ނޫސްވެރިޔާ އަހްމަދު ރިލްވާން ވަގަށް ނަގައިގެން ގޮސް ކަރުބުރިކޮށްލައިގެން މަރާލައި ކަނޑުފައްތާފައިވާ ކަމަށާއި އެކަމުގައި ތުހުމަތުކުރެވޭ ހަ މީހަކު ފުރައިގެން ސީރިއާއަށް ދިޔަ ކަމަށް މަރު ކޮމިޝަނުން މިއަދު ބުނެފި އެވެ.
ނޫސްވެރިޔާ އަހްމަދު ރިލްވާން ވަގަށް ނަގައިގެން ގޮސް ކަރުބުރިކޮށްލައިގެން މަރާލައި ކަނޑުފައްތާފައިވާ ކަމަށާއި އެކަމުގައި ތުހުމަތުކުރެވޭ ހަ މީހަކު ފުރައިގެން ސީރިއާއަށް ދިޔަ ކަމަށް މަރު ކޮމިޝަނުން މިއަދު ބުނެފި އެވެ.
މީގެ 8 އަހަރު ކުރިން 2014 ގައި ރިލްވާން ވަގަށް ނަގައިގެން ގޮސް މަރާލި ގޮތުގެ ތަހުގީގު ރިޕޯޓް މިއަދު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަރުވައިފަ އެވެ.
އޭގެ ފަހުން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަރު ކޮމިޝަނުން ވަނީ ރިޕޯޓުގެ ބައެއް ތަފްސީލުތައް ހިއްސާކޮށްފަ އެވެ. އެ ރިޕޯޓުގައިވާ ގޮތުން ބަޔަކު ދުރާލައި ރާވައިގެން ރިލްވާނަށް ފާރަލައި ހުޅުމާލޭގައި އޭނާ ދިރިއުޅޭ އެޕާޓްމެންޓް ކުރިމަތިން ގަދަކަމުން ރަތް ކުލައިގެ ކާރަކަށް އަރުވައިގެން ގޮސް އޭނާ މަރާލީ އެވެ.
ރިލްވާން: އޭނާ ވަގަށް ނެގީ ދިރިއުޅޭ އެޕާޓްމެންޓް ކައިރިން.
"ރަތް ކާރަށް ގަދަކަމުން އަހްމަދު ރިލްވާން އަބްދުﷲ އަރުވާ އެ ކާރުން ޑިންގީއަކަށްލައި އެ ޑިންގީން އޭނާ އަރުވާފައި ވަނީ ކަންނެލި ދޯންޏަކަށް. އަދި އަހްމަދު ރިލްވާން އަބްދުﷲ އެރުވުމަށް ފަހު އޭނާއަށް ކަލިމަ ލައިދީ ކަރު ބުރިކޮށްލައި މަރާލުމަށް ފަހު ވަނީ ކަނޑު ފައްތާފައި،" ކޮމިޝަނުން ބުންޏެވެ.
ތަހުގީގުން ހޯދުނު ގޮތުގައި އެ އަމަލު ހިންގިއިރު ދޯނީގައި ތިބި މީހުންގެ ތެރޭގައި ހިމެނެނީ ހަރުކަށި ފިކުރުގެ ފަރާތްތަކާއި ކުށްކުރާ ގޭންގްތަކަށް ނިސްބަތްވާ މީހުންނެވެ.
ކޮމިޝަނުން ބުނި ގޮތުގައި ހަނގުރާމަ އަށް ސީރިއާއަށް ދިޔައީ ދޯނީގައި ތިބި މީހުންގެ ތެރެއިން ހަ މީހެކެވެ. އެ މަރުގައި ބައިވެރިވި މީހުންގެ ސީދާ އަދަދެއް ކޮމިޝަނުން ހާމައެއް ނުކުރެ އެވެ.
ހ. ހިލްޓަން އަޒްލިފް ރައޫފް
ސ. މީދޫ, އިރާކް, މުހައްމަދު ހާމިދު
ސ. ހުޅުދޫ, އަތިރިއާގެ, މުހައްމަދު ސުއައިދު
ޏ. ފުވައްމުލައް ދަނޑިމަގު, ދަނޑު ފީށި އިސްމާއިލް ސަބީހް
ހއ. ދިއްދޫ ސޯސަނީގެ, އިބްރާހިމް ސޮލާހް
ތ. އޮމަދޫ ނަރުގިސްވިލާ, މުހައްމަދު މުނާޒް
މަރު ކޮމިޝަންގެ ރައީސް ފަރީޝާ އަބްދުﷲ ވިދާޅުވި ގޮތުގައި މި މީހުން ސީރިއާއަށް ގޮސް ހަނގުރާމައިގައި މަރުވެފައިވާ ކަމަށް ބުންޏަސް ރަސްމީ އެއްވެސް އިދާރާއަކުން އެކަން ކަށަވަރެއް ނުކުރެވެ އެވެ.
