Roadha Mihaaru
ކްރޮއޭޝިއާ ޓީމުން އަންނަ އަހަރު ވެސް މޮޑްރިޗް ފެންނާނެ

ކްރޮއޭޝިއާ ޓީމުން އަންނަ އަހަރު ވެސް މޮޑްރިޗް ފެންނާނެ

18 ޑިސެމްބަރ 2022

އަލް ރައްޔާން (ޑިސެމްބަރު 18) - އަންނަ އަހަރު ވެސް ކްރޮއޭޝިއާ ގައުމީ ޓީމަށް ކުޅޭނެ ކަމަށާއި ނަމަވެސް 2024 ވަނަ އަހަރުގެ ޔޫރޯ މުބާރާތް ފެށުމުގެ ކުރިން ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ވިސްނާ ކަމަށް އެ ޓީމުގެ ކެޕްޓަން ލޫކާ މޮޑްރިޗް ބުނެފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

އަލް ރައްޔާން (ޑިސެމްބަރު 18) - އަންނަ އަހަރު ވެސް ކްރޮއޭޝިއާ ގައުމީ ޓީމަށް ކުޅޭނެ ކަމަށާއި ނަމަވެސް 2024 ވަނަ އަހަރުގެ ޔޫރޯ މުބާރާތް ފެށުމުގެ ކުރިން ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ވިސްނާ ކަމަށް އެ ޓީމުގެ ކެޕްޓަން ލޫކާ މޮޑްރިޗް ބުނެފި އެވެ.

ވޯލްޑް ކަޕްގެ ތިން ވަނަ ހޮވި މެޗުގައި ރޭ ކްރޮއޭޝިއާ އިން 2-1 އިން މޮރޮކޯ ބަލިކުރި މެޗަކީ އުމުރުން 37 އަހަރުގެ މޮޑްރިޗް ގައުމީ ޓީމަށް ކުޅެދިން 162 ވަނަ މެޗެވެ. މޮޑްރިޗްގެ މޮޅު ކުޅުމާ އެކު އޭނާ ވަނީ 2018 ވަނަ އަހަރުގެ ފައިނަލަށް ވެސް ޓީމު ގެންގޮސްދީފަ އެވެ.

ޖަރުމަން ގައި 2024 ވަނަ އަހަރު އޮންނަ ޔޫރޯ މުބާރާތުގައި މޮޑްރިޗް ޓީމުގައި ހުންނަން ކްރޮއޭޝިއާގެ ކޯޗު ޒްލަޓްކޯ ޑަލިޗް ބޭނުން ވެ އެވެ. ނަމަވެސް އަންނަ އަހަރުގެ ޖޫން މަހުގެ ކުރިޔަށްދާ ޔޫއެފާ ނޭޝަންސް ލީގު ފައިނަލް ބުރުގެ މެޗުތަކަށް ފަހު އިތުރަށް ގައުމީ ޓީމަށް ކުޅުމާ މެދު ނުވިސްނާ ކަމަށް މޮޑްރިޗް ބުނެ އެވެ.

"މި މެޑެލް އަހަރެންނާއި، އަހަރެންގެ ޓީމަށް ވަރަށް މުހިއްމު. މި މެޑެއްޔާ އެކު އަހަރެންނަށް ޔަގީން ކުރެވޭ ދުނިޔޭގެ ފުޓުބޯޅައިގައި ކްރޮއޭޝިއާ ވަރަށް މުހިއްމު ދައުރެއް އަދާކުރާކަން. އަހަރެމެން ގަރަތުން ފުރާނީ ކާމިޔާބު ހޯދައިފައި،" ވޯލްޑް ކަޕްގެ ލޯ މެޑަލް ހޯދި މެޗަށް ފަހު މޮޑްރިޗް ބުންޏެވެ.

"އަހަރެންނަށް ބުނާކަށް ނޭނގޭ ޖަރުމަނުގައި އޮންނަ ޔޫރޯ އާ ހަމައަށް އަހަރެން ކުޅޭނެ ހެނެއް. ހިނގާ ބަލަމާ. ހަރުފަތަކަށް ފަހު ހަރުފަތެއް ގިރާކުރެވޭޏީ. ގައުމީ ޓީމާ އެކު އަހަރެން މި ހުރީ ވަރަށް އުފަލުން. އަދިވެސް އެންމެ މަތީ ލެވެލް ގައި ކުޅެވޭނެ ކަމަށް އަހަރެން ގަބޫލު ކުރަން. ނޭޝަންސް ލީގު ނިމެންދެން ގައުމީ ޓީމުގައި ދެމި ހުންނަން އަހަރެން ބޭނުންވޭ. އެއަށް ފަހު އަދި ވަގުތު އޮންނާނެ ޔޫރޯއާ މެދު ވިސްނަން."

އަންނަ އަހަރުގެ ނޭޝަންސް ލީގު ފައިނަލްސް އަކީ ކްރޮއޭޝިއާ ވާދަކުރާ ފުރަތަމަ ފައިނަލްސް އެވެ. ފައިނަލް ބުރުގެ ޖާގަ އެ ގައުމުން ހޯދީ ފްރާންސާއި ޑެންމާކް އަދި އޮސްޓްރިއާ ފަހަތަށް ޖައްސާލައި ގުރޫޕްގެ އެއް ވަނަ ހޯދައިގެންނެވެ.

ނެދަލެންޑްސް ގައި ބާއްވާ ނޭޝަންސް ލީގު ފައިނަލްސް ގައި ކްރޮއޭޝިއާގެ އިތުރުން ދެން ކުޅޭނީ، ނޭޝަންސް ލީގު އޭ ގެ ގުރޫޕްތަކުން އެއްވަނަ ހޯދި ސްޕެއިން އާއި އިޓަލީ އަދި ނެދަލެންޑްސް އެވެ. ފައިނަލް ބުރުގެ ގުރުއަތުލުން އޮންނާނީ އަންނަ އަހަރުގެ ޖެނުއަރީ މަހު އެވެ.