Roadha Mihaaru
ޔޫއެންގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލަށް އާސިމް

ޔޫއެންގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުގެ ނައިބު ރައީސް ކަމަށް އާސިމް

09 ޑިސެމްބަރ 2022

އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުގެ ނައިބް ރައީސެއްގެ މަގާމަށް ޑރ. އާސިމް އަހުމަދު އިންތިހާބުކޮށްފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުގެ ނައިބް ރައީސެއްގެ މަގާމަށް ޑރ. އާސިމް އަހުމަދު އިންތިހާބުކޮށްފި އެވެ.

އާސިމަކީ އދ. ގެ ޖެނީވާ އޮފީހަށް ރާއްޖޭން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބެވެ.

އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން ބުނީ އަންނަ އަހަރަށް އެ ކައުންސިލުން އިންތިހާބުކޮށްފައިވާ ހަތަރު ނައިބް ރައީސުންގެ ތެރޭގައި އާސިމް ހިމެނިވަޑައިގަންނަވާ ކަމަށެވެ.

ރާއްޖޭގެ އިތުރުން އެ ކައުންސިލުގެ ނައިބު ރައީސުންގެ ގޮތުގައި ދެން އިންތިހާބުވީ ގަމްބިއާ، ބޮލީވިއާ އަދި ލަކްސަމްބަގްގެ ބޭފުޅުންނެވެ. ރައީސްގެ މަގާމަށް އިންތިހާބުކުރީ ޗެކް ރިޕަބްލިކްގެ ބޭފުޅެކެވެ.

މި ބޭފުޅުން އެ ކައުންސިލް ހިންގަވަން ފައްޓަވާނީ އަންނަ އަހަރުން ފެށިގެންނެވެ.

އދ. ގެ އިސް މަގާމަކަށް ޑރ. އާސިމް އިންތިހާބުވުމާ އެކު، މަރުހަބާ ދަންނަވައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވަރުގަދަ ފޮރިން ޕޮލިސީގެ ނަތީޖާއެއް ކަމަށެވެ.

އދ. ގެ އާންމު މަޖިލީހުގެ ރިޔާސަތުގެ ރައީސްކަން ވެސް ކުރެއްވި ޝާހިދު ވިދާޅުވީ ރާއްޖެއިން އިންސާނީ ހައްގުތައް ދަމަހައްޓައި ޑިމޮކްރަސީގެ ރީތި އުސޫލުތަކާއި ގާނޫނުތަކަށް އިހުތިރާމުކުރުމުގައި ދެމި އޮންނާނެ ކަމަށެވެެ.

ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖްގެ މަގާމުގައި ހުންވަނިކޮށް އާސިމް، ޖެނީވާ އޮފީހުގެ ދާއިމީ މަންދޫބަކަށް އައްޔަންކުރެއްވީ ޖުލައި، 2020 ގަ އެވެެ. ޔުނިސެފާއި އިންޓަނޭޝަނަލް ލޭބާ އޯގަނައިޒޭޝަން (އައިއެލްޔޯ) ގެ އދ. އެސްކެޕްގައި މަސައްކަތްކުރައްވައިފަ އެވެ.

އޭނާއަކީ ސޯޝިއޮލަޖީ އެންޑް ޕޮލިޓިކްސްގެ ދާއިރާ އިން ޑިގްރީ އަދި ފިލޯސޮފީ އިން ޑިވެލޮޕްމަންޓް އިން މާސްޓާސް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.