Roadha Mihaaru
ބޯޓެއްގެ މައްސަލާގައި ބައްޕައާ ދެކޮޅަށް ކައިޒީން ކޯޓަށް

ބޯޓެއްގެ މައްސަލާގައި ބައްޕައާ ދެކޮޅަށް ކައިޒީން ކޯޓަށް

22 ޑިސެމްބަރ 2022

މަޝްހޫރު މޮޑެލެއް ކަމަށްވާ ފާތިމަތު ޒަޔާން (ކައިޒީން) އޭނާގެ ބައްޕައާ ދެކޮޅަށް ބޯޓެއްގެ މައްސަލާގައި ދައުވާކޮށްފި އެވެ.

މަޝްހޫރު މޮޑެލެއް ކަމަށްވާ ފާތިމަތު ޒަޔާން (ކައިޒީން) އޭނާގެ ބައްޕައާ ދެކޮޅަށް ބޯޓެއްގެ މައްސަލާގައި ދައުވާކޮށްފި އެވެ.

ޅ. ނައިފަރަށް އުފަން ކައިޒީން ދައުވާކުރީ އޭނާ 3.6 މިލިއަން ރުފިޔާ ދީގެން ބައްޕަ ލައްވައި ބޯޓު ގަތުމުން އެ ބޯޓު އޭނާގެ ރުހުން ނެތި ބައްޕަގެ ނަމަށް ރަޖިސްޓްރީކުރި ކަމަށް ބުނެ އެވެ. ކައިޒީން ދައުވާކުރީ އެ ބޯޓު އޭނާގެ ނަމަށް ބަދަލު ކުރުމަށެވެ.

ސިވިލް ކޯޓުން އިއްޔެ ވަނީ އެ މައްސަލަ ނިމެންދެން، ބޯޓުގެ މިލްކުވެރިކަން ބަދަލު ނުކުރުމަށާއި އަދި ކުއްޔަށް ދިނުން ފަދަ އެއްވެސް ކަމެއް ނުކުރަން ކައިޒީންގެ ބައްޕަ އާއި ޓްރާންސްޕޯޓް މިނިސްޓްރީގެ މައްޗަށް އަމުރެއް ނެރެފަ އެވެ.

ކޯޓުގެ އަމުރުގައިވަނީ ބޯޓު ގަތުމަށް ފައިސާ ދިނީ ކައިޒީން ކަން ސާބިތުކުރަން ހެކިތަކެއް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެކަމަށް ފައިސާ ދިނީ ކައިޒީން ކަމާ މެދު އޭނާގެ ބައްޕަ އިންކާރު ކޮށްފައި ނުވާ ކަމަށް ވެސް އެ ނިންމުމުގައިވެ އެވެ.

އެހެންވެ މައްސަލާގައި ކައިޒީނަށް ހިމާޔަތް ލިބެންޖެހޭ ހައްގެއް އެބައޮތް ކަމަށާއި އަދި އެ މައްސަލަ ނިމުމުގެ ކުރިން ބޯޓުގެ މިލްކުވެރިކަން އެހެން ފަރާތަކަށް ބަދަލުވެއްޖެ ނަމަ ކައިޒީނަށް އިއާދަ ނުކުރެވޭނެ ގެއްލުންތަކެއް ލިބިދާނެ ކަމަށް އެ ނިންމުމުގައިވެ އެވެ.