Roadha Mihaaru
ސޮނީ ސްޕޯޓްސްގެ "ފައްކާ ހަފްތާ" ސޭލް މާދަމާ ފަށަނީ

ސޮނީ ސްޕޯޓްސްގެ ބޮޑު ޑިސްކައުންޓު ލިބޭ "ފައްކާ ހަފްތާ" މާދަމާ ފަށަނީ

30 ޖޫން 2023

ހުޅުމާލޭގައި ހުންނަ ސޮނީ ސްޕޯޓްސްގައި "ފައްކާ ހަފްތާ" ސޭލް މާދަމާ ފަށަން ހަމަޖައްސައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ހުޅުމާލޭގައި ހުންނަ ސޮނީ ސްޕޯޓްސްގައި "ފައްކާ ހަފްތާ" ސޭލް މާދަމާ ފަށަން ހަމަޖައްސައިފި އެވެ.

އެ ސޭލްގައި އެ ފިހާރައިން ވިއްކާ އެކި ބްރޭންޑްރަކުން 75 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ އެވެ. އޭގެ ތެރޭގައި އެކި ފެޝަން ބްރޭންޑުތަކާއި މަޝްހޫރު ސްޕޯޓްސް ބްރޭންޑުތައް ހިމެނެ އެވެ.

ސޮނީ ސްޕޯޓްސްއިން ބުނި ގޮތުގައި "ފައްކާ ހަފްތާ" ސޭލް އަނެއްކާ ވެސް ފަށަން ނިންމީ މިދިޔަ ޖެނުއަރީ މަހު ވެސް މި ނަމުގައި ބޭއްވި ސޭލަށް ލިބުނު ތަރުހީބުގެ ސަބަބުންނެވެ. އަދި މިއީ އޮތެންޓިކް ގިނަ ބްރޭންޑްތަކެއްގެ ކޮލެޓީ ޕްރޮޑަކްޓުތަކެއް ގަތުމަށް ލިބޭ އަގުހުރި ފުރުސަތެއްގެ ގޮތުގައި ވެސް އެ ފިހާރައިން ފާހަގަކުރި އެވެ.

"ފައްކާ ހަފްތާ" ސޭލް ކުރިއަށް ދާނީ މާދަމާއިން ފެށިގެން އަންނަ ހުކުރު ދުވަހުގެ ނިޔަލަށެވެ.

ސޮނީ ސްޕޯޓްސްގެ "ފައްކާ ހަފްތާ" އަށް ފިހާރަ ތައްޔާރުކޮށްފައި

ސޮނީ ސްޕޯޓްސްގެ "ފައްކާ ހަފްތާ" އަށް ފިހާރަ ތައްޔާރުކޮށްފައި

ސޮނީ ސްޕޯޓްސް އަކީ މަޝްހޫރު ކުޅިވަރު ބްރޭންޑް ޕޫމާ އަދި އެޑިޑާސްގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރެވެ. އެ ސޭލްގައި އެ ދެ ބްރޭންޑުގެ ސްޕޯޓްސްވެއާއިން ވެސް ޑިސްކައުންޓު ލިބޭނެ އެވެ.

ސޮނީ ސްޕޯޓްސްގައި ކުޅިވަރު ބްރޭންޑް ނައިކީ އަދި ފެޝަން ބްރޭންޑް މެންގޯ އާއި ރޮކްސީ އަދި ކުއިކް ސިލްވާގެ ފެޝަންވެއާ ލިބެން ހުރެ އެވެ. އަދި އެކި އެސަސަރީސް ވެސް އެ ފިހާރައިން ވިއްކަ އެވެ.

ހުޅުމާލޭގައި ހުންނަ ސޮނީ ސްޕޯޓްސް ހުޅުވާފައި ހުންނާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 10 އިން 12 އަށް، މެންދުރު 2 އިން 6 އަށް އަދި ރޭގަނޑު 8 އިން 10 އަށެވެ. ހުކުރު ދުވަހު އެ ފިހާރަ ހުޅުވާނީ ހަވީރު 4 އިން ރޭގަނޑު 10 އަށެވެ.