Roadha Mihaaru
ކުޑަކުދިންގެ ޓާފް ބޫޓު 200ރ. އަށް

ސޮނީ ސްޕޯޓްސްއިން ކުޑަކުދިންގެ ޓާފް ބޫޓު 200ރ. އަށް

05 އޮކްޓޯބަރ 2023

ކުޑަކުދިންގެ ޓާފް ބޫޓަށް ހާއްސަކޮށް 'ލިޓްލް ލެޖެންޑްސް ކިޑްސް ޓާފް ޝޫޒް ސޭލް'ގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ސޮނީ ސްޕޯޓްސްއިން ފަށައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ކުޑަކުދިންގެ ޓާފް ބޫޓަށް ހާއްސަކޮށް 'ލިޓްލް ލެޖެންޑްސް ކިޑްސް ޓާފް ޝޫޒް ސޭލް'ގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ސޮނީ ސްޕޯޓްސްއިން ފަށައިފި އެވެ.

މި ޕްރޮމޯޝަނުގައި ކުޑަކުދިންގެ ޓާފް ބޫޓު 200ރުފިޔާއަށް ލިބޭނެ އެވެ. އޭގެ ތެރޭގައި ދިވެހިންގެ މެދުގައި މަގުބޫލު ނައިކީ އަދި އެޑީޑަސްގެ ބޫޓު ވެސް ހިމެނެ އެވެ.

މި ޕްރޮމޯޝަނަކީ އަމީނީ މަގުގައި ހުންނަ ސޮނީ ސްޕޯޓްސް ފިހާރައިން ވިޔަފާރި ކުރާ ކަސްޓަމަރުންނަށް އެކަނި ކުރިއަށް ދާ ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަން މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެ އެވެ.

ސޮނީ ސްޕޯޓްސް ހުޅުވަނީ މެންދުރު 2އިން ހަވީރު 6އަށް އަދި ރޭގަނޑު 8އިން 10އަށެވެ. ހުކުރު ދުވަހު ފިހާރަ ހުޅުވާނީ ހަވީރު 4 އިން 6 އަށް އަދި ރޭގަނޑު 8 އިން 10 އަށެވެ.