Roadha Mihaaru
ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓް އުފައްދަވައިފި

ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓްގެ ނަމުގައި އާ އިދާރާއެއް އުފައްދަވައިފި

22 ޑިސެމްބަރ 2022

ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓްގެ ނަމުގައި އާ އިދާރާއެއް މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓްގެ ނަމުގައި އާ އިދާރާއެއް މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވައިފި އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި އެ ޑިޕާޓްމެންޓަކީ ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް އުފެއްދި މުއައްސަސާއެއް ކަމަށެވެ. މި ޑިޕާޓްމަންޓް ހިންގާނީ ހެލްތް މިނިސްޓްރީގެ ދަށުންނެވެ.

"އެ ޑިޕާޓްމެންޓްގެ މައިގަނޑު ޒިންމާއަކީ ނަފްސާނީ ދުޅަ ހެޔޮކަން އިތުރު ކުރުމާއި ނަފްސާނީ ހިދުމަތްތައް ވިލަރެސް ކުރުމާއި ފަންނީ އެހީތެރިކަމާއި ލަފާ ދިނުމެވެ،" ރައީސް އޮފީހުން ބުނެފައިވެ އެވެ.

ނަފްސާނީ ބަލިތައް ރާއްޖޭގައި ދަނީ ވަރަށް ބޮޑަށް އާއްމުވަމުންނެވެ. އަދި އެކަށީގެންވާ އަދަދަކަށް އެކަމުގެ ޑޮކްޓަރުން ނުތިބޭތީވެ، ފަރުވާ ނުލިބިގެން ގިނަ ބަޔަކު ޝަކުވާކުރެ އެވެ. އައިޖީއެމްއެޗުގައި ނަފްސާނީ ބަލިތަކާ ބެހޭ ޑޮކްޓަރަށް ދައްކަން ބޮޑު ކިއޫ އެއް އޮވެ އެވެ.

މި ސަރުކާރުން އަންނަނީ އެކަން ހައްލުކުރުމަށް މަސައްކަތްކުރަމުންނެވެ. އެގޮތުން ނަފްސާނީ ބައްޔާ ދެކޮޅަށް ގައުމީ މަޝްރޫއެއް ވެސް ދާދި ފަހުން ވަނީ އިއުލާންކޮށްފަ އެވެ.