ޗައިނާގެ ހުޅަނގު އުތުރުގައި އޮންނަ ޒިންގްޖިއާންގައި ދިރިއުޅޭ އުއިގާ ދަރިކޮޅުގެ މުސްލިމުންނާއި އެހެން ދަރިކޮޅުތަކުގެ ބައިމަދު މުސްލިމުންގެ ތެރެއިން، ޗައިނާ ސަރުކާރުން ހައްޔަރުކޮށްފައިވާ މީހުންނާ ދެކޮޅަށް އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގާފައިވެދާނެ ކަމަށް އދ. އިން ތުހުމަތުކޮށްފި އެވެ.
ޗައިނާގެ ހުޅަނގު އުތުރުގައި އޮންނަ ޒިންގްޖިއާންގައި ދިރިއުޅޭ އުއިގާ ދަރިކޮޅުގެ މުސްލިމުންނާއި އެހެން ދަރިކޮޅުތަކުގެ ބައިމަދު މުސްލިމުންގެ ތެރެއިން، ޗައިނާ ސަރުކާރުން ހައްޔަރުކޮށްފައިވާ މީހުންނާ ދެކޮޅަށް އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގާފައިވެދާނެ ކަމަށް އދ. އިން ތުހުމަތުކޮށްފި އެވެ.
ޗައިނާ ސިފައިން ހައްޔަރުކޮށްފައިވާ މުސްލިމުންނަށް އިންސާނިއްޔަތާ ޚިލާފު އަނިޔާތައް ދޭ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން، އދ.ގެ ފަރާތުން ކުރި ތަހުގީގުތަކަށް ފަހު އިއްޔެ އާންމުކުރި ރިޕޯޓްގައި ބުނެފައިވާ ގޮތުގައި ބައިމަދު މުސްލިމުންނާ ދެކޮޅަށް ހަރުކަށި ލާއިންސާނީ އަނިޔާތައް ދީފައިވާނެ ކަމަށް ބެލެވެ އެވެ. ނަމަވެސް އެފަދަ އަނިޔާތައް ދީފައިވާކަމަށް ކަނޑައެޅޭ ވަރުގެ އިތުބާރު ހުރި ހެކި ލިބެން ނެތް ކަމަށް ވެސް އެ ރިޕޯޓްގައިވެ އެވެ.
ހައްޔަރުކޮށްފައި ތިބި އުއިގާ ދަރިކޮޅުގެ މުސްލިމުންނާއި އެހެން ދަރިކޮޅުތަކުގެ މުސްލިމުންނަށް، ލާއިންސާނީ އަނިޔާތައް ދޭ ކަމަށް ތުހުމަތުކޮށް އދ. އިން ކުރި ތަހުގީގަކީ ހުޅަނގުގެ ގައުމުތަކުން ރާވައިގެން ކުޅުނު ޑްރާމާއެއް ކަމަށް ޗައިނާ އިން ބުނެ އެވެ. އެހެންކަމުން، އެ މައްސަލަ އދ. އިން ތަހުގީގު ކުރިޔަސް، އެ ތަހުގީގުގެ ރިޕޯޓް އާންމު ނުކުރުމަށް ޗައިނާ އިން ދިޔައީ ގޮވައިލަމުންނެވެ.
އދ.ގެ ޓީމަކުން މައްސަލަ ތަހުގީގު ކުރިތާ އެތައް މަހެއް ފަހުން، އިއްޔެ އާންމުކުރި ރިޕޯޓްގައި ބުނެފައިވާ ގޮތުން، ގައުމީ ސަލާމަތާ ބެހޭ ގާނޫނުތައް، ޗައިނާ ސަރުކާރުން ނަހަމަ ގޮތުގައި ބޭނުންކުރަމުން ދަނީ، މުސްލިމުންގެ ބައިމަދު ޖަމާއަތްތަކުގެ ހައްގުތައް ނިގުޅައިގަތުމަށެވެ. އަދި އެގޮތަށް ޗައިނާ ސަރުކާރުން އަމަލު ކުރުމުގެ ސަބަބުން، "ހިތު ހުރި ގޮތަކަށް މީހުން ހައްޔަރު ކުރުމުގެ" ސަގާފަތެއް އަށަގަންނަމުން އަންނަ ކަމަށް ވެސް އެ ރިޕޯޓްގައިވެ އެވެ.
އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ހައި ކޮމިޝަނާގެ އޮފީހުން ނެރުނު އެ ރިޕޯޓްގައި ބުނެފައިވާ ގޮތުން، ޗައިނާ ސަރުކާރުގެ ބެލުމުގެ ދަށުގައި ތިބި މުސްލިމް ގައިދީންނާ މެދު ޖަލުތަކުގައި މުއާމަލާތު ކުރަމުން ދަނީ ވަރަށް ދަށު ދަރަޖައެއްގަ އެވެ. އަދި ބައެއް ގައިދީންނަށް ޖިންސީ އަނިޔާ އާއި މިންތީ ގޯނާތައް ކޮށްފައިވާ ކަމަށްވެސް އެ ރިޕޯޓްގައި ތުހުމަތުކޮށްފައިވެ އެވެ.
ގައިދީންނާ މެދު މުއާމަލާތުކުރާ ގޮތްތައް ކުށްވެރިކޮށް، އދ.ގެ ރިޕޯޓްގައި ޗައިނާ ސަރުކާރަށް ގޮވާލާފައިވަނީ ކުށަކާ ނުލައި ހައްޔަރުކޮށްފައި ތިބި އެންމެން ވަގުތުން ދޫކޮށްލުމަށެވެ. އަދި ޗައިނާ ސަރުކާރުން މުސްލިމް ގައިދީންނާ މެދު އަމަލުކުރަމުންދާ ގޮތުގެ މައްސަލަތައް، ކޮމިޝަން އޮފް އިންޓަނޭޝަނަލް ކްރައިމްސް އަށް ހުށަހެޅިދާނެ ކަމަށް ވެސް އެ ރިޕޯޓްގައިވެ އެވެ. އޭގެ ތެރޭގައި މުސްލިމް ގައިދީންނާ ދެކޮޅަށް ހިންގާ އިންސާނިއްޔާ ޚިލާފު ޖަރީމާތައް ހިމެނެ އެވެ.
އދ.ގެ ރިޕޯޓްގައި ބުނެފައިވާ ގޮތުން، ޗައިނާ ސަރުކާރުގެ ޖަލުތަކުގައި، ކުށަކާ ނުލައި ހައްޔަރުކޮށްފައި ތިބީ ބައިމަދު މުސްލިމުންގެ ކިތައް ގައިދީންކަމެއް ކަށަވަރުކުރެވޭނެ ގޮތެއް ނެތެވެ. ނަމަވެސް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކާއި އިދާރާތަކުން އަންދާޒާކުރާ ގޮތުގައި، މުސްލިމް ދަރިކޮޅުތަކުގެ ގައިދީން ހައްޔަރުކޮށްފައި ބޭތިއްބުމަށް ޒިންގްޖިއާން ސަރަހައްދުގައި ހަދާފައިވާ އަސްކަރީ ފޭލިގެތަކުގައި މިލިއަނަކަށް ވުރެ ގިނަ ގައިދީން ހައްޔަރުކޮށްފައި އެބަ ތިއްބެވެ.
ޗައިނާއިން ދީނީ އިލްމުވެރިންނާއި އިމާމުން ހައްޔަރުކުރަނީ
ގުރްއާން ގެންގުޅޭތީ އުއިގާ މުސްލިމުން ހަރުކަށި
ވީގޫރު މުސްލިމުންނަށް އަނިޔާވެރިއެއް ނުވަން: ޗައިނާ
ޗައިނާގެ މުސްލިމް ކޭމްޕްތަކުގައި ރޭޕް ކުރުމުގެ ޝަކުވާ
މުސްލިމުންނާ ދެކޮޅަށް ޗައިނާއިން ހިންގަނީ ގަތުލްއާއްމެއް
މަރުގެ އަދަބު އުވައިލެވޭނީ ޚިޔާލު ހޯދައިގެން: ސަރުކާރު
"މުލާން" ގެ ޚަބަރުތައް ނުގެންނަން އަންގައިފި!
ވީގޫރް މޮޑެލް ހައްޔަރު ކުރުން ޗައިނާ އިން ދިފާއުކޮށްފި
ޗައިނާގެ ޖަލަކުން ވީގޫރް މީހަކު ކުރި ވީޑިއޯއެއް ނެރެފި
ޗައިނާގެ 11ކުންފުންޏެއް އެމެރިކާއިން ބްލެކްލިސްޓްކޮށްފި