މި މީހުންގެ އިތުރުން ވެސް މި މަރުގެ ތުހުމަތަށް ތިން މީހަކު ހައްޔަރުކޮށް ދައުވާ އުފުލާފައިވެ އެވެ.
- މ. ލެގޫން، އިސްމާއިލް އަބްދުއްރަހީމް އާދަމް (އިސޫ)
- މއ. ފާގަފިލާގެ، އަހްމަދު އިސްމާއިލް
- އަހްމަދު މުއާޒް
ޔާމީން ރަޝީދާއި އަހްމަދު ރިލްވާންގެ މަރުގެ މައްސަލާގައި ހައްޔަރުކުރި ތިން މީހުން ކަމަށްވާ (ކ-ވ) އަހްމަދު އިސްމާއިލް (އަހަނދު)، އިސްމާއިލް އަބްދުއްރަހީމް (އިސޫ) އަދި އަހްމަދު މުއާޒް
ކޮމިޝަނުން މިއަދު އާއްމުކުރި މައުލޫމާތުތަކުގައި ބުނީ ރިލްވާން މަރާލީ އެކަމަށް ހޯދި ކަންނެލި އޮޑިއެއްގަ އެވެ. ސީރިއާއަށް ދިޔައީ އެ އޮޑީގައި ތިބި މީހުންގެ ތެރެއިން ހަ މީހުން ކަމަށް ކޮމިޝަނުން ބުންޏެވެ.
ރިލްވާންގެ މަރަށް ފަހު ހެކި ފޮރުވަން އެ އޮޑީގައި އެތައް ފަހަރަކު ފައިބަރު އާކުރުން ފަދަ އަމަލުތައް ހިންގާފައިވާ ކަމަށް ކޮމިޝަންގެ މެމްބަރު މިސްބާހް އަބްދުﷲ ވިދާޅުވި އެވެ.
ކޮމިޝަނުގެ ރިޕޯޓުގައިވާ ގޮތުން ރިލްވާން މަރާލީ އިންޒާރުތަކަކަށް ފަހު އެވެ. ހަރުކަށި ފިކުރުގެ ފަރާތްތަކުން އޭނާއަށް ފާރަލައި ހަދަން ފެށީ ޓުވިޓާގައި ފާޅުކުރާ ހިޔާލުތަކާއި މިނިވަން ނޫހުގައި ލިޔާ ލިއުންތަކާ ގުޅިގެން ކަމަށް މަރު ކޮމިޝަނުން މިއަދު ވެސް ބުންޏެވެ.
- ރިލްވާން ޓްވިޓާގައި ބޭނުންކުރި "މޮޔަމީހާ" ހޭންޑަލްއަކީ ކާކުކަން ސާފުކުރަން ސުވާލުކޮށްފައިވާކަން އެނގޭ.
- އަހްމަދު މުއާޒުގެ ފަރާތުން ފުލުހުންގެ އިންޓެލިޖެންސުން ހޯދާފައިވާ މައުލޫމާތުތަކުގެ ތެރޭގައި އިސްލާމްދީނަށާއި ރަސޫލާ އަށް ފުރައްސާރަ ކުރަމުން ދިޔަ މީހަކު ދެނެގަނެވިފައިވާ ކަމަށް އޭނާ ބުނެފައިވޭ.
- ހަރުކަށި ފިކުރުގެ ފަރާތްތަކާ ބެހޭ ގޮތުން ލިޔެ ޝާއިއުކޮށްފައިވާ ބައެއް ޚަބަރުތަކާ ގުޅިގެން، ސީރިޔާގައި ހަރަކާތްތެރިވަމުން ދިޔަ ދިވެހި ހަނގުރާމަވެރިންގެ ފަރާތުން ވެސް ރިލްވާނަށް އިންޒާރު ދީފައިވޭ.
- ރިލްވާން ވަގަށް ނަގައި، މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި ފަރާތްތަކާއި ސީރިޔާގައި ހަނގުރާމަ ކުރަމުން ދިޔަ ދިވެހިންނާއި ގުޅުން އޮތްކަން އެނގޭ.
- ރިލްވާނަށް ފާރަލީ އިސްމާއިލް އަބްދުއްރަހީމް އާއި މުހައްމަދު ސުއައިދުގެ އިތުރުން މުހައްމަދު ހާމިދު
- އެކި ފަހަރު މަތިން ފާރަލުމުގައި އިސްމާއީލް އަބްދުއްރަހީމް އާދަމް ހަރަކާތްތެރި ވެފައިވޭ.
- ރިލްވާން ހުޅުމާލެއަށް ދިއުމުގެ ކުރިން މާލެތެރޭގައި އުޅުނުއިރު އެ ރޭގެ 10 ޖެހިއިރުން ފެށިގެން ސުއައިދު, މުހައްމަދު ހާމިދު (މުއްކާން) ފާރަލަމުންދިޔަ.
