Roadha Mihaaru
ފުއްގިރި މައްސަލަ ބެލުމުން އިސްގާޒީ ތަނާޒުލްވެއްޖެ

ފުއްގިރި މައްސަލަ ބެއްލެވުމުން އިސްގާޒީ ޝަކީލް ތަނާޒުލްވެއްޖެ

20 ޑިސެމްބަރ 2022

ރ. ފުއްގިރި ކުއްޔަށް ދިން މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އިތުރު ބަޔަކަށް ދައުވާކުރާ މައްސަލަ ބެއްލެވުމުން ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލް ތަނާޒުލްވެ، އެހެން ފަނޑިޔާރަކާ މައްސަލަ ހަވާލުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރ. ފުއްގިރި ކުއްޔަށް ދިން މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އިތުރު ބަޔަކަށް ދައުވާކުރާ މައްސަލަ ބެއްލެވުމުން ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލް ތަނާޒުލްވެ، އެހެން ފަނޑިޔާރަކާ މައްސަލަ ހަވާލުކޮށްފި އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ފުއްގިރި ކުއްޔަށް ދޫކޮށްގެން 1.1 މިލިއަން ޑޮލަރު ޔާމީން ހޯއްދަވައި، އެ ފައިސާ ލޯންޑަ ކުރެއްވި ކަމަށް ބުނެ ސަން ކޮންސްޓްރަކްޝަން ކުންފުންޏާއި ސަން އިންވެސްޓްމަންޓް ކުންފުނީގެ އިތުރުން މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާގެ މައްޗަށް ވެސް ދައުވާ ކުރެ އެވެ.

އެ މައްސަލަ ބައްލަވަމުން ގެންދެވި އިސްގާޒީ ޝަކީލް އެ މައްސަލައިން ތަނާޒުލްވެ، ގާޒީ އަލީ ނަދީމާ ހަވާލު ކުރައްވާފައިވާ ކަން ކްރިމިނަލް ކޯޓުން ކަށަވަރުކޮށް ދިނެވެ. ނަމަވެސް އޭގެ ސަބަބެއް ކޯޓުން އަދި ނުބުނެ އެވެ.

ފުއްގިރި މައްސަލަ މިހާރު އޮތީ އިބްތިދާއީ މަރުހަލާގަ އެވެ.

ފުއްގިރި މައްސަލާގެ އިތުރުން ވ. އާރަށް މައްސަލާގައި ޔާމީނާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ކުރާ ދައުވާތައް ވެސް ބައްލަވަނީ އިސްގާޒީ ޝަކީލެވެ. އެ މައްސަލަ މިހާރު އޮތީ ހުކުމާ ހިސާބުގަ އެވެ.