އައިޖީއެމްއެޗްގެ ލޮލުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރު، ޑރ. މަރިޔަމް ޝަހާނާ މުފީދު ސިޓީ އޮޕްޓިކަލްގައި ބަލިމީހުން ބަލަން ފަށާ ގޮތަށް ހަމަޖެހިއްޖެ އެވެ.
09 ނޮވެމްބަރ 2022
އައިޖީއެމްއެޗްގެ ލޮލުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރު، ޑރ. މަރިޔަމް ޝަހާނާ މުފީދު ސިޓީ އޮޕްޓިކަލްގައި ބަލިމީހުން ބަލަން ފަށާ ގޮތަށް ހަމަޖެހިއްޖެ އެވެ.
ސިޓީ އޮޕްޓިކަލުން ބުނިގޮތުގައި، އެ ކުލިނިކުގައި ޝަހާނާ ބަލި މީހުން ބަލަން ފަށާނީ މި މަހުގެ 10އިން ފެށިގެންނެވެ. އަދި ޑޮކްޓަރު އިންނަވާނީ ހަފްތާއަކު ތިން ދުވަހު ރޭގަނޑު 7-8 އަށް ކަމަށް ވެސް ބުންޏެވެ.
ޝަހާނާ އަށް ދެއްކޭނީ އެޕޮއިންޓްމަންޓް ހައްދައިގެންނެވެ. އެގޮތުން 7980504 އަށް ވައިބާ މެދުވެރިކޮށް ނުވަތަ ޓެކްސްޓް މެސެޖުކޮށްގެން އެޕޮއިންޓްމަންޓް ހެއްދޭނެ އެވެ. އަދި އެ ތަނުގެ ހޮޓްލައިން 3350504 އަށް ގުޅައިގެން ވެސް އެޕޮއިންޓްމަންޓް ހެއްދޭނެ އެވެ.
އެ ތަނުން ބުނި ގޮތުގައި އެ ތަނުން ލޯ ޓެސްޓު ކުރުމުގެ ހިދުމަތް ދިނުމަށް މި ޒަމާނުގެ އެންމެ ފަހުގެ ވަސީލަތްތައް ވަނީ ގާއިމުކޮށްފަ އެވެ. ލޮލުގެ މައްސަލަތައް ދެނެގަތުމަށް ބޭނުން ކުރާ ސިސްޓަމަކީ ޑޮކްޓަރުންނާއި ދުނިޔޭގައި މަގުބޫލު ބްރޭންޑެއް ކަމަށްވާ އެމެރިކާގެ ވިޝަނިކް ބްރޭންޑުގެ ސިސްޓަމެއް ކަމަށް ބުންޏެވެ. އެ ބްރޭންޑަކީ ލޮލުގެ މައްސަލަތައް ދެނެގަތުމަށް ބޭނުން ކުރާ ވޭވް ފްރަންޓް ޓެކްނޮލޮޖީ ދުނިޔެ އަށް ތައާރަފު ކުރި ބްރޭންޑެވެ.
ސިޓީ އޮޕްޓިކަލް: އެކި ގައުމުތަކުގެ މަޝްހޫރު ފެންވަރު ރަނގަޅު އައިނު ލިބެން ހުރޭ. ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ސިޓީ އޮޕްޓިކަލް އިން ބުނި ގޮތުގައި އެ ތަނަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަ ކޮށްލެވޭ ލެންސާއި އައިނު ވެސް ލިބެން ހުންނަ ތަނެކެވެ. އެ ތަނުން ދާދިފަހުން ވަނީ ޖަރުމަނުވިލާތުގެ އެންމެ މޮޅު ލެންސް "ޒައިސް" ތައާރަފު ކޮށްފަ އެވެ.
ސިޓީ އޮޕްޓިކަލް އިން ބުނި ގޮތުގައި އެ ބްރޭންޑަކީ އައިނު އަޅާކަން ވެސް އިހުސާސް ނުވާހާ ސާފު، ލޮލަށް އަރާމު، ޕްރިމިއަމް އަދި ސުޕާ ޕްރިމިއަމް ކެޓަގަރީގެ ނަމްބަރު އައިނު ލެންސް އުފައްދާ ކުންފުންޏެކެވެ. އަދި އެއީ މެދުފަންތީގެ ކަސްޓަމަރުންނާއި މަތީ ފަންތީގެ ކަސްޓަމަރުންގެ މެދުގައި މަގުބޫލު ބްރޭންޑެއް ކަމަށް ވެސް ބުންޏެވެ. ޒައިސް ބްރޭންޑުގެ އިތުރުން ދުނިޔޭގައި މަގުބޫލު ކޮންޓެކްޓް ބްރޭންޑު، އެމެރިކާގެ ކޫޕާ ވިޝަންގެ ކޮންޓެކްޓް ލެންސް ވެސް ސިޓީ އޮޕްޓިކަލުން ލިބޭނެ ކަމަށް އެ ތަނުން ބުންޏެވެ.
ޑޮކްޓަރަށް ދެއްކުމާއި ގުޅޭ އިތުރު މައުލޫމާތު
ސިޓީ އޮޕްޓިކަލް ހުންނަނީ ހުޅުމާލެ ސެންޓްރަލް ޕާކު ކުރިމަތީގަ އެވެ. ސިޓީ އޮޕްޓިކަލްގައި ފެޝަނަށް މަޝްހޫރު ގައުމުތަކުގެ އައިނާއި ފްރޭމް ވެސް ހެޔޮ އަގުގައި ހުރެ އެވެ. އެ ގައުމުތަކުގެ ތެރޭގައި އިޓަލީ، ދެކުނު ކޮރެއާ، ތުރުކީ، އިނގެރޭސިވިލާތް، ފްރާންސް އަދި އެމެރިކާ ހިމެނެ އެވެ.
ޗުއްޓީއަށް އުރީދޫގެ ބޮޑެތި ޑޭޓާ ޕެކްތައް
އިލާލާގެ "ކައުރީ" ފުޅިތަކުން ޑިސްކައުންޓެއް
ޗެމްޕިއަން ޓީމު ދިމާކޮށްގެން އެއް އަހަރުގެ ހިލޭ ޕިއްޒާ
ޓުޑޭސް ޓޭސްޓް ފޮށްޓެއް ގަތުމުން ބިސްކޯދު ބޮނޑި ހިލޭ
އެޗްއެސްސީން 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓް
"އެންމެނަށް މީޑިއާނެޓް" ޕްރޮމޯޝަނުން އަގުބޮޑު އިނާމު
ރެޑްވޭވުން ހިލޭ މާސްކް ދޭ ޕްރޮމޯޝަނަށް ތަރުހީބު ބޮޑު
އޭޑީކޭ ޖެނެރަލް ޓްރޭޑިންގެ "ބެކް ޓު ސްކޫލް" ފަށައިފި
އެކްސީޑުން ޑެލްޓާ ކޮފީގެ ޕްރޮމޯޝަނެއް ފަށައިފި
އަލްބިއަންގެ ރޯދަ ޕްރޮމޯޝަންގައި އުމްރާ ދަތުރެއް