Roadha Mihaaru
ބޭބެގެ ބޮލަށް ވަޅި ހެރި މައްސަލާގައި ކޮއްކޮ ބަންދަށް

ބޭބެގެ ބޮލަށް ވަޅި ހެރި މައްސަލާގައި ކޮއްކޮ 15 ދުވަހަށް ބަންދުކޮށްފި

22 ޑިސެމްބަރ 2022

މާލޭގައި ގެއެއްގެ ތެރޭގައި ފިރިހެނެއްގެ ބޮލަށް ވަޅި ހެރި މައްސަލާގައި ހައްޔަރުކުރި އަންހެންމީހާ 15 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މާލޭގައި ގެއެއްގެ ތެރޭގައި ފިރިހެނެއްގެ ބޮލަށް ވަޅި ހެރި މައްސަލާގައި ހައްޔަރުކުރި އަންހެންމީހާ 15 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

ފުލުހުން ބުނީ އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި 25 އަހަރުގެ ދިވެހި އަންހެން މީހާ މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް ކޯޓުން 15 ދުވަސް ދީފައިވާ ކަމަށެވެ. އިތުރު ތަފުސީލެއް ނުދެ އެވެ.

ހެންވޭރުގެ ގެއެއްގެ ތެރޭގައި ހިނގި އެ މާރާމާރީގައި ޒަހަމްވީ 37 އަހަރު ދިވެހި ފިރިހެނެކެވެ.

އެނގިފައިވާ ގޮތުގައި އެއީ ދެބެއިންނެވެ.

ފުލުހުން ބުނިގޮތުގައި، މިހާތަނަށް ބެލި ބެލުމުން އެއީ އާއިލީ މައްސަލައެއްގެ ތެރެއިން ހިނގި މާރާމާރީއެއް ކަމަށް ބެލެވެ އެވެ.