Roadha Mihaaru
ސޮނީ ސްޕޯޓްސްގެ އާ ފިހާރަ، މި ފަހަރު އެޑިޑާސް އަށް

ސޮނީ ސްޕޯޓްސްގެ އާ ފިހާރަ މި ފަހަރު ހާއްސަކުރީ އެޑިޑާސް އަށް

08 ޖެނުއަރީ 2023

ގިނަ ދިވެހިންގެ މަގުބޫލުކަން ހޯދާފައިވާ ކުޅިވަރު ބްރޭންޑް، އެޑިޑާސް އަށް ހާއްސަ ފިހާރައެއް ސޮނީ ސްޕޯޓްސް އިން ހުޅުވައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ގިނަ ދިވެހިންގެ މަގުބޫލުކަން ހޯދާފައިވާ ކުޅިވަރު ބްރޭންޑް، އެޑިޑާސް އަށް ހާއްސަ ފިހާރައެއް ސޮނީ ސްޕޯޓްސް އިން ހުޅުވައިފި އެވެ.

އެ ފިހާރަ ހިންގަނީ ޗާންދަނީ މަގުގައި ކުރިން ސޮނީ ސްޕޯޓްސް ލައިފްސްޓައިލް ފިހާރަ ހުރި އިމާރާތުގަ އެވެ.

ސޮނީ ސްޕޯޓްސްގެ އެޑިޑާސް ފިހާރަ ހުޅުވީ 10 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭ ޕްރޮމޝަނަކާ އެކު އެވެ.

އެޑިޑާސް ފިހާރައިން، އެޑިޑާސް ބްރޭންޑުގެ އެކި ޕްރޮޑަކްޓުތައް އެއްތަނަކުން ލިބެން ހުންނާނެ އެވެ.

ފިހާރައިގެ އެތެރެ. ސްޕޯޓްސްވެއާގެ އެކި ވައްތަރު އައިޓަމްތައް އެތަނުން ލިބޭނެ. -- ފޮޓޯ: ނިޝާން އަލީ | މިހާރު

ފިހާރައިގެ އެތެރެ. ސްޕޯޓްސްވެއާގެ އެކި ވައްތަރު އައިޓަމްތައް އެތަނުން ލިބޭނެ. -- ފޮޓޯ: ނިޝާން އަލީ | މިހާރު

ސޮނީ ސްޕޯޓްސްގެ އެޑިޑާސް ފިހާރަ ހުޅުވުމާ ގުޅިގެން ރޭ ގިނަ ބަޔަކު އެ ތަނަށް ޒިޔާރަތްކުރި އެވެ.

އެޑިޑާސް ފިހާރައިގައި ލިބެން ހުރި ބޫޓުގެ ތެރޭގައި ދުވުމަށް ހާއްސަ އަލްޓްރާ ބޫސްޓް 5.0 ސްޕޯޓްސްވެއާ ލައިފްސްޓައިލް ޝޫޒް ފާހަގަކޮށްލެވެ އެވެ. ބާސްކެޓް ކުޅުންތެރިންގެ މެދުގައި ލުއި މިޑް ސޯލްއާ އެކު ޑިޒައިން ކޮށްފައިވާ، ފަޔަށް ފަސޭހަ ބާސްކެޓް ބޯޅަ ބޫޓު ޕްރޯ ނެކްސް 2021 ޝޫޒް ވެސް އެ ފިހާރަ އިން ވިއްކަ އެވެ.

އެކި ވައްތަރުތަކުގެ އެޑިޑާސް އަންހެން އަދި ފިރިހެން ބޫޓު އެތަނުން ލިބޭނެ. ފޮޓޯ: ނިޝާން އަލީ | މިހާރު

އެކި ވައްތަރުތަކުގެ އެޑިޑާސް އަންހެން އަދި ފިރިހެން ބޫޓު އެތަނުން ލިބޭނެ. ފޮޓޯ: ނިޝާން އަލީ | މިހާރު

ފުޓުބޯޅަ ކުޅުންތެރިންނަށް ހާއްސަ އެޑިޑާސްގެ ގިނަ ބޫޓުތަކެއް ސޮނީ ސްޕޯޓްސްގެ އެޑިޑާސް ފިހާރައިގައި ހުރި އިރު ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ އެޑިޑާސް ޕްރެޑެޓާ އެޖް ޕޮއިންޓް 3 ސޮސައިޓީ ލޭސްލެސް ފުޓުބޯލް ޝޫޒް އެ ފިހާރައިން ލިބެ އެވެ.

ކުޅިވަރަށް ހާއްސަ އެޑިޑާސްގެ ބޫޓުތަކުގެ އިތުރުން، އެޑިޑާސްގެ ފެޝަން ގިނަ ބޫޓުތަކެއް ވެސް ސޮނީގެ އެޑިޑާސް ފިހާރަ އިން ވިއްކަ އެވެ. އޭގެ ތެރޭގައި މެންސް އޮރިޖިނަލް ސުޕަ ސްޓާ ޝޫޒް އާއި މެން އޮރިޖިނަލް ކޯޓް ޓޮރީނޯ އާރްއެފް ޝޫޒް ވެސް ހިމެނެ އެވެ.

އެކި ކުޅިވަރުތަކަށް ހާއްސަ ބޫޓު އެ ތަނުން ލިބޭނެ. -- ފޮޓޯ: ނިޝާން އަލީ | މިހާރު

އެކި ކުޅިވަރުތަކަށް ހާއްސަ ބޫޓު އެ ތަނުން ލިބޭނެ. -- ފޮޓޯ: ނިޝާން އަލީ | މިހާރު

އެކި ވައްތަރުތަކުގެ ބޫޓުތަކުގެ އިތުރުން ކުޅިވަރަށް ހާއްސަ އަންހެން އަދި ފިރިހެން ސްޕޯޓްސްވެއާ ވެސް އެ ފިހާރައިން ލިބޭނެ އެވެ. އަދި ކުޅިވަރުގެ އިތުރުން، އެޑިޑާސްގެ ފެޝަން އަދި ލައިފްސްޓައިލްގެ އައިޓަމްތަކަށް ހާއްސަ ބައެއް ވެސް އެ ފިހާރައިގައި ހިމެނެ އެވެ.

ފެޝަން އަދި ލައިފްސްޓައިލަށް ހާއްސަ އައިޓަމްތައް މަތީ ފްލޯއިން ލިބޭނެ. -- ފޮޓޯ: ނިޝާން އަލީ | މިހާރު

ފެޝަން އަދި ލައިފްސްޓައިލަށް ހާއްސަ އައިޓަމްތައް މަތީ ފްލޯއިން ލިބޭނެ. -- ފޮޓޯ: ނިޝާން އަލީ | މިހާރު

ސޮނީ ސްޕޯޓްސް އަކީ ރާއްޖެއަށް މަޝްހޫރު ގިނަ ސްޕޯޓްސް އަދި ފެޝަން ބްރޭންޑުތަކެއް ތައާރަފުކޮށްފައިވާ ކުންފުންޏެކެވެ. އެ ކުންފުނިން ހިންގާ ފިހާރަތަކުގެ ތެރޭގައި ސޮނީ ސްޕޯޓްސް ލައިފްސްޓައިލް، ސޮނީ ސްޕޯޓްސް ކިޑްސް، ރާޅު ބައި ސޮނީ ސްޕޯޓްސް، ޕޫމާ އަދި މެންގޯ ފިހާރަ ހިމެނެ އެވެ.