ވަރަށް ގިނައިން ކައި އުޅޭ ބިސްކޯދެކެވެ.
ޓުޑޭސް ޓޭސްޓް 100 ޕެކެޓުގެ ސައިފަތް ފޮށްޓެއް މިހާރު 38 ރުފިޔާ އަށް ލިބޭއިރު، އެ ޕްރޮމޯޝަން މާލޭގެ ގިނަ ފިހާރަތަކުންނާއި ރަށްރަށުގެ ފިހާރަތަކުން ވެސް ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކަމަށް ޕިރަމިޑުން ބުންޏެވެ.
ޕިރަމިޑް ފިހާރައިގައި ބަހައްޓާފައި ހުރި ޓުޑޭސްޓޭސްޓް އަދި މަންޗީ މިލް ބިސްކޯދު ލިބޭ ޕްރޮމޯޝަނާ ---ފޮޓޯ: ޕިރަމިޑް
ޕެކެޓުގައި ސައިފަތް ބަންދުކޮށް ރާއްޖެ އެތެރެކުރި އެންމެ ފުރަތަމަ ބްރޭންޑް ކަމަށްވާ ޓުޑޭސް ޓޭސްޓް ސައިފަތަކީ، ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން އުފައްދާ، ސިއްހީގޮތުން ފައިދާ ހުރި ގޮތަށް ބަންދުކޮށްފައިވާ ސައިފަތެކެވެ. އަދި އެ ސައިފަތް އުފައްދާ ކުންފުންޏަކީ ކާބަން ނިއުޓްރަލް ސަޓިފައިޑް އުފެއްދުންތައް އުފައްދާ ކުންފުނިތަކުގެ ލިސްޓުގެ ކުރީގައި އުޅޭ ކުންފުންޏެކެވެ.
ސްރީލަންކާއިން ރާއްޖެ އެތެރެކުރާ ޓުޑޭސް ޓޭސްޓް ސައިފަތަކީ އަބަދުވެސް ތާޒާ ކަންމަތީގައި އޭގެ އަސްލު ރަހަ އާއި ކުލަ ހުންނަ ގޮތަށް، ލަންކާގައި ހައްދާ ފެންވަރު ރަނގަޅު ސައިފަތުގައި ތައްޔާރުކޮށްފައިވާ އުފެއްދުމެކެވެ.
ޓުޑޭސް ޓޭސްޓުން އަންނަނީ މީގެ އެތަކެއް އަހަރުކުރިން، ލަންކާގެ އެންމެ ފެންވަރު ރަނގަޅު ސައިފަތްތައް އެކުލެވޭ "ލަޔަންލޯގޯ" ކެޓަގަރީގައި ހިމެނި، މިހާތަނަށް ވެސް ދަމަހައްޓަމުންނެވެ.
ރާއްޖޭގެ އެކިކަންކޮޅުތަކުގެ ކަސްޓަމަރުންގެ މެދުގައި މަގްބޫލް ޕިރަމިޑް ފިހާރައިން ޓުޑޭސް ޓޭސްޓް ސައިފަތުގެ އިތުރުން ލަންކާއިން ފްރެޝްކޮށް އެތެރެކުރާ މަންޗީ ބްރޭންޑުގެ ބިސްކޯދާއި، ރަސްކޯ ބްރޭންޑްގެ އެސެންސާއި، ޕްރިމިއަމް ކޮލެޓީގެ ޒީބާ ބާސްމަތި ހަނޑޫ އަދި ކާނާގެ ތަފާތު ބާވަތްތައް ލިބެން ހުރެ އެވެ.
ޗުއްޓީއަށް އުރީދޫގެ ބޮޑެތި ޑޭޓާ ޕެކްތައް
އިލާލާގެ "ކައުރީ" ފުޅިތަކުން ޑިސްކައުންޓެއް
ޗެމްޕިއަން ޓީމު ދިމާކޮށްގެން އެއް އަހަރުގެ ހިލޭ ޕިއްޒާ
ލޮލުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރެއް ސިޓީ އޮޕްޓިކަލަށް
އެޗްއެސްސީން 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓް
"އެންމެނަށް މީޑިއާނެޓް" ޕްރޮމޯޝަނުން އަގުބޮޑު އިނާމު
ރެޑްވޭވުން ހިލޭ މާސްކް ދޭ ޕްރޮމޯޝަނަށް ތަރުހީބު ބޮޑު
އޭޑީކޭ ޖެނެރަލް ޓްރޭޑިންގެ "ބެކް ޓު ސްކޫލް" ފަށައިފި
އެކްސީޑުން ޑެލްޓާ ކޮފީގެ ޕްރޮމޯޝަނެއް ފަށައިފި
އަލްބިއަންގެ ރޯދަ ޕްރޮމޯޝަންގައި އުމްރާ ދަތުރެއް