Roadha Mihaaru
ފުރަތަމަ ޓާމުގެ ޗުއްޓީ ފަށައިފި

ފުރަތަމަ ޓާމުގެ ޗުއްޓީ ފަށައިފި

22 ޑިސެމްބަރ 2022

މި އަހަރުގެ ފުރަތަމާ ޓާމުގެ ކިޔެވުން ނިންމައި ސްކޫލް ކުދިންގެ ޗުއްޓީ މިއަދު ފަށައިފި އެވެ. މި އަހަރުގެ އޮގަސްޓް މަހު ފެށި ދިރާސީ އަހަރުގެ ފުރަތަމަ ޓާމަށް ސްކޫލްތަކުގެ ކިޔެވުން ނިންމައި މިއަދު ވަނީ ރިޕޯޓް ފޯމު ދީފަ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މި އަހަރުގެ ފުރަތަމާ ޓާމުގެ ކިޔެވުން ނިންމައި ސްކޫލް ކުދިންގެ ޗުއްޓީ މިއަދު ފަށައިފި އެވެ. މި އަހަރުގެ އޮގަސްޓް މަހު ފެށި ދިރާސީ އަހަރުގެ ފުރަތަމަ ޓާމަށް ސްކޫލްތަކުގެ ކިޔެވުން ނިންމައި މިއަދު ވަނީ ރިޕޯޓް ފޯމު ދީފަ އެވެ.

ދެވަނަ ޓާމަށް ސްކޫލުތަކުގެ ކިޔެވުން ފަށާނީ އަންނަ ޖެނުއަރީ 8 ގަ އެވެ.

ކޮވިޑާ ގުޅިގެން އެކަޑެމިކް ކަލަންޑަރަށް ވެސް ބޮޑެތި ބަދަލުތަކެއް 2020 ވަނަ އަހަރު ގެނަ އެވެ. އެންމެ ބޮޑު އެއް ބަދަލަކީ ދިރާސީީ އަހަރު، އަހަރުގެ ފަހުކޮޅަށް ނުނިންމައި، އަހަރުގެ ޖޫންއާ ހިސާބަށް އިތުރުކުރުމެވެ. އެއާ އެކު، ދެން ކޮންމެ އަހަރެއްގެ ވެސް ބޮޑު ޗުއްޓީ އަހަރުގެ މެދުން ފަށާ ގޮތަށް ވަނީ ކަނޑައަޅައިފަ އެވެ. ދިރާސީ އާ އަހަރު ފުރަތަމާ ޓާމުގެ ޗުއްޓީ ފަށާފައިވާއިރު، ކުރިއަށް އޮތް ދުވަސްތަކުގައި މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ލަފާކުރެ އެވެ.

ސްކޫލްތަކުގެ ޗުއްޓީއާ ދިމާކޮށް މި އަހަރު ޖުލައި މަހު ވެސް މޫސުން ވަރަށް ބޮޑަށް ގޯސްވި އެވެ. އެއީ ޖުލައި މަހަށް ސްކޫލްތަކުގެ ބޮޑު ޗުއްޓީ ބަދަލުކުރި ފަހުން ލިބުނު ފުރަތަމަ ބަންދެވެ. އެ ދުވަސްވަރު މޫސުން ގޯސްވެ، ދަތުރުފަތުރުކުރަން ދަތިވުމާ ގުޅިގެން އާންމުންގެ ޝަކުވާ ވެސް ވަރަށް ބޮޑުވި އެވެ.