ހުޅުމާލޭގައި ރިލްވާން އެޕާޓްމަންޓް ކައިރިން ގަދަކަމުން ގެންދިޔައީ ދަންވަރު 1:45 ހާއިރު
- ގަދަކަމުން ކާރަށް އެރުވީ ދެ މީހަކު ވެގެން. ރަތް ކާރުގައި 3 މީހަކު ތިބި. އޭގެ އިތުރުން 3 މީހަކު ސައިކަލުގައި އެ ސަރަހައްދުގައި ހަރަކާތްތެރިވެފައިވޭ.
- އެ ކާރަކީ މާލޭގައި ދުއްވާ ކާރެއް. އެ ކާރު ހުޅުމާލެ އަށް ގެންދިޔައީ ސީދާ މި ބޭނުމަށްކަމަށް ތަހުގީގަށް ޔަގީން ކުރެވޭ. - އެ ކާރުން ރިލްވާންގެ މައިފުށުގެ ޑީއެންއޭ ފެނިފައިވޭ. ރިލްވާންގެ އާއިލާގެ އެއްވެސް މީހަކު އެ ކާރަށް ނާރާ ކަން ތަހުގީގަށް ވަނީ ޔަގީންވެފައި.
- ކާރުގައި ގަދަކަމުން ގެންގޮސް ރިލްވާން އެރުވީ ޑިންގީއަކަށް. އެ ޑިންގީއިން އަރުވާފައިވަނީ ކަންނެލި ދޯންޏަކަށް. އެ ދޯންޏަށް އެރުވުމަށް ފަހު ރިލްވާނަށް ކަލިމަލައިދީ ކަރުބުރިކޮށްލައި މަރާލުމަށް ފަހު ކަނޑު ފެެއްތި.
ކޮމިޝަނުން ބުނި ގޮތުގައި ރިލްވާންގެ މަރަށް ފަހު ހަގީގަތް ފޮރުވައި ތަހުގީގަށް ހުރަސްއަޅަން ރޭވިގެން ކަންތައްތަކެއް ހިންގާފައިވެ އެވެ. އޭގެތެރޭގައި ރިލްވާން ރާއްޖެ އިން ބޭރަށް ފުރައިގެން ދިޔަކަން ދައްކަން ވެސް ގިނަ މަސައްކަތްތަކެއް ކޮށްފައިވެ އެވެ.
ކޮމިޝަނުން ބުނީ އޭނާގެ ޕާސްޕޯޓުގެ ކޮޕީއެއް އުފައްދައި ދައުރުކޮށް އޭނާ ސީރިއާގައި މަރުވެފައިވާ ކަން ދައްކަން ވެސް ވަނީ މަސައްކަތްތަކެއްކޮށްފަ އެވެ. އޭނާ ގެއްލުމުގެ ވާހަކަތައް އަޑުގަދަކޮށް ސޯޝަލްމީޑިއާގައި ދެއްކި މީހުންގެ ތެރޭގައި މަރުގައި ތުހުމަތު ކުރެވޭ މީހުން ހިމެނޭ ކަމަށް ރިޕޯޓުގައިވެ އެވެ.
ރިލްވާން މަރާލީ, ރިޕޯޓުގައިވާ ގޮތުގައި, އެކި ފަހަރުމަތިން ފާރަލައި ދުރާލައި ރާވައިގެންނެވެ. އޭނާގެ ކަންތައް ވަރަށް ގާތުން އެ މީހުން ބަލާފައިވާ ކަމަށް ވެސް ކޮމިޝަނުން ބުންޏެވެ.
އޭނާ މަރާލުމަށް ފަހު ބައެއް މީހުންނަށް އިންޒާރުދެމުން, "ރިލްވާނަށް ހެދި ގޮތް ހަދާލާނެ" ކަމަށް ބުނެފައިވާ ކަން ތަހުގީގަށް ސާފުވި ކަމަށް ރިޕޯޓުގައިވެ އެވެ.
ރިލްވާނާ ގުޅޭ ތަހުގީގު ރިޕޯޓް ރައީސަށް މިއަދު އަރުވަނީ
އިހުމާލުވި އެންމެންނަށް ފިޔަވަޅު އަޅަން ޖެހޭ: އާއިލާ
މުނާޒް ފުރުވާލީ ޔާމީންގެ އެހީއާ އެކު: ކޮމިޝަން
މީހުން ގެއްލުވާލުން ހުއްޓުވާ މުއާހަދާއަށް ރުހުންދީފި
އިންސާފު ހޯދުން ކުރިއަށް ގެންދާނެ: ކޮމިޝަން
ވެރިކަން ހޯދީ ރިލްވާންގެ ނަން ބޭނުންކޮށްގެން: އާއިލާ
ނަތީޖާ ނުނެރެވި މަރު ކޮމިޝަން މަރުވެއްޖެ؟!
މަޒީދާއި ސާމިތުގެ މައްސަލަ ޕީޖީން އަނބުރާ ފޮނުވައިފި
ހުސެއިން ވަހީދަށް ފުލުހުންގެ މައްސަލައެއް ނުފެނޭ!
އިންޓެލް ދެ ފުލުހުން ވަޒީފާއިން ވައްކެތް ނުކުރޭ:ޕޮލިސް