ޕެރިސް (އޮކްޓޫބަރު 31) - ޗެމްޕިއަންސް ލީގުގައި މި ހަފްތާގައި ތުރުކީގެ އިސްތަންބޫލް ބަސަކްޝެހިރްއާ ދެކޮޅަށް ކުޅުނު މެޗުގައި ނޭމާ އަށް ލިބުނު އަނިޔާގެ ސަބަބުން އަންނަ މަހު އޮތް ބްރެޒިލްގެ ވޯލްޑް ކަޕް ކޮލިފައިން މެޗުތައް ވެސް އޭނާ އަށް ގެއްލޭނެ ކަމަށް ޕީއެސްޖީގެ ކޯޗު ތޯމަސް ޓުޗެލް ބުނެފި އެވެ.
ޕެރިސް (އޮކްޓޫބަރު 31) - ޗެމްޕިއަންސް ލީގުގައި މި ހަފްތާގައި ތުރުކީގެ އިސްތަންބޫލް ބަސަކްޝެހިރްއާ ދެކޮޅަށް ކުޅުނު މެޗުގައި ނޭމާ އަށް ލިބުނު އަނިޔާގެ ސަބަބުން އަންނަ މަހު އޮތް ބްރެޒިލްގެ ވޯލްޑް ކަޕް ކޮލިފައިން މެޗުތައް ވެސް އޭނާ އަށް ގެއްލޭނެ ކަމަށް ޕީއެސްޖީގެ ކޯޗު ތޯމަސް ޓުޗެލް ބުނެފި އެވެ.
މީގެ ކުރިން ނޭމާ ވަނީ ކްލަބްގައި އަނިޔާގައި ހުރި ނަމަވެސް ގައުމީ ޓީމުގެ މެޗުގައި ކުޅެފަ އެވެ. ނޭމާގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއިން ރަނގަޅުވެ އޭނާ އަށް ކުޅުމުގެ ތެރެއަށް އެނބުރި އާދެވޭނެ ކަމަށް ޕީއެސްޖީން ބުނީ އަންނަ މަހު ފަހުކޮޅު އެވެ. އެކަމަކު ބްރެޒިލުން ވަނީ ނޭމާ އަށް ކުޅެވޭނެ ކަމަށް ބަލައި އޭނާ ސްކޮޑުގައި ހިމަނަން ނިންމައިފަ އެވެ.
"އަހަންނަކަށް ހިއެއްނުވޭ އޭނަ ގައުމީ ޓީމުގެ މެޗުތަކުގައި ކުޅޭނެހެން. ކުޅެފިއްޔާ އޭގެ މާނަ އަކީ އޭނަ ހުރީ އަނިޔާގައެއް ނޫނޭ. އެއީ ކްލަބަށް ދެވޭ ނުރަނގަޅު މެސެޖެއް. އަހަންނަށް ލިބިފައި އޮތް ހަބަރުތަކަށް ބަލާއިރު ޕީއެސްޖީގެ ކުރިއަށް އޮތް ތިން މެޗު އޭނަ އަށް ގެއްލޭނެ،" ޓުޗެލް ބުންޏެވެ.
ނޭމާ އަށް އަނިޔާވެގެން ފަރުވާދެނީ.-- ފޮޓޯ: އޭއެފްޕީ
ޕީއެސްޖީން ނިންމާފައިވަނީ މާދަމާރޭ ނޯންޓްސް އާއި އަންނަ ހަފްތާގައި ޗެމްޕިއަންސް ލީގުގައި އާރްބީ ލައިޕްޒިގު އަދި ލީގުގައި ރެނެސްއާ ކުޅޭ މެޗު ނޭމާ އަށް ނުކުޅެވޭނެ ކަމަށެވެ. އަދި ނޭމާ އެނބުރި އަންނާނީ އަންނަ މަހު 20 ވަނަ ދުވަހު މޮނާކޯއާ ދެކޮޅަށް ކުޅޭ މެޗުގައި ކަމަށް ޕީއެސްޖީން ބުނެ އެވެ.
ބްރެޒިލް ސްކޮޑުގައި ނޭމާ ހިމަނާފައިވަނީ އަންނަ މަހު 14 އާއި 17 ވަނަ ދުވަހު ކުޅެން އޮތް ވޯލްޑް ކަޕް ކޮލިފައިން ބުރުގެ މެޗުތަކަށެވެ. ބްރެޒިލަށް ކުރިއަށް އޮތް ދެ މެޗަކީ ވެނެޒުއޭލާ އާއި އުރުގުއޭގެ މެޗެވެ. އެންމެ ފަހުން ބްރެޒިލް ޓީމުގައި ކުޅުނު މެޗުގައި ނޭމާ ވަނީ ޕެރޫ ކޮޅަށް ހެޓްރިކެއް ހަދައިފަ އެވެ.
ދާދި ފަހުން ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ވެސް ވަނީ އަނިޔާގައި ނޫނީ އެއްކޮށް ފިޓްނޫން ކުޅުންތެރިން ބްރެޒިލް ސްކޮޑަށް ނަގާފައި ބޮޑު ދަތުރެއް ކުރުވައި ބެންޗުގައި ބަހައްޓާތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ކްލޮޕް އެ ވާހަކަތައް ދެއްކީ ލިވަޕޫލްގެ ފަބީިނިއޯ އަށް އަނިޔާވި މައްސަލައިގަ އެވެ.
ކްލޮޕްގެ ވާހަކަތަކަށް ރައްދުދީ ޓީޓޭ ބުނީ ކޮންމެ ކުޅުންތެރިއަކު ވެސް ގައުމީ ޓީމަށް ނަގަނީ މެޑިލަކީ ބަލަންޖެހޭ ކަންތައްތަކަށް ބަލާފައި ކަމަށާއި ކުޅުންތެރިއެއްގެ އަނިޔާގެ މައްސަލައެއްގައި ވަކި ބައެއްގެ ކަންތައްތަކެއް ތުހުމަތުކުރުން އެއީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.
މީޑިއާގެ ވާހަކަތަކުގެ ސަބަބުން ނޭމާ އަށް ރޮވިއްޖެ
މެސީއާ އަހަންނާ ގުޅުން ރަނގަޅުވުމުން އެމްބާޕޭ ހަސަދަވެރިވި: ނޭމާ
ކުރިއަށްވުރެ ބޮޑަށް އާއިލާއާއި ރައްޓެހިންގެ އެހީ ބޭނުން
ނޭމާ ބޮލަށް ޕޮޕްކޯން އުކުމުން ބްރެޒިލް ކޯޗު ރަތަށް
ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ ނޭމާ ސައުދީ އަށް
ނޭމާ ވެސް ޕީއެސްޖީ ދޫކޮށްލަނީ: ރިޕޯޓް
މެސީ އާއި ނޭމާއާ ދެކޮޅަށް މަގުމައްޗަށް ނުކުމެއްޖެ
ނޭމާއަށް ސީޒަން ނިމިއްޖެ، ޕީއެސްޖީން ދެން ނުފެނިދާނެ
ހިލޭޖެހުމަކުން ފަހުވަގުތު ޕީއެސްޖީ މޮޅުކޮށްދިނީ މެސީ
މެސީ އާއި ނޭމާއަށް ބަޔާން ކައިރީ ގަދައެއް ނުވެވުނު